Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1191
Full metadata record
DC FieldValueLanguage
dc.contributor.authorއަޙުމަދު ނާފިޢު-
dc.contributor.authorNafiu, Ahmed-
dc.date.accessioned2018-03-26T03:33:23Z-
dc.date.available2018-03-26T03:33:23Z-
dc.date.issued2017-11-01-
dc.identifier.citationއަޙުމަދު ނާފިޢު. (2017). ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationNafiu, A. (2017). Dhivehi fuluhunge basmagu badhalukohgen aanmu rayyithunge loabi fuluhunnah libidhaane heyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1191-
dc.description.abstractމި ދިރާސާއަކީ ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން އާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި މިވަނީ ފުލުހުން ޢާއްމު ރައްޔިތުންނާ މުޢާމަލާތްކުރުމުގައި ދިވެހިބަހުގެ ދަރަޖަތަކާއި ހަމަތައް ބޭނުންކޮށްގެން ޢާއްމު ރައްޔިތުންނާއި ފުލުހުން މުޢާމަލާތްކުރުމުން ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެތޯ ބެލުމަށެވެ. މީގެއިތުރުން ފުލުހުންގެ ބަސްމަގަށް ބަދަލު އަންނަން ދިމާވާ ސަބަބުތަކަކީ ކޮބައިތޯވެސް މި ދިރާސާގައި ބެލިފައިވާނެއެވެ. މި ދިރާސާއަށް ނަގާފައިވާ މައްސަލަ ތަޙްލީލުކޮށް ކުރިއަށް ގެންގޮސްފައިވާނީ މިކްސްޑް މެތަޑަށެވެ. ދިރާސާގެ މައްސަލައަކީ އިޖުތިމާޢީ މައްސަލައަކަށް ވާތީ، މި މައްސަލަ ދިރާސާކުރުމަށް ކޮއޮންޓިޓަޓިވް އަދި ކޮއޮލިޓަޓިވް ޑާޓާ އެއްކުރެވިފައިވާނެއެވެ. ހަމަ އެހެންމެ މައްސަލައިގެ އެއްބައިކަމަށްވާ ފުލުހުންގެ ބަސްމަގު ހުންނަގޮތް ހޯދާ ބެލުމަށް ކުއޮންޓިޓަޓިވް ގޮތްތަކެއް ބޭނުންކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިންޑަކުޓިވް އެޕްރޯޗެއް ބޭނުންކޮށްފައިވާނެއެވެ. މިގޮތުން މި ދިރާސާ ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދާފައިވާނީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 50 މީހުން ބޭނުންކޮށްގެން ސާރވޭއެއް ހަދައިގެންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 10 މީހުންގެ އިންޓަވިއު ނަގައިގެންނެވެ. އަދި މި ދިރާސާގެ ރިޕޯޓް ހުށަހަޅާފައިވާނީ 6 ބާބެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތު ތަކުގެ އެހީގައި ދިވެހި ފުލުހުންގެ ބަސްމަގު ރަނގަޅު ނޫންކަން އެނގުނެވެ. ނަމަވެސް ދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ދިވެހި ފުލުހުންނަށް ލިބިދާނެކަން އެނގިގެންދިޔައެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހި ފުލުހުންގެ ބަސްމަގު ބަދަލުކޮށްގެން ޢާއްމު ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިދާނެ ހެއްޔެވެ؟en_US
dc.title.alternativeDhivehi fuluhunge basmagu badhalukohgen aanmu rayyithunge loabi fuluhunnah libidhaane heyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Nafiu.pdf1.83 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.