Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1403
Title: ދިވެހިރާއްޖޭގެ ރަށްރަށަށް ނަން ކިޔުމުގައި ބަލާފައިވާ ކަންކަން : އޭގެތެރެއިން މާލެއަށް ނަންކިޔުމުގައި ބަލާފައިވާ ކަންކަން
Other Titles: Dhivehiraajjeyge rahrashah nan kiyumugai balaafaivaa kankan : eyge tharein Male' ah nan kiyumugai balaafaivaa kankan
Authors: މުޙައްމަދު ޤާސިމް
Qasim, Mohamed
Issue Date: 1-Nov-2009
Publisher: ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education
Citation: މުޙައްމަދު ޤާސިމް. (2009). ދިވެހިރާއްޖޭގެ ރަށްރަށަށް ނަން ކިޔުމުގައި ބަލާފައިވާ ކަންކަން : އޭގެތެރެއިން މާލެއަށް ނަންކިޔުމުގައި ބަލާފައިވާ ކަންކަން. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Qasim, M. (2009). Dhivehiraajjeyge rahrashah nan kiyumugai balaafaivaa kankan : eyge tharein Male' ah nan kiyumugai balaafaivaa kankan. Male', Maldives College of Higher Education.
Abstract: މިއީ ރާއްޖޭގެ ރަށްރަށަށް ނަންކިޔުމުގައި ބަލާފައިވަނީ ކޮންކަހަލަ ކަންކަމަކަށްތޯއާއި ރާއްޖޭގެ ވެރިރަށްކަމަށްވާ މާލެއަށް ނަންކިޔުމުގައި ބަލާފައިވަނީ ކޮންކޮން ކަންކަމަށްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ބޭނުމަކީ ރަށްރަށަށް ނަން ކިޔުމުގައި ގެންގުޅެފައިވާ އުޞޫލުތައް ނުވަތަގޮތްތައް ބަލައި ޢިލްމީ ގޮތެއްގައި ހުށައެޅުމެވެ. އަދި ހަމައެއާއެކު މާލެއަށް ނަންކިޔުނު ގޮތްކަމަށް އެކި ބޭފުޅުން ވިދާޅުވާ ވިދާޅުވުންތަކާއި ފްލޯކު ވާހަކަތަކުގެ ކިޔާއުޅޭ ގޮތްތަކަކީ ކިހާވަރެއްގެ ބުރަދަނެއްހުރި ވާހަކަތަކެއްތޯ ބަލައި މާލެއަށް ނަންކިޔުނުގޮތްވެސް ޢިލްމީ ދިރާސާއެއްގެ ތެރެއިން ހުށައެޅުމެވެ. އެގޮތުން މިދިރާސާ ހެދުމަށްޓަކައި މިދާއިރާއާ ގުޅުންހުރި ފޮތްތައްބަލައި އެއިން ލިބެންހުރި މަޢުލޫމާތުތައް ހޯދުމަށްފަހު، އެކަށީގެންވާ ބޭބޭފުޅުން ބައިވެރިކޮށްގެން ސާވޭއެއް ހެދީމެވެ. އަދި މިދާއިރާއާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ބަސްދީގަތުން ހޯދައިގެން މަޢުލޫމާތު އެއްކުރީމެވެ. އެއަށްފަހު ހެދިސާވޭއިގެ ނަތީޖާއާއި އިންޓަވިއުއިން ލިބުނު މަޢުލޫމާތާއި އަޅައިބަލައި ލިޓްރެޗަރ ރިވިއުއިން ލިބުނު މަޢުލޫމާތުގެ އަލީގައި އަމިއްލަޚިޔާލުވެސް ހިމަނައިގެން ނަތީޖާ ނެރުނީމެވެ. އެގޮތުން ދެއްކި ނަތީޖާއަކީ ރަށްރަށަށް ނަންކިޔުމުގައި ތަފާތު 10 ގޮތެއް ބޭނުންކޮއްފައި ވާކަމަށާއި އޭގެތެރެއިން ބައެއް ގޮތްގޮތް ބޭނުންކޮއްގެން ނަންކިޔާފައިވަނީ ވަރަށް މަދު ރަށެއްގައި ކަމާއި، ބައެއްހަމަތައް ބޭނުންކޮއްގެން ވަރަށް ގިނަ ރަށްރަށަށް ނަން ކިޔާފައި ވާކަމެވެ. މީގެއިތުރުން މާލެއަށް ނަންކިޔުނުގޮތަށް ބެލިއިރު ތަފާތު ދެގޮތެއް ފެނުނެވެ. އެއީ މާލޭގެ ބޮޑުމިނަށް ބަލައިގެން ނަންކިޔާފައިވާކަމަށް ބުނާ ބުނުމަކާއި މާލޭގައި ކުރަމުން އައި ވެރިކަމާ ގުޅުވައިގެން ނަން ކިޔާފައިވާކަމަށް ބުނާ ބުނުމެކެވެ. އެހެންނަމަވެސް އޭގެތެރެއިން ކަނޑައަޅާ ވަކިގޮތެއް ނިންމާކަށް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް މިއަށްވުރެ ފުޅާގޮތެއްގައި ދިރާސާއެއް ހެދިއްޖެނަމަ އެގޮތްވެސް ދެނެގަނެވިދާނޭކަމަށް ފެނެއެވެ. އެހެންނަމަވެސް މި ކުޑަކުޑަ ދިރާސާއިން ރާއްޖޭގެ ރަށްރަށަށް ނަންކިޔުމުގައި ގެންގުޅެފައިވާ އުޞޫލުތަކާއި މާލެއަށް ނަންކިޔުމުގައި ގެންގުޅެފައިވާ ހަމަތައް ކިޔާބަޔަކަށް އޮޅުންފިލާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1403
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Qasim.pdf14.77 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.