Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1250
Full metadata record
DC FieldValueLanguage
dc.contributor.authorޖުމާނާ ތަޢުފީގު-
dc.contributor.authorThaufeegu, Jumaana-
dc.date.accessioned2018-03-27T04:29:08Z-
dc.date.available2018-03-27T04:29:08Z-
dc.date.issued2017-11-01-
dc.identifier.citation.ޖުމާނާ ތަޢުފީގު. (2017). އައު ލަފުޒު ބޭނުންކުރުމާމެދު ދަރިވަރުން ދެކޭގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.identifier.citationThaufeegu, J. (2017). Au lafuzu beynun kurumaaimedhu dharivarun dhekey goiy. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1250-
dc.description.abstractމި ދިރާސާއަކީ މަތީ ސާނަވީ (ގުރޭޑު 11 އާއި 12) ގައި ތަޢުލީމު ހާސިލުކުރަންދާ ދަރިވަރުން ވާހަކަދެއްކުމުގައި، އައު ލަފުޒު ބޭނުންކުރުމާމެދު ދެކޭގޮތް ދެނެގަތުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. މި ދިރާސާ އަމާޒުކުރާ މައިގަނޑު މައްސަލައަކީ މަތީ ސާނަވީ ދަރިވަރުން ވާހަކަދެއްކުމުގައި ދިވެހިބަހުން އުފެދިފައި ހުންނަ އައު ލަފުޒު ބޭނުންކުރުން މަދުކަން ނުވަތަ ބޭނުން ނުކުރާކަން ފާހަގަވުމެވެ. ދަރިވަރުން އައު ލަފުޒު ބަލައިނުގަންނާނީ އޭގެ ފަހަތުގައި ސަބަބުތަކެއް ވާތީކަމަށް ޤަބޫލުކުރެވެއެވެ. ވުމާއެކު މި ދިރާސާ އަމާޒުކޮށްފައިވަނީ މަތީ ސާނަވީ ދަރިވަރުން ވާހަކަދެއްކުމުގައި އައު ލަފުޒު ބޭނުންކުރުމާމެދު ދެކޭގޮތް ދެނެގަތުގެ މައްޗަށެވެ. އެގޮތުން މި ދިރާސާގެ މައިގަނޑު މަޤުޞަދެއްގެ ގޮތުގައި ހިމެނެނީ އައު ލަފުޒުތަކުގެ ތެރެއިން ދަރިވަރުން ބަލައިގަންނަ ލަފުޒުތައް ބަލައިގަންނަ ސަބަބުތަކާއި، ބަލައިނުގަނެވޭ ލަފުޒުތައް ބަލައި ނުގަނެވޭ ސަބަބުތައް ދެނެގަތުމެވެ. މުވާއެކު މި ދިރާސާގެ މައިގަނޑު ލަނޑުދަނޑިއަކީ އައު ލަފުޒުތަކާމެދު ދަރިވަރުންގެ ހިތުގައިވާ ބީރައްޓެހިކަން ނައްތާލާނެ ގޮތްތަކެއް ދެނެގަނެ ދަރިވަރުން ބަލައިގަންނަ ލަފުޒުތަކުގައި ހުންނަން ދަރިވަރުންނަށް ބަލައިގަނެވޭ ސިފަތަކެއް ދެނެގަތުމެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކޮލިޓޭޓިވް ޕެރެޑައިމް އެކެވެ. ސާމްޕަލް ނަގާފައިވަނީ ޕަރޕޯސިވް އަދި ކޮންވީނިއަންސް ކޮށެވެ. ސާމްޕަލްގެ ގޮތުގައި ނެގީ މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ދެ ސުކޫލަކުން ޖުމުލަ 8 ދަރިވަރުންނެވެ. ދިރާސާގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި ދިރާސާގެ ޑޭޓާތައް އެއްކޮށްފައިވަނީ ކޮލިޓޭޓިވް މެތަޑުގައި ޑޭޓާ އެއްކުރަން ބޭނުންކުރާ ސެމީ ސްޓަރަކްޗަރޑް އިންޓަރވިއުއެއް ބޭނުންކޮށްގެންނެވެ. ދިރާސާއިން ފެނުނު ހޯދުންތަކުގެ ތެރޭގައި ދިވެހިބަހުގައި އަލަށް އުފައްދާ ލަފުޒުތަކުގެ ތެރޭގައި ދަރިވަރުން ވާހަކަދެއްކުމުގައި ބޭނުންކުރަން ފެންނަ ލަފުޒާއި ބޭނުންކުރުން ރަނގަޅުކަމަށް ނުފެނަ ލަފުޒުތަކެއް ހުރިކަން ހޯދުނެވެ. އޭގެތެރޭގައި ވަކި ވަޒަނަކަށް ފައްތައިގެން ލަފުޒު އުފެއްދުމުން ލަފުޒު ބަލައިގަންނަން ފަސޭހަވާކަން ހޯދުނެވެ. ދެވަނަ ކަމަކީ ދިވެހި ބަހުގެ އަޑުތުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން އުފެދިފައި ހުންނަ ލަފުޒުތައް ބަލައިގަނެވޭ ކަމެވެ. މިއާޚިލާފަށް ފޮނޮލޮޖީގެ ޤަވާޢިދާ ޚިލާފަށް ލަފުޒު އުފެދޭނަމަ ލަފުޒު އެފަދަ ބަލައިގަންނަން އުނދަގޫކަމެވެ. ހަމައެއާއެކު އިނގިރޭސި ލަފުޒުގެ ބަދަލުގައި ބޭނުންކުރުމަށް އައު ލަފުޒު އުފައްދާއިރު، އިނގިރޭސި ލަފުޒުގެ މާނައާއި ގުޅުވާލެވޭ ނަމަ އެ ލަފުޒުތައް ބައިގަންނަން ފަސޭހަކަމެވެ. އައު ލަފުޒުގެ ތެރޭގައި ދަރިވަރުންނަށް ބަހާބެހޭގޮތުން ކުރިން އެނގިފައިވާ މަޢުލޫމާތާ ފުށުއަރާނަމަ އެ ލަފުޒެއް ބަލައިނުގަނެވޭކަން ވެސް ދިރާސާއިން ހޯދުނެވެ. ވުމާއެކު ލަފުޒު އުފެއްދުމުގައި މީހާގެ ސްކީމާޓާގައި ހިމެނޭ ލަފުޒަށް ރިއާޔަތްކޮށްގެން ލަފުޒު އުފެއްދުމަކީ ލަފުޒު ބަލައިގަނެވޭނެ ކަމެއް ކަން މި ދިރާސާއިން ހޯދުނެވެ. ހަމައެފަދައިން އަލަށް އުފެދޭ ލަފުޒުތައް ބަހުގެ އަޑުތަކާ އެއްގޮތަށް އުފެދިފައި ހުރުމާއި، މުޖުތަމަޢުގައި އެ ލަފުޒު ބޭނުންކުރުން ގިނަ ވުމަކީ ވެސް ލަފުޒު ބަލައިގަނެވޭ ކަމެކެވެ. ލަފުޒު އުފެއްދުމުގައި އަޑުގެ ހިމެނޭ އެކޫސްޓިކް ސިފަތަކަށް ވިސްނުމަކީ މުހިންމު ކަމެއްކަން މި ދިރާސާއިން ހާމަވިއެވެ. މީގެ އިތުރުން ލަފުޒު އުފައްދާއިރު، ބަހުރުވަތަކުން ލަފުޒު ނެގުމަކީ ވެސް ދަރިވަރުން ބަލައިގަންނަ ލަފުޒެއް އުފެއްދުމުގެ ފުރުސަތު ބޮޑުވާ ކަމެއްކަން ވެސް މި ދިރާސާއިން ހޯދުނެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleއައު ލަފުޒު ބޭނުންކުރުމާމެދު ދަރިވަރުން ދެކޭގޮތްen_US
dc.title.alternativeAu lafuzu beynun kurumaaimedhu dharivarun dhekey goiyen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Jumaana Thaufeegu.pdf314.12 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.