Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1169
Full metadata record
DC FieldValueLanguage
dc.contributor.authorIbrahim, Anwar-
dc.contributor.authorއަންވަރު އިބްރާހީމް-
dc.date.accessioned2018-03-25T08:07:26Z-
dc.date.available2018-03-25T08:07:26Z-
dc.date.issued2012-11-01-
dc.identifier.citationއަންވަރު އިބްރާހީމް. (2012). ދިވެހިބަހުގައި ނަމުގެ ކުރިއަށް ވިދިވިދިގެން ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް އޮވޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationIbrahim, A. (2012). Dhivehi bahugai namuge kuriah vidhividhigen genevey nahithuruge baavaihthah tharutheebuvaa vakiusooleh ovey heyyeve?. Male’, Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1169-
dc.description.abstractމިދިރާސާއަކީ ދިވެހި ބަހުގައި ނަމާ ވިދިގެން، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް ނުވަތަ ހަމަތަކެއް ހުރިތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައްކަމުގައި ބެލެވޭ ސިފަބަޔާންކޮށްދޭ ނަންއިތުރާއި މިންވަރު ބަޔާންކޮށްދޭ ނަންއިތުރާއި ވަނަ ބަޔާންކޮށްދޭ ނަންއިތުރު ތަރުތީބުވާގޮތް ދެނެގަތުމަށްޓަކައި ނަމާވިދިގެން ނަމުގެ ކުރިއަށް އެއް ނަންއިތުރު ގެނައުމާއި އެއް ނަންއިތުރަށްވުރެ ގިނަ ނަންއިތުރު ގެނައުމުން ވާގޮތް ބަލާފައިވާނެ އެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވާނީ ކޮލިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނެގީ ދިވެހިބަހުގެ ލިޔުންތެރިންގެ ފާހަގަކޮށްލެވޭ 20 ލިޔުންތެރިއަކު ޝއިޢުކޮށް ފައިވާ 28 ފޮތަކުންނެވެ. ދިރާސާއަކީ ދިވެހިބަހުގައި، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތިބުވާ ވަކި އުސޫލެއް އޮތްތޯ ދެނެގަތުމަށް ކުރެވޭދިތާސާއަކަށްވާތީ މި މަގުޞަދު ހާސިލްކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕަރޕޯސިލް ސާމްޕަލިން ބޭނުން ކޮށްގެން ނެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވަނީ ތިމެޓިކް ކޮންޓެންޓް އެންލިސިސް އެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ ދިވެހިބަހުގައި ނަމާވިދިގެން، ނަމުގެކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކިއުސޫލެއް ނުވަތަ ހަމަތަކެއް ހުރިކަމެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ސިފަބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރުބަޔާންކުރާ ނަންއިތުރުކަން ފާހަގަކުރެވުނެވެ. އަދި ނަމާ ވިދިގެން ނަމުގެ ކުރިއަށް، ސިފަބަޔާންކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާ ވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ ވަން ބަޔާންކުރާ ނަންއިތުރެއްކަންވެސް ދެނެގަނެވުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެ ކުރިއަށް މިންވަރު ބަޔާނއކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރު ބަޔާންކުރާ ނަންއިތުރެއްކަންވެސް ދިރާސާއިން ހޯދުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެކުރިއަށް ތިން ބާވަތުގެ ނަންއިތުރު ޖެހިޖެހިގެން ބޭނުންކުރެވޭއިރު، ނަމާވިދިގެން ކުރިއަށް، އެންމެ ކައިރީގައި އޮންނަނީ މިންވަރު ބަޔާންކުރާ ނަންއިތުރެވެ. އެ ނަންއިތުރާ ޖެހިގެން ކުރިއަށް އޮންންނީ ސިފަ ބަޔާންކުރާ ނަންއިތުރުކަން ފާހަގަ ކުރެވުނެވެ. ތިންބާވަތް އެއްކޮށް ބޭނުންކުރާއިރު، ވަނަ ބަޔާންކުރާ ނަންއިތުރު އަންނަނީ ސިފަ ބަޔާންކޮށްދޭ ނަންއިތުރުގެ ކުރިއަށްކަންވެސް ފާހަގަ ކުރެވުނެވެ. މިދިރާސާއިން ދިވެހިބަހުގައި ނަންއިތުރު ތަރުތީބު ކުރެވޭ ވަކި އުސޫލެއް އޮތްކަން ދެނެގަނެވުނުއިރު، އަދި ނަންއިތުރާ ގުޅޭ އިތުރުހަމަތައް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެވުނެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސްen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިބަހުގައި ނަމުގެ ކުރިއަށް ވިދިވިދިގެން ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް އޮވޭ ހެއްޔެވެ؟en_US
dc.title.alternativeDhivehi bahugai namuge kuriah vidhividhigen genevey nahithuruge baavaihthah tharutheebuvaa vakiusooleh ovey heyyeveen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.