Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1168
Full metadata record
DC FieldValueLanguage
dc.contributor.authorމޫސާ އިބްރާހީމް-
dc.contributor.authorIbrahim, Moosa-
dc.date.accessioned2018-03-25T08:03:11Z-
dc.date.available2018-03-25T08:03:11Z-
dc.date.issued2017-05-01-
dc.identifier.citationމޫސާ އިބްރާހީމް. (2017). ދިވެހިބަހުން ލިޔާ ޖުމުލަތަކުގައި ނަންއިތުރުގެ ލަފުޒުތައް ބޭނުންކުރަނީ އެކަށައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތަށް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationIbrahim, M. (2017). Dhivehibahun liyaa jumlathakugai nanithuruge lafuzuthah beynunkuranee ekasha alhaafaivaa qavaaidhuthakaa ehgothah. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1168-
dc.description.abstractމި ދިރާސާއަކީ "ދިވެހިބަހުން ލިޔާ ޖުމުލަތަކުގައި ނަންއިތުރުގެ ލަފުޒުތައް ބޭނުންކުރަނީ އެކަށައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތަށްތޯ ނުވަތަ ޤަވާޢިދާ ޚިލާފަށްތޯ" ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައްކަމުގައި ބެލެވޭ ސިފަބަޔާންކޮށްދޭ ނަންއިތުރާއި މިންވަރު ބަޔާންކޮށްދޭ ނަންއިތުރާއި ވަނަ ބަޔާންކޮށްދޭ ނަންއިތުރު ތަރުތީބުވާގޮތް ދެނެގަތުމަށްޓަކައި ނަމާވިދިގެން ނަމުގެ ކުރިއަށް އެއް ނަންއިތުރު ގެނައުމާއި އެއް ނަންއިތުރަށްވުރެ ގިނަ ނަންއިތުރު ގެނައުމުން ވާގޮތް ބަލާފައިވާނެ އެވެ. އަދި ނަމާ ވިދިގެން ނަމުގެ ފަހަތަށް ނަންއިތުރު ބޭނުންކުރެވޭ ގޮތް ފާހަގަކޮށްފައިވާނެއެވެ. މި ދިރާސާގައި ބޭނުކޮށްފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމް އެވެ. އެއް ސާމްޕަލް ނެގީ ދިވެހި ބަހުގެ ލިޔުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ 2 ލިޔުންތެރިއަކު ޝާއިޢުކޮށްފައިވާ 4 ވާހަކައަކުންނެވެ. ދެވަނަ ސާމްޕަލެއްގެ ގޮތުގައި ނަގާފައިވަނީ މާލެއާއި އަތޮޅުތެރޭގެ ބައެއް ސުކޫލުތަކުގެ ދަރިވަރުން ލިޔެފައިވާ ވާހަކަތަކެވެ. މީގެއިތުރުން ދިވެހިބަހުން ނެރޭ އޮންލައިން 3 ނޫހަކުން ޑޮކިއުމަންޓްތަކެއް ނަގާފައިވާނެއެވެ. ދިރާސާއަކީ، "ދިވެހިބަހުން ލިޔާ ޖުމުލަތަކުގައި ނަންއިތުރުގެ ލަފުޒުތައް ބޭނުންކުރަނީ އެކަށައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތަށްތޯ ނުވަތަ ޤަވާޢިދާ ޚިލާފަށްތޯ" ދެނެގަތުމަށް ކުރެވޭ ދިރާސާއަކަށްވާތީ މި މަގުޞަދު ހާސިލްކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕަރޕޯސިވް ސާމްޕަލިން ބޭނުންކޮށްގެން ނެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ތީމެޓިކް ކޮންޓެންޓް އެނަލިސިސްއެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ، ދިވެހި ބަހުން ލިޔާ ޖުމުލަތަކުގައި ނަންއިތުރު ބޭނުންކޮށްފައިވަނީ އެކަށައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތަށްކަމެވެ. އަދި ނަމާ ވިދިގެން، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް ނުވަތަ ހަމަތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އަދި ނަމުގެ ފަހަތަށް ނަންއިތުރު ބޭނުންކުރެވޭ އުޞޫލުތަކެއް ވެސް އޮތްކަމެވެ. މިދިރާސާއިން، ދިވެހި ބަހުން ލިޔާ ޖުމުލަތަކުގައި ނަންއިތުރުތައް ބޭނުންކޮށްފައިވަނީ އެކަށައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތަކަށް ފާހަގަކުރެވުނުއިރު، ނަންއިތުރާ ގުޅޭ އިތުރުހަމަތައް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެވުނެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިބަހުން ލިޔާ ޖުމުލަތަކުގައި ނަންއިތުރުގެ ލަފުޒުތައް ބޭނުންކުރަނީ އެކަށައަޅާފައިވާ ޤަވާޢިދުތަކާ އެއްގޮތަށްen_US
dc.title.alternativeDhivehibahun liyaa jumlathakugai nanithuruge lafuzuthah beynunkuranee ekasha alhaafaivaa qavaaidhuthakaa ehgothahen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Moosa Ibrahim.pdf651.44 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.