Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1379
Full metadata record
DC FieldValueLanguage
dc.contributor.authorޢާއިޝަތު ޢަޤީދާ ޙަސަން-
dc.contributor.authorHassan, Aishath Ageedha-
dc.date.accessioned2018-03-31T05:38:18Z-
dc.date.available2018-03-31T05:38:18Z-
dc.date.issued2016-11-01-
dc.identifier.citationޢާއިޝަތު ޢަޤީދާ ޙަސަން. (2016). ދިވެހިބަހުގެ ބައެއް ސްޓެމްތަކަށް ޖެނެޓިވް ކޭސް މާކަރު ގުޅުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationHassan, A. A. (2017). Dhivehibahuge baeh stemthakah genetive case marker gulhumun anna morphological badhalauthah. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1379-
dc.description.abstractމި ދިރާސާއަކީ ދިވެހިބަހުގެ ސްޓެމްތަކަށް ޖެނެޓިވް ކޭސް މާކަރު "ގެ" ގުޅުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައް ބެލުމަށް ހަދައިފައިވާ ދިރާސާއަކަށް ވާތީ މި ދިރާސާކުރުމަށް އިޚްތިޔާރު ކުރީ ކޮލިޓޭޓިވް ޕެރަޑައިމްއެވެ. މި ދިރާސާ ހެދުމަށް ލަފުޒު ނަގައިފައި ވާނީ ދިވެހިބަހުގެ އެކެޑަމީން ނެރެފައިވާ "ދަރިވަރުންގެ ރަދީފު" މި ފޮތުންނެވެ. އެގޮތުން ދިރާސާކުރަން ނަގައިފައިވާ "އަބަފިލި، އިބިފިލި، އަދި ސުކުން" ތަނޑަށް ނިމިފައިވާ ލަފުޒުތަކުގެ ތެރެއިން ރަދީފުގައި ހ އިން ޗ އަށް ކޮންމެ އަކުރަކުން ރެންޑަމްކޮށް ފަސް ލަފުޒެވެ. މިގޮތަށް ލަފުޒު ނެގުމުގައި އެއް އަކުރަކަށް ނިމޭ ސްޓެމްގެ ބަދަލުގައި ގިނަ އަކުރުތަކުގެ ސްޓެމްތައް ނެގުމަށް އިސްކަންދީފައިވާނެއެވެ. އެންމެ ބޮޑެތި ތަނޑުގެ ކެއްޓު ނުވަތަ ކުލާސް އުފައްދަނީ އަބަފިލި ތަނޑާއި އިބިފިލި ތަނޑެވެ. މި ނޫން ފިއްޔަށް ނިމޭ ތަނޑުތަކުގެ ނަންނަން ވަރަށް މަދުކަމުގައި ސޮންޔާ ފްރިޓްޒް (2002) ވިދާޅުވެފައިވީ ނަމަވެސް މި ދިރާސާއަށް ޑާޓާ ނެގި ހުރިހާ އަކުރަކުން 5 ލަފުޒު ލިބިފައިވަނީ ހަމައެކަނި ސުކުންތަނޑުން ކަން ފާހަގަކޮށްލަމެވެ. އަނެއް ދެ ފިލިކަމުގައިވާ "އަބަފިލި" އަދި "އިބިފިލި" ތަނޑުން ބައެއް އަކުރުތަކުން 5 ލަފުޒު ހަމަވާ ވަރަށް ލަފުޒު ލިބިފައެއް ނުވެއެވެ. އެގޮތުން ދިރާސާއަށް މުޅި އެކު ނަގައިފައިވާނީ 285 ލަފުޒެވެ. މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން "އަބަފިލި" ތަނޑަށް ނިމޭ ހުރިހާ ލަފުޒުތަކުގެ ވެސް ފަހަތަށް ދިވެހިބަހުގެ ޖެނެޓިވް ކޭސް މާކަރު "ގެ" ގުޅައިލުމުން ލަފުޒުގެ ފަހަތަށް އަލިފު އިބިފިއްޔެއް (އި) iːɡɛ އިތުރުވެއެވެ. މިގޮތުން މި ދިރާސާއަށް ނަގައިފައިވާ 89 ލަފުޒު ވެސް މި ގޮތަށް ބަދަލުވެގެން ދެއެވެ. ދިވެހިބަހުގެ ނަމުގެ ލަފުޒުތަކުގެ ތަނޑުތަކުގެ ތެރޭގައި އަބަފިލި ތަނޑު، ސޮންޔާ ފްރިޓްޒް (2002) ބަޔާންކުރައްވައިފައި ވީ ނަމަވެސް އަބަފިލި ތަނޑުގެ ލަފުޒުތަކަށް ނަން (ނ) ނޫނަސް "ނަންއިތުރު" (ނއ) އާއި "އިތުރު" (އ) ގެ ފަހަތަށް ވެސް ޖެނެޓިވް ކޭސް މާކަރު ގުޅައިލުމުން ލަފުޒުތަކަށް ބަދަލު އަންނަކަން މި ދިރާސާއިން ހާމަވެއެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާ އިބިފިލިތަނޑު 88 ލަފުޒަށް ޖެނެޓިވް ކޭސް މާކަރާ ގުޅައިލުމުން ދެ ގޮތަކަށް ފިރާލެވޭކަން މި ދިރާސާއިން ހާމަވިއެވެ. އޭގެ ތެރެއިން އެއް ގޮތަކީ (އ) އިބިފިއްޔަށް ނިމިފައިވާ ބައެއް ލަފުޒުތަކަށް އިބިފިއްޔެއް އިތުރުވެ އީބީފިއްޔަކަށް ބަދަކުވެ "ގެ" މި މާކަރު މެހުމެވެ. މިސާލަކީ "ޒަވި" zʌvɪ ބަދަލުވެގެން ދަނީ "ޒަވީގެ" zʌvɪːgɛ މި ގޮތަށެވެ. އިތުރުވަނީ ɪːgɛ އީބީފިއްޔެވެ. އިބިފިލިތަނޑު ފިރާލެވޭ އަނެއް ގޮތަކީ ލަފުޒު އޮތް ގޮތަށް އޮވެފައި ފަހަތަށް "ގެ" މި މާކަރު މެހިފައިވުމެވެ. މިގޮތަށް "ސައި" sʌɪ ބަދަލުވެފައި ވަނީ "ސައިގެ" sʌɪgɛ މިހެންނެވެ. ރަސްމީ ބަހުރުވަޔާ ޚިލާފަށް އައްޑޫ ފުވައްމުލަކުގައި ޖެނެޓިވް ކުރެވޭ ގޮތް ތަފާތެވެ. އެގޮތުން އައްޑޫ ބަހުރުވައިގެ އިބިފިއްޔަށް ނިމޭ ލަފުޒުތައް މިސާލަކަށް "ތަރި" satar ބަދަލުވެގެން ދަނީ ތާރެ of the stars އަށެވެ. ރަސްމީ ބަހުރުވަޔާ ޚިލާފަށް އައްޑޫ ބަހުރުގައި އަބަދުވެސް އަންނަނީ ޖެނެޓިވް ކޭސް މާކަރު "ގެ" ހަފުޒުވެފައެވެ. މި ދިރާސާއިން ހާމަވާގޮތުގައި ދިވެހިބަހުގެ ޖެނެޓިވް ކޭސް މާކަރު "ގެ" ސުކުންތަނޑުގެ ލަފުޒުތަކަށް މަހައިލުމުން 7 ގޮތަކަށް ބަދަލުވެގެން ދެއެވެ. އޭގެ ތެރެއިން ވެސް ނޫނު ސުކުނަށް ނިމޭ ސުކުންތަނޑުގެ ލަފުޒުތައް ދެ ގޮތަކަށް ބަދަލުވެއެވެ. ފުރަތަމަ ގޮތަކީ ދިވެހިބަހުގެ ޖެނެޓިވް ކޭސް މާކަރު "ގެ" ގުޅައިލުމުން ލަފުޒުގެ ފަހަތުގައި އޮންނަ ލަފުޒަށް އަދި ފިއްޔަށް ވެސް އެއްވެސް ބަދަލެއް ނައުމެވެ. މިސާލު: "ވަލީވެރީން" vʌl̪iːvɛriːɲ "ވަލީވެރީންގެ vʌl̪iːvɛriːɲɡɛ މި ގޮތަށެވެ. ދެވަނަ ގޮތަކީ ނޫނު ސުކުނަށް ނިމިފައިވާ ބައެއް ލަފުޒުތަކަށް ޖެނެޓިވް ކޭސް މާކަރު ގުޅައިލުމުން "މަތިހެދުން" mʌʈ̪ɪhɛɗ̪ʊɲ މި ލަފުޒު ބަދަލުވަނީ "މަތިހެދުމުގެ" mʌt̪ɪhɛd̪ʊmʊɡɛ މީމުގެ އުބުފިލި "މު" mʊgɛ މިހެންނެވެ. ސުކުން ތަނޑު ބަދަލުވާ އަނެއް ހަތަރު ގޮތުން ފުރަތަމަ ގޮތަކީ ސީނު ސުކުނަށް ނިމޭ ހުރިހާ ލަފުޒުތަކުގެ ފަހަތަށް "ގެ" މި މާކަރު މަހައިލުމުން ސީނު ސުކުނަށް ކެނޑިފައި އެތަނަށް ހާގެ އުބުފިލި "ހު" hʊgɛ އިތުރުވެއެވެ. މިސާލަކީ "ހަތާވީސް" hʌt̪ɑːviːs "ހަތާވީހުގެ" hʌt̪ɑːviːhʊɡɛ މި ގޮތަށެވެ. ދެވަނަ ގޮތަކީ ލާމު ސުކުނަށް ނިމިފައިވާ ލަފުޒުގެ "ހަރުމަލް" މި ލަފުޒަށް ޖެނެޓިވް ކޭސް މާކަރު "ގެ" މަހައިލުމުން ލާމު ސުކުން އޮތް ތަން ލާމު އުބުފިއްޔަކަށް ބަދަލުވެ "ލުގެ" l̪ʊɡɛ އަށް ބަދަލުވުމެވެ. ތިންވަނަ ގޮތަކީ އަލިފު ސުކުނަށް ނިމިފައިވާ ލަފުޒު "ނަދޮޅުވައް" އަލިފު ސުކުން ކެނޑިފައި ކާފުގައި އުބުފިލި "ކުގެ" kʊɡɛ ޖެހުމާއެކު "ނަދޮޅުވަކުގެ" nʌɗ̪ɔɭʊvʌkʊɡɛ މި ގޮތަށް ބަދަލުވުމެވެ. ހަތަރުވަނަ ގޮތަކީ ށަވިޔަނި ސުކުނަށް "ރިވެލިފަށް" rɪvɛl̪ɪfš̜ ނިމޭ ލަފުޒުގެ ފަހަތަށް "ގެ" ގުޅައިލުމުން ށަވިޔަނި ސުކުނުގެ ބަދަލުގައި ށަވިޔަނީގައި "ރިވެލިފަށުގެ" rɪvɛl̪ɪfʌʂ̌ʊɡɛ މި ގޮތަށް ށަވިޔަނީގައި "ށު" ʂ̌ʊɡɛ އުބުފިލިޖެހިގެން ބަދަލުވުމެވެ. ފަސްވަނަ ގޮތަކީ "ދަށްބިތް" ތާސުކުނަށް ނިމޭ ކޮންމެ ލަފުޒެއް ށަވިޔަނީގެ އުބުފިލި ޖެހޭ އުސޫލުން "ދަށްބިތުގެ" d̪ʂ̌bɪthʊɡɛ މިގޮތަށް ތާގައި "ތު" t̪hʊɡɛ އުބުފިލިޖެހެއެވެ. ދިވެހިބަހުގެ ތަނޑުތަކުގެ ތެރެއިން ކުރިން ފާހަގަކުރި ތަނޑުތައް ގުޅުވާއިރު އަލިފު އިބިފިއްޔެއް އިތުރުވެ ޖެނެޓިވި މާކަރު ގުޅެނީ ނަމުގެ ލަފުޒުތަކަށް އެކަނި ނޫންކަން ވެސް މި ދިރާސާއިން ހާމަވެއެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިބަހުގެ ބައެއް ސްޓެމްތަކަށް ޖެނެޓިވް ކޭސް މާކަރު ގުޅުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައްen_US
dc.title.alternativeDhivehibahuge baeh stemthakah jenetiv case marker gulhumun anna morphological badhalauthahen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Ageedha Hassan.pdf1.08 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.