Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/1321
Title: | ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް |
Other Titles: | Dhivehi bahuge vaahakadhekkumuge dharajathah beynun kuramundhaa goiy |
Authors: | އަޙުމަދު ރަޝީދު Rasheed, Ahmed |
Issue Date: | 1-May-2017 |
Publisher: | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Faculty of Arts, Maldives National University |
Citation: | އަޙުމަދު ރަޝީދު. (2017). ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. Rasheed, A. (2017). Dhivehi bahuge vaahakadhekkumuge dharajathah beynun kuramundhaa goiy. Male', Maldives National University. |
Abstract: | މި ދިރާސާއަކީ ދިވެހި ބަހުގައި ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާއެވެ. މިގޮތުން ވާހަކަދެއްކުމުގެ ދަރަޖަތައްކަމަށްވާ "އެންމެ މާތް ދަރަޖަ"، މާތް ދަރަޖަ"، އާދައިގެ ދަރަޖަ" އަދި "މާތް ﷲ އަށާއި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ޚާއްޞަ ދަރަޖަ" ބޭނުންކުރުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމަށް އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވޭތޯ ދެނެގަނެވިފައިވާނެއެވެ. އަދި ދަރަޖަތައް ބޭނުންކުރުމުގައި ޤަވާޢިދާ އެއްގޮތަށް އަދި ޤަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާގޮތާއި މި ދެގޮތަށް ބޭނުންކޮށްފައިވާ ނިޞްބަތުގެ މައްޗަށް ވެސް މި ދިރާސާގައި ބަލާލެވިފައިވާނެއެވެ.
މި ދިރާސާގައި ބޭނުންކޮށްފައިވާނީ ކޯލިޓޭޓިވް ޕެރެޑައިމްއެވެ. ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ، ވާހަކަ ދެއްކުމުގެ ތަފާތު 4 ރެކޯޑިންގ އަކާއި 4 ލިޔުމަކުންނެވެ. އަދި ދިރާސާގެ ބޭނުމަކީ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް ހޯދުންކަމަށްވާތީ، ޑާޓާ އެެއްކުރުމުގައި ބޭނުންކޮށްފައިވާނީ ދަރަޖަތައް ބޭނުންކޮށްފައިވާ ރެކޯރޑިންގްސް އަދި ލިޔުންތަކެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ތިމެޓިކް ޑޮކިއުމެންޓް އެނަލިސިސްއެވެ.
މި ދިރާސާގެ ހޯދުންތަކުން ހާމަވި ގޮތުގައި، ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަން ހާމަވިއެވެ. އެގޮތުން، އެންމެ މާތްދަރަޖަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އާދައިގެ ދަރަޖަ އަދި މާތް ދަރަޖައިން ބޭނުންކުރުމާއި މާތް ދަރަޖަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އާދައިގެ ދަރަޖަ އަދި އެންމެ މާތް ދަރަޖައިން ބޭނުންކޮށްފައި ހުރުމާއި މާތް ﷲ އަށާއި ރަސޫލުބޭކަލުންނަށް ޚާއްސަ ދަރަޖަ ބޭނުންކުރުމުގައި އާދައިގެ ދަރަޖައިން ބޭނުންކޮށްފައި ހުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި ދިރާސާކުރުމަށް ނެގުނު ޑޮކިއުމަންޓްތަކުގައި ބޭނުންކޮށްފައިވާ ލަފުޒުތަކުގެ ތެރެއިން، ދަރަޖަތައް ބޭނުންކުރުމުގައި ގާތްގަނޑަކަށް ދެބައިކޮށްފަ އެއްބައި ލަފުޒު ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކުރެވުނެވެ.
މި ދިރަސާއިން ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވުނު އިރު، އެކަންކަން އެހެން ދިމާވަނީ ކޮން ސަބަބުތަކާއި ހުރެތޯ އާއި ދަރަޖަތައް ބޭނުންކުރުމަށް އެކަށައަޅާފައވާ ޤަވާޢިދު ރަނގަޅުތޯ ދެނެގަތުމަށް އިރުތު ދިރާސާއެއް ކުރަން ފެންނަކަން ހާމަވިއެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/1321 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.