Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1466
Title: ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
Other Titles: Dhivehi bahuge academy in ekasha alhaifaivaa lafuzu vakikoh liyumuge qavaaidhaa ehgothah, dhivehin liyanee kihaa minvarakah heyyeve?
Authors: އަޙުމަދު ވަޙިދު ޢަލީ
Ali, Ahmed Waheed
Issue Date: 1-May-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙުމަދު ވަޙިދު ޢަލީ. (2017). ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ .އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Ali, A. W. (2017). Dhivehi bahuge academy in ekasha alhaifaivaa lafuzu vakikoh liyumuge qavaaidhaa ehgothah, dhivehin liyanee kihaa minvarakah heyyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ އެކެޑެމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔާ މިންވަރު ބެލުމަށް ކޮށްފައިވަ ދިރާސާއެކެވެ. ދިރާސާ ހެދުމަށް ބޭނުންކުރީ ކުއަންޓިޓޭވް އެޕްރޯޗެވެ. ދިރާސާގައި ބެނުންކޮށްފައިވާނީ ޓެކްސްޓް އެނަލަސިސްއެވެ. ސާންޕަލުގެ ގޮތުގައި ދިރާސާއަށް އެއްކުރީ އޮންލައިން ލިޔުންތަކާއި، ޕްރިންޓް (ޗާޕު / ޝާއިޢު) ކުރި ލިޔުންތަކާއި، ސިޓީ، އިޢުލާން، ދެންނެވުން، އަދި އެންގުން ފަދަ ލިޔުންތަކާއި، ޚުތުބާ އަދި އޮންލައިނަ ލިޔުންތަކާ ގުޅިގެން އާންމު ރައްޔިތުން ލިޔެފައިވާ ކޮމެންޓުތަކުން ކޮންމެ ވައްތަރަކުން 5 ލިޔުމެވެ. މި ލިޔުންތައް ހޮވުމުގައި ބަލައިފައި ވާނީ ދިވެހިބަހުގެ އެކަޑެމީން އެކުލަވައިލި ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދު އާންމުކުރި ތާރީޙަށް ވުރެ ފަހުގެ ތާރިޙުތަކުގައި ލިޔެފައިވާ ލިޔުން ތަކަށެވެ. މި ދިރާސާގައި ބެލީ "އަށް"، "ވެސް"، "ޓަކައި" އަދި "އެވެ" މި 4 ލަފުޒު ނުވަތަ އަކުރު އެކަށައަޅައިފައިވާ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔެއުޅޭ މިންވަރުގެ މައްޗަށެވެ. މި ބައިތައް ފުރަތަމަ ބެލީ ދިރާސާއަށް އެއްކުރި 5 ބާވަތުގެ ލިޔުންތައް ވަކިވަކިން ކޮންމެ އަކުރެއް ބޭނުންކޮށްފައިވާ ގޮތަށެވެ. އެއަށްފަހު ޖުމުލަ ނަތީޖާގެ މައްޗަށްވެސް ބަލައިލެވިފައިވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1466
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Waheed Ali.pdf1.69 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.