Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1262
Full metadata record
DC FieldValueLanguage
dc.contributor.authorޒާހިދާ އުމަރު-
dc.contributor.authorUmar, Zahidha-
dc.date.accessioned2018-03-27T05:48:58Z-
dc.date.available2018-03-27T05:48:58Z-
dc.date.issued2017-11-01-
dc.identifier.citationޒާހިދާ އުމަރު. (2017). ޔުނިވަރސިޓީގެ ދަރިވަރުންގެ ވާހަކަދެއްކުމުގައި ދިވެހިބަހުގެ ދަރަޖަތައް ރަނގަޅުގޮތުގައި ބޭނުންކުރެވެމުން ނުދިޔުން!. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationUmar, Z. (2017). University ge dharivarunge vaahaka dhekkumugai dhivehi bahuge dharajathah ran’galhu gothugai beynunkurevemun nudhiyun. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1262-
dc.description.abstractމިދިރާސާ ޚާއްސަކޮށްލެވިފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި ދިވެހިބަހުން ވާހަކަދެއްކުމުގައި ބަހުގެ ދަރަޖަތައް އެކަށީގެންވާ ރަނގަޅު ގޮތުގައި ބޭނުން ކުރެވެމުން ނުދާކަމަށް ފެންނާތީ މިކަން އޮތްގޮތެއް ބެލުމަށާއި، މިހެން ދިމާވަނީ ކީއްވެތޯ ބެލުމަށެވެ. ދަރިވަރުންގެ ވާހަކަދެއްކުމުގައި ދަރަޖަ ބޭނުންކުރާގޮތް ހޯދޭތޯ ބަލާފައިމިވަނީ ކުއަންޓިޓޭޓިވް ރިސާރޗް މެތަޑް ބޭނުންކޮށްގެން، ދަރިވަރުންގެ 5 އިންސައްތަ ކުދިން، މިދިރާސާގައި ބައިވެރިކޮށްގެންނެވެ. މިދިރާސާއިން އެނގުނީ ދިވެހިބަހުގައި ހިމެނޭ ދަރަޖަތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދަރިވަރުންގެ މެދުގައި ބޭނުންކުރެވެމުން ނުދާކަމާއި މިއީ ގިނަ ކުދިންނަށް އުނދަގޫ ކަމެއްކަމުގައެވެ. އަދިމިއީ ދިވެހިބަހުގެ ދަރަޖަތަކާއި ބެހޭގޮތުން ދަރިވަރުންގެ މެދުގައި ހެދުނު ފުރަތަމަ ދިރާސާއެވެ. މި ދިރާސާއިން ޔުނިވަރަސިޓީގެ ދަރިވަރުން ދިވެހިބަހުގެ ދަރަޖަތަކާއި މެދުގައި ދެކޭގޮތާއި، ދަރަޖަތަށް ބޭނުންކުރާގޮތާއި އަދި ދަރަޖަތަށް ބޭނުންކުރަން އެނގޭ މިންވަރު މިވަނީ ކޮންމެސް ވަރަކަށް ހޯދިފައެވެ. ފާހަގަކުރެވިފައިވަނީ ދިވެހިބަހުގައި ތަފާތު ތިން ދަރަޖައަކުން ވާހަކަދައްކާ ކަމާއި، ދަރިވަރުންގެ 90 އިންސައްތަ ކުދިން މި ދަރަޖަތައް ދެމެހެއްޓުން މުހިންމުކަމުގައި ފާހަގަ ކުރާއިރު، 38 އިންސައްތައަށް ދަރަޖަތައް ޤަވާއިދާއި މުޅިން އެއްގޮތަށް ބޭނުންކުރަން ނޭނގޭކަމެވެ. މަތީ ދަރަޖައަކުން މުޚާޠަބު ކުރުމަކީ އިޚުތިރާމު ކުރުމާއި އިޚުތިރާމު ލިބޭކަމެއްގެ ގޮތުގައި 90 އިންސައްތަ ދަރިވަރުން ދެކެއެވެ. މިދިރާސާ ކުރުމަށް ހޯދުނު މަޢުލޫމާތުން އެނގިފައިވާގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މަންހަޖުގައި ދިވެހިބަހުގެ ދަރަޖަތަކާއި ބެހޭބައި ހިމެވިފައިވަނީ މިކަމަށް ދަރިވަރުން އަހުލުވެރި ކުރުވޭ ވަރަށްވުރެން މަދު މިންވަރަކަށެވެ. މުޖުތަމަޢުގައި ހިމެނޭ އާއްމު ހުރިހާ ގިންތިއެއްގެ މީހުންނާއި ދަރިވަރުން މުޚާޠަބު ކުރާ ދަރަޖަތަށް ވެސް މި ދިރާސާއިން ވަނީ ހޯދިފައެވެ. ހޯދުންތަކުން އެގިފައިވާ ގޮތުގައި ހުރިހާ ދަރިވަރުންވެސް އާއްމު ގޮތެއްގައި ދިވެހިބަހުގެ ދަރަޖަތައް އެކިފަރާތްތަކާއި މުޚާޠަބު ކުރުމުގައި ބޭނުންކުރެއެވެ. ދިވެހިބަހުގެ ހުރުމަތާއި، ކަރާމާތަށާއި، ރީތި އަދަބުތަކަށް އަތުވެދާނެ ބަދަލަކާއި މެދު ހޭލުންތެރި ކުރުވުމަށް މިދިރާސާގެ ބެނުން ހިފޭނަކަމަށް ދެކެމެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.title!ޔުނިވަރސިޓީގެ ދަރިވަރުންގެ ވާހަކަދެއްކުމުގައި ދިވެހިބަހުގެ ދަރަޖަތައް ރަނގަޅުގޮތުގައި ބޭނުންކުރެވެމުން ނުދިޔުންen_US
dc.title.alternativeUniversity ge dharivarunge vaahaka dhekkumugai dhivehi bahuge dharajathah ran’galhu gothugai beynunkurevemun nudhiyunen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Zahida Umar.pdf2.03 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.