Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1128
Full metadata record
DC FieldValueLanguage
dc.contributor.authorޢާއިޝަތު ބަސީރާ-
dc.contributor.authorBaseera, Aishath-
dc.date.accessioned2018-03-25T04:54:48Z-
dc.date.available2018-03-25T04:54:48Z-
dc.date.issued2017-04-01-
dc.identifier.citationޢާއިޝަތު ބަސީރާ. (2017). ޕްއިބްރާހީމް ހުސައިން މަނިކުގެ ވާހަކަތަކުގައި ސެންސް ރިލޭޝަން ބޭނުންކޮށްފައިވާ ގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationBaseera, A. (2017). Ibrahim Hussain Manikuge vaahakathakugai sens rileysh'an beynunkohfaivaa goiy. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1128-
dc.description.abstractމި ދިރާސާއަކީ އިބްރާހީމް ހުސައިން މަނިކުގެ ކުރުވާހަކަތަކުގައި ސެންސް ރިލޭޝަން ގެނެސްދީފައިވާ ގޮތް ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ސުވާލުގެ ޖަވާބު ހޯދުމަށާއި ދިރާސާގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި ބޭނުންކުރީ ކޮލިޓޭޓިވް އެޕްރޯޗެވެ. އަދި ބޭނުންކޮށްފައިވާނީ ޑޮކިޔުމެންޓްރީ އެނަލިސިސްއެވެ. އެގޮތުން "އިބްރާހީމް ހުސައިން މަނިކުގެ ކުރުވާހަކަތައް 1، 2" މި ދެފޮތުގައިވާ ވާހަކަތަކުގެ ތެރެއިން 10 ވާހަކަ ހޮވާފައިވާނީ ޕާރޕަސިވް ސާންޕަލްގެ އެހީގައެވެ. އެގޮތުން ވާހަކަތައް ހޮވީ ވަކި ދުވަސްވަރަކަށް ބަލައިފައެއް ނޫނެވެ. ނަމަވެސް ތަފާތު ތީމުތަކަށް ލިޔެފައިވާ ވާހަކަތަކަށް އިސްކަން ދީފައިވާނެއެވެ. މައިގަނޑު 6 ބާބު އެކުލެވޭގޮތަށް ކޮށްފައިވާ މި ދިރާސާއިން ހޮވާލެވުނު 10 ވާހަކައިގައި ސެންސް ރިލޭޝަންގެ ބައިތަކުގެ ތެރެއިން ސިނޮނީމް، އެންޓޮނީމް، ހައިޕޮނީމް، މެރޯނީމް އަދި ހޯމޮނީމްސް ބޭނުންކުރެވިފައި ވަނީ މުނާސަބު ހާލަތުގައިކަން ފާހަގަކުރެވުނެވެ. އެގޮތުން މީހުންނާއި ދިރުން ހުންނަ ތަކެތީގެ ކިބައިގައިވާ މައުނަވީ ސިފަތަކާއި ތަންތަނާއި މާހައުލާއި އެއްޗެހި އަދި ވަގުތާއި މިންވަރު ބުނެދިނުމުގައި ސެންސް ރިލޭޝަންގެ ބައިތައް މުނާސަބު ގޮތްގޮތަށް ބޭނުން ކޮށްފައިވާކަން މި ދިރާސާއިން އެނގުނެވެ. އަދި ސެންސް ރިލޭޝަންގެ ގުޅުމުގެ ސަބަބުން ބަސްކޮށާރުގެ މުއްސަނދިކަން ދައްކައިދޭކަން ވެސް ހޯދިފައިވެއެވެ. އެހެންނަމަވެސް ހޯމޮނީމްސް ބޭނުންކޮށްފައިވާ މިންވަރު ވަރަށް މަދުކަން ފާހަގަކުރެވުނެވެ. ޖުމްލަ ގޮތެއްގައި މި ދިރާސާއިން ހާމަވެގެން ދިޔައީ މީހުންނާއި ތަންތަނާއި މާހައުލާއި ތަކެއްޗާއި ވަގުތާއި މިންވަރު އަންގައި ދިނުމުގައި މުނާސަބު ހާލަތުގައި ސެންސް ރިލޭޝަން ބޭނުންކޮށްފައި ހުރިކަމާއި އޭގެ ސަބަބުން ސިފަކުރުންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާކަމާއި ބަސްކޮށާރުގެ މުއްސަނދިކަމެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleއިބްރާހީމް ހުސައިން މަނިކުގެ ވާހަކަތަކުގައި ސެންސް ރިލޭޝަން ބޭނުންކޮށްފައިވާ ގޮތްen_US
dc.title.alternativeIbrahim Hussain Manikuge vaahakathakugai sens rileysh'an beynunkohfaivaa goiyen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Baseera.pdf997.96 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.