Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/1306
Title: | ރާއްޖޭގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން ބަސް ދަސްކުރުމުގެ ބައެއް ކަމުގައިވާ ކިޔުމުގެ ހުނަރާމެދު ދެކޭގޮތް |
Other Titles: | Raajjeyge key stage 2 ge dharivarun bas dhaskurumuge baeh kamugaivaa kiyimuge hunaraamedhu dhekeygoiy |
Authors: | ފާޠިމަތު ރިޢުލާ Riula, Fathimath |
Issue Date: | 1-Nov-2016 |
Publisher: | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Faculty of Arts, Maldives National University |
Citation: | ފާޠިމަތު ރިޢުލާ. (2017). ރާއްޖޭގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން ބަސް ދަސްކުރުމުގެ ބައެއް ކަމުގައިވާ ކިޔުމުގެ .ހުނަރާމެދު ދެކޭގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Riula, F. (2016). Raajjeyge key stage 2 ge dharivarun bas dhaskurumuge baeh kamugaivaa kiyimuge hunaraamedhu dhekeygoiy. Male', Maldives National University. |
Abstract: | ތަފާތު އެކި ދިރާސާތަކުގައި ކުދިންނަށް ކިޔަން ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ކިޔަން ދަތުމުގެ ޤާބިލުކަން މިވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ދުޅަހެޔޮކަމާ ގުޅިލާމެހިފައެވެ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލުގެ ދުވަސްވަރުގެ ކުރީކޮޅު ކިޔުމުގެ ދަތިތައް މެދުވެރިވެފައިވާ ދަރިވަރުންނަށް އެކުދިންގެ ސްކޫލުގެ ހަޔާތުގަޔާއި އަދި ދިރިއުޅުމުގެ މައިދާނުގައިވެސް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ސަބަބުން އެފަދަ ކުދިންނަށް ވަޒީފާގެ ފުރުޟަތުތައް ނުލިބި، އިޖުތިމާއީގޮތުންނާއި އިޤްތިޞާދީގޮތުންވެސް ޙަރަކާތްތެރިވާން އުނދަގޫތަކެއް ކުރިމަތިވެއެވެ.
މި ދިރާސާގެ މަޤްޞަދަކީ ކީ ސްޓޭޖް 2 ގެ ދަރިވަރުން ކިޔުމާމެދު ދެކޭގޮތް ބެލުމެވެ. އެގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭ ދެ ބަސްކަމުގައިވާ ދިވެހި އަދި އިގިރޭސިބަހުން ކިޔުމާމެދު ދަރިވަރުން ދެކޭގޮތް ނުވަތަ ޤަބޫލުކުރާގޮތް ބެލިފައިވާނެއެވެ. އެގޮތުން މި ދިރާސާގައި ކިޔުންތެރިއެއްގެ ގޮތުގައި އެކުދިންގެ ނަފްސާމެދު ދެކޭގޮތާއި، ކިޔުމާމެދު ދެކެމުން އަންނަ ގޮތަށް ނުފޫޒު ފޯރުވާ ބައެއް ކަންތައްތަކަށް ބަލާ، މިކަމުގެ ސަބަބުން ކިޔުމާމެދު ކުދިންގެ ޝައުޤުވެރިކަމަށް ބަދަލު އަންނަނީ ކިހިނެއްތޯ ހޯދިފައިވާނެއެވެ.
ދަރިވަރުން ކިޔުމާމެދު ދެކޭގޮތް ހޯދުމަށްޓަކައި ޑޭޓާ އެއްކުރެވުނީ އިންޓަވިއު ސުވާލުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ކީ ސްޓޭޖް 2 ގެ ދަރިވަރުންގެ ތެރެއިން މިދިރާސާގައި ބައިވެރިވި ދަރިވަރުން އިގިރޭސިބަހަށްވުރެ ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔާހިތްވެއެވެ. މިކަމުގެ ސަބަބެއްކަމަށް ފާހަގަކުރެވެނީ ދިވެހި ބަހަކީ އެދަރިވަރުންގެ މާދަރީބަހަށްވެފައި ދިވެހިބަސްދެކެ ލޯބިވުމެވެ. ނަމަވެސް ދިވެހިބަހުން ލިޔެފައި ހުންނަ ފޮތްތައް ޝައުޤުވެރި ނުވުމުގެ ސަބަބުންނާއި ދިވެހިބަހަށްވުރެ އިނގިރޭސިބަހަށް މުޖުތަމަޢުއާއި ސްކޫލުންެވެސް އިސްކަން ދިނުމުގެ ސަބަބުން ދަރިވަރުން ދިވެހިބަހުން ކިޔުމާމެދު ދެކޭގޮތަށް ނޭދެވޭ އަސަރެއް ކޮށްފައިވާކަން ފާހަގަވެއެވެ. އަދިހަމައެހެންމެ ދިރާސާގައި ބައިވެރިވި ހުރިހާ ދަރިވަރުންވެސް، ކިޔުންތެރިއެއްގެ ގޮތުގައި އެކުދިން ޤަބޫލުކުރަނީ މޮޅު ކިޔުންތެރިއެއްގެ ގޮތުގައެވެ. މީގެއިތުރުން ގިނަ ދަރިވަރުން ސްކޫލުގައި ކިޔުމުގައި އެންމެ އެކަށޭނަ މާޙައުލެއް ނެތްކަމަށް ދެކެއެވެ. ނަމަވެސް ފާހަގަކުރެވުނު ގޮތުގައި ދިރާސާގައި ބައިވެރިވި ކީ ސްޓޭޖް 2 ގެ 15 ދަރިވަރުންނަށްވެސް ގޭތެރޭގެ މާހައުލުން ކިޔުމުގައި އެހީތެރިކަމާއި ހިތްވަރު ލިބެއެވެ. އަދި ޓީޗަރުންނާއި ބެލެނެވެރިންގެ ފަރާތުން ދަރިވަރަށް ލިބޭ ތަޢުރީފުގެ ބަސްތަކުންނާއި ފީޑްބެކްތަކުން ދަރިވަރުން ކިޔުމާމެދު އިތުރަށް ޝައުޤުވެރިވާކަން ހާމަވިއެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/1306 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.