DC Field | Value | Language |
dc.contributor.author | މަޢުރޫފާ ޙަސަން | - |
dc.contributor.author | Hassan, Mauroofa | - |
dc.date.accessioned | 2018-03-28T08:30:09Z | - |
dc.date.available | 2018-03-28T08:30:09Z | - |
dc.date.issued | 2016-11-01 | - |
dc.identifier.citation | މަޢުރޫފާ ޙަސަން. (2017). މަސައްކަތު މާހައުލުގައި ވާހަކަ ދެއްކުމުގެ ދަރަޖަ ބޭނުންކުރުމުގެ ސަބަބުން ދޭދޭ ފަރުދުންގެ އިޙުތިރާމަށް އަންނަބަދަލު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | en_US |
dc.identifier.citation | Hassan, M. (2017). Masakkathu maahaulugai vaahaka dhekkumuge dharaja beynunkurumuge sababun dheydhey farudhunge ihuthiraamah anna badhalu. Male', Maldives National University. | - |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1310 | - |
dc.description.abstract | މި ދިރާސާއިން މައިގަނޑު ގޮތެއްގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކީ، މަސައްކަތު މާހައުލުގައި ދިވެހިބަހުން ވާހަކަދައްކާއިރު ބަހުގެ ދަރަޖަތައް ބޭނުންކުރުމުގެ ސަބަބުން ދޭދޭ ފަރުދުންނަށް ކުރާ އިޙުތިރާމަށް އަންނަ ބަދަލު ހާމަކޮށްދިނުމެވެ. މިގޮތުން، ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ޓީޗަރުން ބޭނުންކުރާ މިންވަރާއި އަދި އޮފީސްތަކުގެ ބައެއް މުވައްޒަފުން ވާހަކަދެއްކުމުގައި ދަރަޖަތައް ބޭނުންކުރާ ސަބަބު ދެނެގަތުމަކީ މި ދިރާސާއިން ހާސިލުކުރަން ބޭނުންވާ އެއް ލަނޑުދަނޑިއެވެ.
މި ދިރާސާއަކީ 100 މީހުންގެ ޓާރގެޓް ޕޮޕިއުލޭޝަނަކަށް އަމާޒުކޮށްގެން ހެދިފައިވާ ދިރާސާއެކެވެ. މިގޮތޮން މި ދިރާސާ އަމާޒުކުރެވިފައިވަނީ ކަލާފާން ސްކޫލުގައި މަސައްކަތްކުރާ 50 ޓީޗަރުންނާއި ކްރިމިނަލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 50 މީހުންނެވެ. އަދި މިދިރާސާއަށް ސާމްޕަލް ނަގާފައިވަނީ ޕްރޮބަބްލިޓީގެ ސިމްޕަލް ރެންޑަމް އުސޫލުންނެވެ.
މިއީ މަސައްކަތު މާހައުލުގައި ވާހަކަދައްކާއިރު، ދިވެހިބަހުގައި ބޭނުންކުރެވޭ ދަރަޖަތަކުގެ ސަބަބުން ދޭދޭފަރުދުންގެ މެދުގައި އުފެދޭ އިޙްތިރާމް ދެނެގަތުމަށްޓަކައި ކުރެވޭ ދިރާސާއަކަށްވުމުން، މިއީ މިދިރާސާގެ މުހިއްމުކަން ހާމަވާ ކަމެކެވެ. މިކަން ހޯދާ ބެލުމަށްޓަކައި ބޭނުންކޮށްފައިވާނީ ކުއަންޓިޓޭޓިވް މެތަޑެކެވެ.
މިގޮތުން މިދިރާސާގައި އާއްމުކޮށް އެންމެ މާތްދަރަޖަ، މާތްދަރަޖަ އަދި އާދައިގެ ދަރަޖަ މުއާމަލާތް ކުރުމުގައި ބޭނުންކުރަނީ ކޮންބަޔަކުތޯ ބަލައިލެވިފައި ވާނެއެވެ. އަދި ދިވެހިބަހުގައި ބޭނުން ކުރެވޭ އާދައިގެ ދަރަޖަ މާތްދަރަޖަ، އަދި އެންމެ މާތް ދަރަޖައިން ވާހަކަދެއްކުމުގެ ސަބަބުން ދޭދޭފަރުދުންނަށް ކުރާ އިޙްތިރާމަށް އެއްވެސް ކަހަލަ ބަދަލެއް އާދޭތޯވެސް ބަލާފައިވާނެއެވެ. މިގޮތުން ބަދަލެއް އަންނަ ނަމަ މިބަދަލުތައް އަންނަނީ ކިހިނެއްކަން ވެސް މި ދިރާސާގައި ހާމަކޮށްފައިވާނެއެވެ. | en_US |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | en_US |
dc.publisher | Faculty of Arts, Maldives National University | - |
dc.title | މަސައްކަތު މާހައުލުގައި ވާހަކަ ދެއްކުމުގެ ދަރަޖަ ބޭނުންކުރުމުގެ ސަބަބުން ދޭދޭ ފަރުދުންގެ އިޙުތިރާމަށް އަންނަބަދަލު | en_US |
dc.title.alternative | Masakkathu maahaulugai vaahaka dhekkumuge dharaja beynunkurumuge sababun dheydhey farudhunge ihuthiraamah anna badhalu | en_US |
dc.type | Thesis | en_US |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|