Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1388
Title: ދެބަސްމަސްހުނިކޮށްގެން ވާހަކަދެއްކުން
Other Titles: Dhe bas mashuni koggen vaahakadhekkun
Authors: ސުވައިދާ ހަސަން
Hassan, Suwaidha
Issue Date: 1-May-2017
Publisher: Faculty of Arts, Maldives National University
Citation: .ސުވައިދާ ހަސަން. (2017). ދެބަސްމަސްހުނިކޮށްގެން ވާހަކަދެއްކުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Hassan, S. (2017). Dhe bas mashuni koggen vaahakadhekkun. Male', Maldives National University.
Abstract: މި ދިރާސާއަކީ އުމުރުން 4 އަހަރާ 7 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ކުދިން ދެބަސް ހުނިކޮގެން ވާހަކަދެއްކުމުގައި ބެލެނިވެރިންގެ ދައުރެއްވޭތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އާއިލާތަކުގައި އުޅޭ ކުދިންނާ އެކުދިންގެ ބެލެނިވެރިން ވާހަކަދެއްކުމުގައި ދެބަސް މަސްހުނިކުރޭތޯއާ، އެކުދިން ތަޢުލީމް ހާސިލްކުރަމުންދާ މަދުރަސާގައި މުދައްރިސް ކުއްޖާއާ ވާހަކަދައްކަނީ ދެބަސް މަސްހުނިކޮށްގެންތޯ ބަލައި، އެހެން އެދިމާވާ ސަބަބުތައް ދެނެގަތުމުގެ މައްޗަށެވެ. މި ދުރާސާގައި ބޭނުންކުރަނީ މިކުސް މެތަޑް ނުވަތަ ކޮމްބައިންޑް ޑިޒައިނެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހުޅުމާލޭގައި ދިރި އުޅޭ 3 އާއިލާއަކުން 3 ކުދިންނެވެ. އަދި މި 3 ކުދިންނަކީ ހުޅުމާލޭގެ 3 މަދަރުސާގައި ތަޢުލީމް ހާސިލް ކުރަމުންދާ 3 ކުދިންނެވެ. މިގޮތުން މި ތިންކުދިންގެ އޮބްޒަވޭޝަންތަކުންނާ، ބެލެނިވެރިންނާ މުދައްރިސުންގެ ފަރާތުން މަޢުލޫމާތު އެއްކުރެވުނެވެ. މި ދިރާސާ ހޯދުންތަކުން އެނގިގެންދިޔައީ ބެލެނިވެރިން ކުދިންނާ ވާހަކަދައްކަނީ ދެބަސް މަސްހުނިކޮށްގެން ކަމެވެ. ކުދިން ބަލާ ކާޓޫނުތަކާ، ފޮރޮގްރާމްތަކަކީވެސް އަމިއްލަ މާދައީބަހުން ގެންނަ ޕްރޮގްރާމަތަކެއް ނޫން ކަމެވެ. މުދައްރިސުން ކުލާހުގަ ކިޔަވައިދޭއިރު ދިވެހި ބަހާ އިނގިރޭސިބަސް މަސްހުނިކޮށްގެން ފިލާވަޅުތައް އުނގަނައިދީ، ކުދިންނާ މުޢާމަލަތްކުރެވޭކަމެވެ. މިދިރާސާއިން ފާހަގަކުރެވިގެންދިޔައީ ގިނަބެލެނިވެރިންނާ، މުދައްރިސުންނަށް ވާހަކަދައްކަން ފަސޭހައި އިނގިރޭސި ބަހާ ދިވެހިބަސް މަސްހުނިކޮށްގެންނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1388
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Suwaidha Hassan.pdf956.48 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.