Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1385
Full metadata record
DC FieldValueLanguage
dc.contributor.authorމަދީޙާ އަޙްމަދު-
dc.contributor.authorAhmed, Madheeha-
dc.date.accessioned2018-03-31T07:17:24Z-
dc.date.available2018-03-31T07:17:24Z-
dc.date.issued2010-11-21-
dc.identifier.citationމަދީޙާ އަޙްމަދު. (2010). ދިވެހިބަހުގައި ބޭނުންކުރެވޭ ބަދަލުވާ އަކުރުތަކާއި، މިއަކުރުތައް ބަދަލުވާ ހަމަތަކާއި އުޞޫލުތައް ދިވެހިބަހުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރެވޭ މިންވަރާއި ސަބަބުތަކަކީ ކޮބައިހޭ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAhmed, M. (2010). Dhivehibahugai beynunkurevey badhaluvaa akuruthakaai, mi akuruthah badhaluvaa hamathakaai usooluthah dhivehibahugai ekasha alhaafaivaa qavaaidhaa khilaafah beynun kurevey minvaraai sababuthakakee kobaihey?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1385-
dc.description.abstractމިދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގައި ބޭނުންކުރެވޭ ބަދަލުވާ އަކުރުތަކާއި، މިއަކުރުތައް ބަދަލުވާ ހަމަތަކާއި އުޞޫލުތައް ދިވެހިބަހުގައި އެކަަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރެވޭ މިންވަރާއި ސަބަބުތައް ދެނެގަތުމެވެ. އެގޮތުން މިދިރާސާ އަމާޒްކުރެވުނު ފަރާތްތަކުގެ ތެރޭގައި ސާނަވީ މަރުޙަލާގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނާއި ދިވެހި ނަސްލުގެ މުދައްރިސުންގެ އިތުރުން ޢާއްމުން ޝާމިލް ކުރެވުނެވެ. މިފަރާތްތަކަށް އަމާޒްކޮށް ގެންދެވުނީ ދިވެހިބަހުގައި ބޭނުންކުރެވޭ [ބަދަލުވާއަކުރު] އެކަށައަޅާފައިވާ ޤާވާޢިދާއި އެއްގޮތަށް ބޭނުންކުރުމަށް ސަމާލުކަންދޭ މިންވަރު ދެނެގަތުމުގެ ބަޔަކާއި، ލިޔުމުގައި ބޭނުންކުރަން އެނގޭ މިންވަރު ދެނެގަތުމުގެ ބަޔެކެވެ. މީގެއިތުރަށް މިސާރވޭ ފޯމްގައި ދިވެހިނަސްލުގެ މުދައްރިސުންނަށް އަމާޒުކުރެވިފައިވާ އެކަށައަޅާފައިވާ ޤަވާއިދާއި ޚިލާފަށް [ބަދަލުވާއަކުރު] ބޭނުންކުރެވޭ މައިގަނޑު ސަބަބުތައް ދެނެގަތުމުގެ ބައެއްވެސް ހިމަނާފައިވާނެއެވެ. މީގެއިތުރަށް މިދިރާސާގައި ބަހުގެ މާހިރުންގެ އިންޓަރވިއު އާއި މީޑިއާގެ ޕްރޮގްރާމް ހުށައަޅާދޭ ފަރާތްތައް ވާހަކަދެއްކުން އޮބްޒާރވް ކޮށްގެންނާއި ލިޔުންތެރިކަމުގެ ތަފާތު ދައުރުތަކުގެ ފޮތްތައްބަލައި ރިސާރޗްކޮށްގެން ވެސް ބަޔާންކުރެވުނު ސަބަބުތައް ދެނެގަނެވިފައިވާނެއެވެ. ބަޔާންކުރެވުނު ކަންތައްތައް ހޯދާބެލުމަސް ކުރިމަސައްކަތުން އެނގިގެންދިޔައީ ދިވެހިބަހުގައި ބޭނުންކުރެވޭ [ބަދަލުވާއަކުރު] ބައިވެރި ގިނަފަރާތްތަކުން ލިޔުމުގައި ބޭނުންކޮށްފައިވަނީ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ކަމެވެ. ނަމަވެސް އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް [ބަދަލުވާއަކުރު] ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭ މިންވަރު ދަރިވަރުންގެ ބައިން މިވަނީ 50-26 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެންކަމުން އެކަށައަޅާފައިވާ ޤާވާޢިދާއި އެއްގޮތަށް [ބަދަލުވާއަކުރު] ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ މިންވަރު އިތުރުކުރަންޖެހެއެވެ. އަދި ހަމައެފަދައިން މީޑިއާގެ ޕްރޮގްރާމް ހުށައަޅާ ފަރާތްތަކުން ވެސް [ބަދަލުވާއަކުރު] ބޭނުންކުރުމަށް އިތުރަށް ސަމާލުކަށް ދޭންޖެހޭ ކަމުގައި ފާހަގަ ކުރެވުނެވެ. އެގޮތުން މީޑިއާގެ ޕްރޮގްރާމް ހުށައަޅައިދޭ ފަރާތްތަކުގެ އޮބްޒަރވޭޝަނުން 40 އިންސައްތަ ދިވެހިބަހުގައި ބޭނުންކުރެވޭ [ބަދަލުވާއަކުރު] އެކަށައަޅާފައިވާ ޤަވާއިދާޚިލާފަށް ބޭނުންކުރެވިފައިވެއެވެ. ނަމަވެސް ޑޮކިއުމެންޓޭޝަންތައް ރިސާރޗްކުރުމުން [ބަދަލުވާއަކުރު] ބޭނުންކުރެވިފައިވަނީ އެކަށައަޅާފައިވާ ޤަވާއީދާއި އެއްގޮތަށްކަން ފާހަގަކުރެވުނުއިރު، އެހަމަތައް ތަފާތު ޙާލަތްތަކުގައި ބޭނުންކުރެވޭގޮތް އިތުރަށް ދިރާސާކޮށް ޤަވާޢިދު ހަރުދަނާކުރަން ޖެހޭކަމުގައި ވެސް ފާހަގަކުރެވުނެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިބަހުގައި ބޭނުންކުރެވޭ ބަދަލުވާ އަކުރުތަކާއި، މިއަކުރުތައް ބަދަލުވާ ހަމަތަކާއި އުޞޫލުތައް ދިވެހިބަހުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރެވޭ މިންވަރާއި ސަބަބުތަކަކީ ކޮބައިހޭ؟en_US
dc.title.alternativeDhivehibahugai beynunkurevey badhaluvaa akuruthakaai, mi akuruthah badhaluvaa hamathakaai usooluthah dhivehibahugai ekasha alhaafaivaa qavaaidhaa khilaafah beynun kurevey minvaraai sababuthakakee kobaihey?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Madheeha Ahmed.pdf931.32 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.