Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1307
Full metadata record
DC FieldValueLanguage
dc.contributor.authorނަދާ މުޙައްމަދު ވަޙީދު-
dc.contributor.authorWaheed, Nadha Mohamed-
dc.date.accessioned2018-03-28T07:57:49Z-
dc.date.available2018-03-28T07:57:49Z-
dc.date.issued2017-11-01-
dc.identifier.citationނަދާ މުޙައްމަދު ވަޙީދު. (2017). ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހީންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationWaheed, N. M. (2017). Kudakudhinnah Dhivehi bahun kiyaidhey Dhivehi ban’dhithakun dhiveheenge saqaafaiy dhakkuvaidhenee kihineh heyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1307-
dc.description.abstractމި ދިރާސާއަކީ ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހިންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއްކަން ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ބަނދިތަކުން ސަޤާފަތް ދައްކުވައިދޭ ގޮތް ބެލުމަށް ޓަކައި ސަޤާފަތާ ގުޅުން ހުރި ތަފާތު ގިނަ ލިޔުންތައް ކިޔައިފައިވާނެއެވެ. ހަމަމިއާއެކު ބަނދިތަކުން ސަޤާފަތް ދައްކުވައިދޭ ގޮތް ބެލުމަށްޓަކައި ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމުގެ ވަރަށް ގިނަ މަޢުލޫމާތުތަކެއް އެކުލެވޭ ލިޔުންތަކެއް ވެސް ކިޔާފައިވާނެއެވެ. މި ގޮތުން ލިބުނު މަޢުލޫމާތު އަލީގައި އާދަކާދައިގެ ތެރޭގައި ވަކިވަކި ބައިތަކެއް ބެލުމަށް ކަނޑައެޅުނެވެ. މި ގޮތުން ބެލުމަށް ކަނޑައެޅުނީ ދިވެހީންގެ އާދަކާދަ ތެރޭގައި ހިމެނޭ ދިވެހީންގެ ދިރިއުޅުން، މަސައްކަތްތެރިކަން، ކެއުންބުއިން، ކުޅިވަރު، ނަސޭހަތް، ދީން އަދި ބަސްކޮށާރެވެ. މިބައިތަށް ކޯޑު ކުރެވުނެވެ. މި ކުރެވުނު ކޯޑުތަކުގެ އަލީގައި ތީމުތަކެއް ކަނޑައެޅުނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުން ފާހަގަކުރެވުނީ ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހިންގެ ސަޤާފަތް ފެންނަކަމެވެ. މިގޮތުން ބަނދިތަކުން އިހުޒަމާނުގައި ދިވެހިން ދިރިއުޅުން ހުރި ގޮތް ވަރަށް ރަނގަޅަށް ފެނުނެވެ. ހަމައެހެންމެ އިހްޒަމާނުގައި ދިވެހީންގެ ކެއުންބުއިމަށް ބޭނުންކުރި ތަކެތި ފެނުނެވެ. މަސައްކަތްތެރި ކަމަށް ބަލައިލާއިރު އެންމެ އެވޭލާ ޒަމާނާއި މި ޒަމާނުގައި ކުރާ ވަރަށް ގިނަ މަސައްކަތްތެއް ފެނިގެން ދިޔައެވެ. ކުޅިވަރުތަކުގައި ފެނުނު ކުޅިވަރުތަކަކީ ކުރީ ޒަމާނުގައި ކުޅުނު ކުޅިވަރުތަކެވެ. ނަމަވެސް މިހާރު މި ކުޅިވަރުތައް މަޑުމަޑުން ފަޑުވަމުން ނެތެމުން ދަނީއެވެ. މި ނެގި ބަނދިތަކުން އިސްލާމް ދީނުގެ އަސަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔައިރު ކުޑަކުދިންނަށް ވަރަށް ލޯބިން ނަސޭހަތް ދީފައިވާކަން ހޯދުންތަކުން އެނގެއެވެ. އަދި ބަސްކޮށާރަށް ބަލައިލާއިރު ދިވެހި ބަސްކޮށާރަކީ މުއްސަނދި ބަސްކޮށާރެއްކަން އެނގުނެވެ. އެހެންކަމުން، ސަޤާފަތަކީ އެއްބަޔަކު ނުވަތަ އެއް މުޖްތަމަޢެއް އަނެއް މުޖްތަމަޢަކާ ވަކިކޮށްދޭ އެއްޗެކެވެ. މިގޮތުން މި ބަނދިތަކުން ދިވެހިންގެ އަސަރު އެންމެ ރަނގަޅަށް ފެނެއެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހީންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއް ހެއްޔެވެ؟en_US
dc.title.alternativeKudakudhinnah Dhivehi bahun kiyaidhey Dhivehi ban’dhithakun dhiveheenge saqaafaiy dhakkuvaidhenee kihineh heyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Nada Mohamed Waheed.pdf1.69 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.