Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1075
Full metadata record
DC FieldValueLanguage
dc.contributor.authorޢަލީ އާސިފް-
dc.contributor.authorAsif, Ali-
dc.date.accessioned2018-03-22T04:48:05Z-
dc.date.available2018-03-22T04:48:05Z-
dc.date.issued2016-11-01-
dc.identifier.citationޢަލީ އާސިފް. (2016). ދިވެހިރާއްޖޭގައި ގްރޭޑް 8 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ހިސާބު އަދަދު ކިޔުމުގައި ބޭނުންކުރާ ބަސް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAsif, A. (2016). Dhivehiraajjeygai grad 8 gai tha'u'leemu haasilkuramundhaa dharivarun hisaab adhadhu kiyumugai beynun kuraa bas. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1075-
dc.description.abstractމި ދިރާސާއަކީ ދިވެހިރާއްޖޭގެ ގްރޭޑް 8 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ހިސާބު އަދަދު ކިޔުމުގައި އިސްކަންދެނީ ކޮންބަހަކުންތޯ ބެލުމަށް ހެދުނު ދިރާސާއެކެވެ. މި ދިރާސާ ކުރަން ޖެހެނީ ދިވެހިރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައި ދެނީ ބައިލިންގުއަލްކޮށް ކަމަށްވުމާއި ލިޔުމާއި ކިޔުމާއި އަދަދު ބުނުމުގައި އިނގިރޭސި ބަހަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމަށް ޤަބޫލު ކުރެވޭތީއެވެ. މިގޮތުން، ދިރާސާ ހެދިފައިވަނީ ކޮންޓިޓޭޓިވް އެޕްރޯޗްގެ ދަށުން ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެންނެވެ. ސާންޕަލްގެ ގޮތުގައި ނެގުނީ މާލޭގެ ސާނަވީ ސްކޫލްތަކުގެ ތެރެއިން ދެ ސްކޫލެއްގެ ގްރޭޑް 8 ގެ ހުރިހާ ކުދިންނެވެ. މި ދިރާސާއަށް ޑާޓާ ނަގާފައިވާނީ ދެ ޓެސްޓު ދީގެންނެވެ. ފުރަތަމަ ޓެސްޓުގައި ފުލޭސްކާޑު ބޭނުންކޮށްގެން ކޮންމެ ކުއްޖަކު ލައްވާ އެކުދިން ހިސާބު އަދަދު ކިޔުމުގައި އިސްކަންދޭ ބަސް ބެލީމެވެ. ދެވަނަ ޓެސްޓުގައި ފަތި މާބަލް ބޭނުންކޮށްގެން ތަރުތީބުން ހިސާބު އަދަދުތައް ކިޔަން އެނގޭތޯ ނުވަތަ ނޫންތޯ އާއި، ކިޔުމުގައި އިސްކަންދެނީ ކޮން ބަހަކަށްތޯ ބެލުނެވެ. އަދި ދިވެހިން ކިޔަން އެނގޭނަމަ، ގުނުމުގައި ދިވެހިން ބޭނުންކުރި ކުރީގެގޮތް ބޭނުންކުރޭތޯ ބެލުނެވެ. އަދި ބޭނުންކުރަން އެނގެނީ ކިހާ މިންވަރަކަށްތޯ ވެސް ބެލުނެވެ. މި ދިރާސާއަށް ޑާޓާ ނެގުމަށްފަހު އެނަލިސިސް ކުރެވިފައިވަނީ އެސް.ޕީ.އެސް.އެސް (SPSS) ޕްރޮގުރާމްގެ އެހީގައެވެ. އެސް.ޕީ.އެސް.އެސް ޕްރޮގުރާމް ބޭނުންކޮށްގެން ހެދީ ފްރިކުއެންސީ ޓެސްޓެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖޭގެ ގްރޭޑް 8 ގެ ދަރިވަރުން ހިސާބު އަދަދު ކިޔުމާއި ބޭނުންކުރުމުގައި އިސްކަންދެނީ އިނގިރޭސި ބަހަށެވެ. އެހެން ނަމަވެސް، ހިސާބު އަދަދު ކިޔުމާއި އަދަދު ބުނުމުގައި ދިވެހިބަހުން ބުނަން ގިނަ ދަރިވަރުންނަށް އެނގޭކަން ހާމަވިއެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިރާއްޖޭގައި ގްރޭޑް 8 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ހިސާބު އަދަދު ކިޔުމުގައި ބޭނުންކުރާ ބަސްen_US
dc.title.alternativeDhivehiraajjeygai grad 8 gai tha'u'leemu haasilkuramundhaa dharivarun hisaab adhadhu kiyumugai beynun kuraa basen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ali Asif.pdf925.77 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.