DC Field | Value | Language |
dc.contributor.author | މުޙައްމަދު ޝާހީނު | - |
dc.contributor.author | Shaheen, Mohamed | - |
dc.date.accessioned | 2018-03-25T07:43:41Z | - |
dc.date.available | 2018-03-25T07:43:41Z | - |
dc.date.issued | 2017-05-01 | - |
dc.identifier.citation | މުޙައްމަދު ޝާހީނު. (2017). ދިވެހި ޅެންވެރިންގެ ތެރެއިން ޢާދަމް ނަޞީރުގެ ޅެންތަކުގައި މެޓަފަރ އާއި ސިމިލީ ގެނެސްދީފައިވާ ގޮތްތަކާއި، އޭގެ ސަބަބުން އުފައްދައިދޭ އަސަރުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | en_US |
dc.identifier.citation | Shaheen, M. (2017). Dhivehi lhenveringe therein Adam Naseeruge lhenthakugai metafaa aai similee genesdheefaivaa goiythakaai, eyge sababun ufahdhaidhey asaruthah. Male', Maldives National University. | - |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1163 | - |
dc.description.abstract | މި ދިރާސާއަކީ ދިވެހި ޅެންވެރިންގެ ޅެންތަކުގައި މި ޒަމާނުގެ ޅެންވެރިކަމުގެ އަދަބީ އުކުޅުތައް ބޭނުންކޮށްފައި ހުރޭތޯ އާއި ހުންނަ ގޮތްތަކާއި، އޭގެ ސަބަބުން އުފައްދައިދޭ އަސަރުތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާއެކެވެ. މިގޮތުން މިދިރާސާގެ މަޤުޞަދު ޙާޞިލް ކުރުމަށް އަމާޒުކޮށްފައިވާނީ ދިވެހިޅެންވެރިންގެ ތެރެއިން މި ޒަމާނުގެ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ އާދަމް ނަޞީރުގެ ޅެންތަކަށެވެ. އަދި އެ ޅެންތަކުގައި ލިޓްރަރީ ޑިވައިސަސްތަކުގެ ތެރެއިން ދެ ޑިވައިސް ކަމަށްވާ މެޓަފަރ އާއި ސިމިލީ ބޭނުންކޮށްފައިވާ ގޮތްތަކާއި، އޭގެ ސަބަބުން އުފައްދައިދޭ އަސަރުތަކަށެވެ.
މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ޑޮކިއުމެންޓް އެނަލިސިސް މެތަޑް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި ސާމްޕަލްގެ ގޮތުގައި ބޭނުންކޮށްފައިވާނީ ޢާދަމް ނަޞީރުގެ ޅެންތަކުން މެޓަފަރ އާއި ސިމިލީ ބޮޑަށް ފާހަގަ ކުރެވޭ "ލޯބީގެ، ޤައުމީ، ދީނީ އަދި ޤުދުރަތީ މަންޒަރާއި ކަންތައްތައް"، މި ހަތަރު ދާއިރާއިން ކޮންމެ ދާއިރާއަކުން 5 ޅެމެވެ. ޖުމުލަ 20 ޅެމެވެ.
މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިންމު އެއްކަމަކީ ދިވެހި ޅެންވެރިންވެސް އެމީހުންގެ ޅެންތަކުގެ އަސަރު ގަދަކޮށް، ފެންވަރު މަތިކުރުމަށް މިޒަމާނުގެ ޅެންވެރިކަމުގެ ޢިލްމުގައި ބުނާ ލިޓްރަރީ ޑިވައިސްތައް ބޭނުންކޮށްފައި ހުންނަކަމެވެ. ޚާއްޞަކޮށް ލޯބީގެ ޅެންތަކާއި، ދީނީ ޅެންތައް ފަދަ ޖަޒުބާތާ ބޮޑަށް ގުޅުން ހުންނަ ޅެންތަކުގައި ވަކިން ބޮޑަށް، ގިނައިން މެޓަފަރ ސިމިލީ ބޭނުންކޮށްފައި ހުންނަކަން ފާހަގަ ކުރެވުނެވެ.
ދިރާސާއިން ފާހަގަ ކުރެވުނު އަނެއް ކަމަކީ ޅެންތަކުގައި، ބޭރުގެ ޅެންވެރިކަމާ ބެހޭ ފަރާތްތަކުންވެސް ފާހަގަ ކުރައްވާފައިވާފަދަ ތަފާތު އެކިއެކި ގޮތްގޮތަށް، ތަފާތު އެކިއެކި މަޤުޞަދުތައް ޙާޞިލްކުރެވޭނެހެން މެޓަފަރ އާއި ސިމިލީ ބޭނުންކޮށްފައިވާކަމެވެ. މިގޮތުން، މެޓަފަރ އާއި ސިމިލީ، ދެ ސިފައެއް ހުރި ދެ އެއްޗެއް އެއްފަދަ ކުރުމާއި، ލަފުޒުން ސީދާ ފެންނަ މާނަ ނޫން މާނައިގައި އަދި އިބާރާތުން ތަފާތު މާނައެއް ދޭހަކޮށްދޭ ގޮތަށްވެސް ބޭނުންކޮށްފައިވެއެވެ. ހަމައެހެންމެ، ތަފާތު އަޅާކިޔުމަށާއި، ސިފަ ކުރެވޭ މިންވަރު އިތުރު ކުރުމަށާއި، ތަފާތުކޮށް ވިސްނުމަށް މަގުފަހިވާ ގޮތަށް އަދި ވަކި މައުޟޫޢަކަށް ބޮޑަށް ފެއްތޭ ގޮތަށް ފަދަ ގޮތްތަކަށް މިދެންނެވުނު މެޓަފަރ އާއި ސިމިލީ ބޭނުންކޮށްފައި އެބަހުއްޓެވެ.
މެޓަފަރ އާއި ސިމިލީ ބޭނުންކޮށްފައިވާ ގޮތްތަކުގެ ސަބަބުން، އާންމުކޮށް އާދައިގައި ވާހަކަދައްކާ އިބާރާތުން ބުނާ ވާހަކައެއް ބުނީ މާ ނުކުރެވޭ ފަދަ އެތައް އިޙުޞާސެއް ކުރުވާކަން ފާހަގަ ކުރެވުނެވެ. މިގޮތުން، ދެރަޔާއި ހިތާމަ އަދި އުފަލާއި ހިތްހަމަ ޖެހުމާއި ރުޅި ފަދަ އިޙުޞާސްތައް ކުރުވާ މިންވަރު ބޮޑުވެއެވެ. ހަމައެހެންމެ ބޮޑަށް ޖަޒުބާތުގައި ޖެހުމާއި، އިތުރަށް ވިސްނުމަށް މަޖުބޫރު ކުރުވުންފަދަ އަސަރުތައް މެޓަފަރ އާއި ސިމިލީ ބޭނުން ކުރުމުން ފާޅުވާކަން ދިރާސާއިން ފާހަގަ ކުރެވުނެވެ. މީގެ އިތުރުން ދިރާސާގައި ސިމިލީއަށް ވުރެ ބޮޑަށް ޅެންތަކުގައި މެޓަފަރ ބޭނުންކުރެވިފައި ވާކަންވެސް ފާހަގަ ކުރެވުނެވެ. | en_US |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | en_US |
dc.publisher | Faculty of Arts, Maldives National University | - |
dc.title | ދިވެހި ޅެންވެރިންގެ ތެރެއިން ޢާދަމް ނަޞީރުގެ ޅެންތަކުގައި މެޓަފަރ އާއި ސިމިލީ ގެނެސްދީފައިވާ ގޮތްތަކާއި، އޭގެ ސަބަބުން އުފައްދައިދޭ އަސަރުތައް | en_US |
dc.title.alternative | Dhivehi lhenveringe therein Adam Naseeruge lhenthakugai metafaa aai similee genesdheefaivaa goiythakaai, eyge sababun ufahdhaidhey asaruthah | en_US |
dc.type | Thesis | en_US |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|