Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/14120
Title: | އިސްލާމާއި ދިވެހިން ފާސްވި : ކޮބާ މައްސަލައަކީ؟ |
Other Titles: | Islaamaai dhivehin faasvi : kobaa massala akee? |
Authors: | ުޢަބްދުالله ނަޒީރ ުއިޙުސާން ޢަޙުމަދ ުމުޙައްމަދު އަބޫބަކުރ Nazeer, Abdulla Ahmed, Ihusaan Aboobakuru, Mohamed |
Issue Date: | 2016 |
Publisher: | ކޮލިޓީ އެޝުރަންސް ޑިޕާރޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން Quality Esurance Department, Ministry of Education |
Citation: | saruna.mnu.edu.mv ޢަބްދުالله ނަޒީރު، ުއިޙުސާން ޢަޙުމަދު އަދި ުމުޙައްމަދު އަބޫބަކުރު. (2016). އިސްލާމާއި ދިވެހިން ފާސްވި : ކޮބާ މައްސަލައަކީ؟ (ކޮލިޓީ އެޝުރަންސް ޑިޕާރޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން). ނެގީ Nazeer, A., Ahmed, I. and Aboobakuru M. (2006) Islaamaai dhivehin faasvi : kobaa massala akee?. (Quality Esurance Department, Ministry of Education). Retrieved from saruna.mnu.mv |
Abstract: | ,ސުކޫލު މަދަރުސާތަކުގެ ސާނަވީ މަރުޙަލާގައި ކިޔަވައިދޭ އިސްލާމާއި ދިވެހި މާއްދާ
ކިޔަވަން ދަރިވަރުން ޝައުޤުވެރިނުވާ ވާހަކަ އާއި އެމާއްދާތަކުން ދަރިވަރުން ހޯދަމުން
އަންނަ ނަތީޖާ އޯލެވެލް އާއި އޭލެވެލް އިމްތިޙާނުތަކުގެ އެހެން މާއްދާތަކާ އަޅައި ބަލާއިރު
ނިސްބަތުން ދަށްވަމުން އަންނަ މައްސަލަތަކަށް ޢިލްމީ ނަޒަރަކުން ބަލައި، ހޯދައި،
.ތަޙުޤީޤުކޮށް، މިދިރާސާގައި ވާނީ ހިމަނާފައެވެ
ރާއްޖޭގެ ސުކޫލު މަދަރުސާތަކުގައި ކިޔަވައިދޭ މަޖުބޫރު ހަތަރު މާއްދާގެ ތެރެއިން، އެންމެ
މަތީ ނިސްބަތަކުން ދަރިވަރުން ފާސްވަނީ އިސްލާމާއި ދިވެހިންނެވެ. އެ ދެ މާއްދާއިން
ދަރިވަރުން ފާސްވާ އެވެރެޖު ނިސްބަތް، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ވަނީ 60
އިންސައްތަގައި ހިފެހެއްޓިފައެވެ. މި ދެ މާއްދާއިން ކިތަންމެ ބޮޑު ނިސްބަތަކުން ދަރިވަރުން
ފާސްވިކަމުގައި ވިއަސް، ވޭތުވެދިޔަ އަހަރުތަކުގައި އެ ދަރިވަރުންނަށް މި މާއްދާތަކުން
ލިބޭ«''އޭ'' ގުރޭޑު ނިސްބަތުން ދަށެވެ. މިގޮތަށް މިކަން ދިމާވާ އެންމެ ބޮޑު ސަބަބެއްކަމަށް
މި ދިރާސިން ފާހަގަ ވަނީ އެސް.އެސް.ސީ. އާއި އެޗް،އެސް.ސީ. އިމްތިޙާނު ކަރުދާސްތައް
އެކުލަވާލުމާއި ދަރިވަރުންނަށް ލިބޭ ސާފު މާކުސް ގުރޭޑުތަކަކަށް ބަދަލުކޮށް ނަތީޖާ
އެކުލަވާލުމުގައި، ޢަމަލު ކުރާނެ އުޞޫލުތަކެއް ނެތި، ބައިނަލްއަޤުވާމީ މިންގަ ނޑުތަކުގެ
.ބޭރުން، ދަރިވަރުންގެ ނަތީޖާތައް ޕްރޮސެސް ކުރުމެވެ
މި ދިރާސާއިން ފާހަގަކުރެވުނު ދެވަނަ ކަމަކީ ސުކޫލު ތަޢުލީމުގައި ކަ ނޑައެޅިފައިވާ މަޖުބޫރު
މާއްދާތަކަކީ ދަރިވަރުންގެ ދިރިއުޅުމާއި މަސައްކަތުގެ މާޙައުލުގައި ކޮންމެހެން ބޭނުންކުރަން
ޖެހޭނެކަމަށް ޤަބޫލުކުރެވޭ ލިޔެކިޔުމުގެ )ލިޓެރަސީ( ހުނަރާއި އަސާސީ ވިޔަތަކާއި
)ނިއުމަރަސީ( މަޢުލޫމާތާއި ރިވެތި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއެކު
މުސްލިމެއްގެ ހައިސިއްޔަތުން ކުރުމަށް ކަ ނޑައެޅިފައިވާ މިންވަރަށް ތަކެތި އުނގަންނައި
6
ދިނުންކަމެވެ. އެހެނަސް އެނގުނު ކަމަކީ މި ދެމާއްދާގެ ކަރިކިއުލަމްގައި ވެސް
ދަރިވަރުންގެ ޢާއްމު ދިރިއުޅުމުގައި ބޭނުންކުރަން ނުޖެހޭ ބައިތައް ހުރެމެ، އެ ބައިތަކުން
ދަރިވަރުން އިމްތިޙާނު ކުރެވެމުންދާކަމެވެ. މިގޮތަށް އޮތުމުގެ ސަބަބުން ދަރިވަރުންގެ
ދިރިއުޅުމުގެ މުޢާމަލާތްތަކާއި މި މާއްދާތަކުގެ ގުޅުމާމެދު ސުވާލު އުފައްދައި، މިމާއްދާތަކަށް
.ދޭ ސަމާލުކަން ކުޑަވެ، ކިޔެވުމަށްދޭ ޝައުޤުވެރިކަން ކުޑަކަމަށް ފާހަގަ ކުރެވުނެވެ
.އަދި ބައެއް ޓީޗަރުން މި މާއްދާތައް އުގަންނައި ދިނުމުގައި ރޭވުންތެރިކަން ކުޑަވެ
އުނގަންނައި ދިނުމުގައި ޒަމާނީ އުކުޅުތައް ބޭނުންނުކުރުމުގެ ސަބަބުން ދަރިވަރުންގެ
.ޝައުޤްވެރިކަން ކުޑަވެ، ކިޔަވަން ފޫހިވާކަމަށް މިދިރާސާގެ ބައިވެރިން ހާމަކުރިއެވެ
ވުމާއެކު، އިސްލާމާއި ދިވެހި މާއްދާއިން އުނގެނޭ މައުލޫމާތާއި ހުނަރާއި ދެވޭ ތަރުބިއްޔަތަކީ
,ދަރިވަރުންގެ މުޅި ޢަމަލީ ހަޔާތުގައި ބޭނުންކުރުމަށް އެކަށައެޅޭ ތަރަހައަކަށް ހަދައި
މި ދެމާއްދާއަށް ލޯބިޖައްސައި ޝައުޤުވެރިކަން އިތުރުކުރެވޭނެ ގޮތްތަކަކަށް މަންހަޖާއި
އުންގަނައިދިނުމާއި ވަޒަންކުރުމުގެ ނިޒާމަށް ބަދަލުގެންނަންޖެހޭކަން ފާހަގަކުރަމެވެ. ވަކިން
ޚާއްޞަކޮށް ދަރިވަރުންނަށް އިންސާފުވެރި ނަތީޖާއެއް ކަށަވަރުކުރުމަށް، ބައިނަލްއަޤުވާމީ
މިންގަ ނޑުތަކަށް އެސް.އެސް.އީ. އާއި އެޗް.އެސް.ސީގެ އިމްތިޙާނު ކަރުދާސްތައް
އެކުލަވާލުމަށް ބޭނުންވާ ސްޓޭންޑަ ރޑްތަކާއި އުޞޫލުތައް ލިޔެ، ދަރިވަރުންގެ މާކުސްތައް
އެ މިންގަ ނޑުތަކަށް ޕްރޮސެސްކުރުމަށް، ކަމުގެ މާހިރުންގެ އެހީތެރިކަމާއެކު، ޒަމާނީ
ފެންވަރުގެ ''އިމްތިޙާނުކުރުމުގެ ނިޒާމެއް'' މިހާރުން މިހާރަށް ޤާއިމުކުރުމަކީ ކޮންމެހެން
.ބޭނުންތެރި ކަމެކެވެ |
URI: | http://saruna.mnu.edu.mv/jspui/handle/123456789/14120 |
Appears in Collections: | އެމް.އެން.ޔޫގެ ދަސްވެނީން ފިޔަވައި އެހެނިހެން ދިވެހީންގެ ޑިޒަރޓޭޝަންތައް Dissertations by other Maldivians
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.