Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1123
Title: ދިވެހިބަހުގެ ޖުމްލައިގެ ނަމުގެ މައިގަނޑުގައި ނަންއިތުރު އެތުރޭ ތަރުތީބު
Other Titles: Dhivehibahuge jumlaigai namuge maigan'dugai nanithuru ethurey tharutheebu
Authors: އަޙުމަދު ނިޔާޒް
Niyaz, Ahmed
Issue Date: 1-Jun-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙުމަދު ނިޔާޒް. (2016). ދިވެހިބަހުގެ ޖުމްލައިގެ ނަމުގެ މައިގަނޑުގައި ނަންއިތުރު އެތުރޭ ތަރުތީބު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Niyaz, A. (2016). Dhivehibahuge jumlaigai namuge maigan'dugai nanithuru ethurey tharutheebu. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ ޖުމްލައިގެ ނަމުގެ މައިގަނޑުގައި ނަމުގެ ކުރިއަށް އަދި ފަހަތަށް އަންނަ ނަންއިތުރު ތަރުތީބު ކުރެވޭ ހަމަތައް ނުވަތަ އުޞޫލުތަކަކީ ކޮބައިތޯ ބެލުމަށް ޓަކައި ކުރެވުނު ދިރާސާއެކެވެ. އެގޮތުން ނަމުގެ މައިގަނޑުގައި ނަމާއި ވިދިގެން ނަމުގެ ކުރިއަށް އަދި ފަހަތަށް ތަފާތު ވައްތަރުގެ ނަންއިތުރު ގެނެވޭއިރު އެ ނަންއިތުރުތައް ތަރުތީބުކުރެވެނީ ކޮންގޮތަކަށްތޯއާއި އަދި އެފަދަ ނަން އިތުރުތައް އެތުރޭ ތަރުތީބަށް އެއްވެސް ބަދަލެއް ގެނައުމުން އެއަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ބަލާލެވިފައި ވާނެއެވެ. އަދި މީގެ އިތުރުން އެފަދަ ނަންއިތުރުތަކުގެ ސަބަބުން ޖުމްލައިގެ މާނައަށް ބަދަލު އަންނަ ގޮތްތައް ދިރާސާކުރެވިފައި ވާނެއެވެ. މި ދިރާސާގައި ބޭނުންކުރެވިފައިވާނީ ކޮލިޓޭޓިވް މެތަޑެވެ. އެގޮތުން ދިވެހިބަހުގެ އެކިފަންތީގެ 6 ލިޔުންތެރިއަކު ލިޔުއްވާފައިވާ ލިޔުންތެރިކަމުގެ ތަފާތު ދެބާވަތެއްގެ 6 ލިޔުމަކުން ޖުމްލަ 42 ސާމްޕަލް ބޭނުންކުރެވިފައި ވާނެއެވެ. މި ދިރާސާއަކީ ވަކި މަޤުޞަދެއް ޙާޞިލުކުރުމަށް ޓަކައި ކުރެވޭ ދިރާސާއަކަށްވާތީ މި ދިރާސާއަށް ސާމްޕަލް ނެގިފައިވާނީ ޕާރޕޮސިވް ސާމްޕަލިން ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ހޯދުންތަކުން ފާހަގަކުރެވުނީ ދިވެހިބަހުގެ ޖުމްލަތަކުގެ ނަމުގެ މައިގަނޑުގައި ނަމުގެ ކުރިއަށާއި ފަހަތަށްވެސް ގެނެވޭ ތަފާތު ވައްތަރުގެ ނަންއިތުރުތައް އެތުރޭ ވަކި ތަރުތީބެއް އޮންނަކަމެވެ. މި ގޮތުން ނަމާއި ވިދިގެން ނަމުގެ ކުރިއަށް ސިފަބަޔާންކުރާ ނަންއިތުރަކާއެކު މިންވަރު ބަޔާންކުރާ ނަންއިތުރެއް ނުވަތަ ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، އަބަދުވެސް ނަމާއި ވިދިގެން އެންމެ ކައިރިއަށް ގެނެވޭނީ މިންވަރު ނުވަތަ ޢަދަދު ބަޔާންކުރާ ނަންއިތުރު ކަމެވެ. އަދި ނަމުގެ މައިގަނޑުގައި ނަމުގެ ކުރިއަށް ވަނަ ބަޔާންކުރާ ނަންއިތުރަކާއި މިންވަރުބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ އަބަދުވެސް ނަމުގެ އެންމެ ކައިރިއަށް ގެނެވޭނީ މިންވަރު ބަޔާންކުރާ ނަންއިތުރުކަންވެސް ހޯދިފައިވެއެވެ. އަދި ހަމައެހެންމެ ނަމުގެ މައިގަނޑުގައި ނަމުގެ ފަހަތަށް މިންވަރު ބަޔާންކުރާ ނަންއިތުރަކާއި ސިފަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ ނަމާއި ވިދިގެން އެންމެ ކައިރިއަށް ގެނެވެނީ މިންވަރު ބަޔާންކުރާ ނަންއިތުރުކަންވެސް ހޯދުނެވެ. އަދި ނަމުގެ މައިގަނޑުގެ ނަމުގެ ކުރިއަށް ވިދިވިދިގެން ތިން ބާވަތުގެ ނަންއިތުރު ގެނެވޭއިރު ނަންއިތުރު ތަރުތީބުކުރެވެނީ އެންމެ ފުރަތަމަ ވަނަ ބަޔާންކުރާ ނަންއިތުރު އެއާއިޖެހިގެން ފަހަތަށް ސިފަ ބަޔާންކުރާ ނަންއިތުރު އަދި އެއާއި ޖެހިގެން ނަމާ އެންމެ ކައިރިއަށް މިންވަރު ބަޔާންކުރާ ނަންއިތުރުކަންވެސް ހޯދުނެވެ. މި ދިރާސާއިން ދިވެހިބަހުގެ ޖުމްލަތަކުގެ ނަމުގެ މައިގަނޑުގައި އޮންނަ ނަމާއި ގުޅިގެން ނަމުގެ ކުރިއަށް އަދި ނަމުގެ ފަހަތަށް ވިދިވިދިގެން ގެނެވޭ ތަފާތު ނަންއިތުރެތައް އެތުރޭ ތަރުތީބެއް ވަނީ ހޯދިފައެވެ. މީގެ އިތުރުން ފާހަގަ ކުރެވުނު އަނެއްކަމަކީ ނަމާއި ވިދިގެން ގެނެވޭ ސިފަބަޔާންކުރާ ނަންއިތުރުގެ އެކިއެކި ވައްތަރުތައް އެތުރޭ ތަރުތީބެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1123
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Niyaz.pdf407.99 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.