Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1473
Full metadata record
DC FieldValueLanguage
dc.contributor.authorޢާއިޝަތު ޢަލީ-
dc.contributor.authorAli, Aishath-
dc.date.accessioned2018-04-03T04:29:06Z-
dc.date.available2018-04-03T04:29:06Z-
dc.date.issued2017-04-01-
dc.identifier.citationޢާއިޝަތު ޢަލީ . (2017). ދިވެހިރާއްޖޭގައި ރަސްކަންކުރި ދަރިކޮޅުތަކުގެ ތެރެއިން އެ ދަރިކޮޅެއްގެ ތެރޭގައި ޢަދާވާތްތެރިކަން އެންމެ ބޮޑުވެގެން ދިޔަ ދަރިކޮޅަކީ ކޮބާހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAli, A. (2017). Dhivehiraajjeyge raskankuri dharikolhuthakuge therein e dharikolhehge thereygai a"dhaavaaiytherikan enme boduvegen dhiya dharikolhakee kobai heyyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1473-
dc.description.abstractދިވެހިރާއްޖޭގައި މީހުން އުޅެންފެށި ޒަމާނެއް ކަނޑައެޅިގެން ހޯދިފައި ނެތްނަމަވެސް އެނގޭ އެއްކަމަކީ ދިވެހިންނަކީ ފެށުނީއްސުރެވެސް ރަސްކަމެއް ދެކެމުން އައި ބައެއްކަމެވެ. އެގޮތުން ތަފާތު ދަރިކޮޅުންތަކުން އައި ތަފާތު ނަސްލުގެ ރަސްރަސްކަލުން ދިވެހިރާއްޖޭގައި ރަސްކަންކޮށްފައިވެއެވެ. ދިވެހިރާއްޖެ އިސްލާމުވުމަށްފަހުގައިވެސް އެކި ދަރިކޮޅުން ރަސްކަންކުރި ރަސްރަސްކަލުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ބޭރުގެ އެކި ނަސްލުތަކަށް ނިސްބަތިވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެހެންކަމުން ތަފާތު މިޒާޖުގެ ތަފާތު ވިސްނުމުގެ ބޭބޭފުޅުންވެސް ރަސްކަންކޮށްފައިވާނޭކަން ކަށަވަރެވެ. މިދިރާސާއަކީ ރާއްޖޭގައި ރަސްކަންކުރި ދަރިކޮޅުގެ ތެރެއިން އެ ދަރިކޮޅެއްގެ ތެރޭގައި ޢަދާވާތްތެރިކަން އެންމެ ބޮޑު ދަރިކޮޅަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ހެދިފައިވާނީ ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން ކޯޓާ އުޞޫލު ބޭނުންކޮށްގެންނެވެ. އެގޮތުން މިދިރާސާ ހެދުމުގައި ދިވެހި ތާރީޚާއި ބެހޭގޮތުން ލިޔެވިފައިވާ 20 ފޮތަކުން މަޢުލޫމާތު ނެގިފައިވާނެއެވެ. މި ދިރާސާއިން، އެކި ރަސްކަމާއި ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތުތައް ލިބިގެންދިޔައެވެ. އެގޮތުން އެކި ދަރިކޮޅުތަކުގައި ތަފާތު ޢަދާވާތްތެރިކަން ހިނގައިދިޔަކަންވެސް ފާހަގަވެގެން އޭގެ ތެރޭގައި ސީދާ އެމީހަކު ވެރިކަން ބޭނުންވެގެން ހިންގާފައިވަ ޢަދާވާތްތެރިކަމާއި އެމީހަކު ނިސްބަތްވާ ޢާއިލާއަށް ވެރިކަން ހޯދުމަށް ހިންގާފައިވާ ޢަދާވާތްތެރިކަން ހިމެނެއެވެ. އަދި މި ޢަދާވާތްތެރިކަން ހިނގާފައިވާ މިންވަރުވެސް ތަފާތުކަން ފާހަގަވެގެންދިޔައެވެ. ދިވެހިރާއްޖޭގެ ރަސްކަމުގައި ތަފާތު 7 ދަރިކޮޅަކުން ރަސްކޮށްފައިވާއިރު އޭގެ ތެރެއިން ދެ ދަރިކޮޅުގެ ތެރޭގައި ޢަދާވާތްތެރިކަން ހިނގާފައެއް ނުވެއެވެ. އެއީ ފުރަތަމަ ރަސްކަންކުރި ތީމުގޭ ދަރިކޮޅާއި ހަވަނައަށް ރަސްކަންކުރި ދިޔަމިނގިލީ ދަރިކޮޅެވެ. ނަމަވެސް އަނެއް ފަސް ދަރިކޮޅުގެ ތެރެއިން ކޮންމެ ދަރިކޮޅެއްގައިވެސް ޢަދާވާތްތެރިކަން ހިނގާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ޢަދާވާތްތެރިކަމެއް ހިނގާފައިވާކަމަށް ފެނުނީ އެންމެފަހުގެ ދަރިކޮޅުކަމަށްވާ ހުރާ ދަރިކޮޅެވެ. މި ހުރިހާ ދަރިކޮޅެއްގައިވެސް ހިނގާފައިވަ ޢަދާވާތްތެރިކަމަކީ ވެރިކަމާހެދި ހިނގާފައިވާ ޢަދާވާތްތެރިކަމެވެ. ނަމަވެސް ހުރާ ދަރިކޮޅާއި އެހެން ދަރިކޮޅުތަކުގެ މެދުގައި ހިނގި ޢަދާވާތްތެރިކަން ތަފާތުވާ ސަބަބަކީ އެހެން ދަރިކޮޅުތަކުގައި ހިނގާފައިވާ ޢަދާވާތްތެރިކަމަކީ އެ މީހަކަށް ނުވަތަ އެމީހެއްގެ ދަރިއަކަށް ވެރިކަން ހޯދުމުގެ ބޭނުމުގައި ހިނގާދިޔަ ކަމަކަށްވުމެވެ. އެހެންކަމުން އެކަންކަން އެހާ ބޮޑަށް ފުޅާވެ އެހެންމީހުނަށް އެކަމުން ލިބިގެންދިޔަ ގެއްލުންތައް އެހާ ބޮޑު ކަމަކަށް ނުފެނެއެވެ. ނަމަވެސް ހުރާ ދަރިކޮޅުގައި ހިނގި ގިނަ ޢަދާވާތްތެރިކަމަކީ އެ ދަރިކޮޅަށް ނިސްބަތްވާ އެއް ޢާއިލާ އަނެއް ޢާއިލާއާއި ވެރިކަމުގެ ގޮތުން ވާދަކުރެވި ހިނގާދިޔަ ޢަދާވާތްތެރިކަމެއްގެ ސަބަބުންކަމައް ވުމުން މި ކަމުގައި ވަރަށް ގިނަ ބަޔަކު ޝާމިލުވެގެން ދިޔައެވެ. އެހެންކަމުން ޢަދާވާތްތެރިކަން ބޮޑުވެ އެކަމުގެ ސަބަބުން ލިބިގެންދިޔަ ގެއްލުންތައް ވެސް ބޮޑުވެގެން ދިޔައެވެ. މިކަން މިގޮތަށް ވުމުގައި ޒަމާނަށް އައި ބަދަލާއި ރާއްޖޭގެ އާބާދީގެ ނިސްބަތް އިތުރުވެގެންދިޔަ މިންވަރުގެ ސަބަބުން އެ ދަރިކޮޅުގެ ތެރޭގައި ހިމެނިގެންދިޔަ ޢާއިލާތައް ގިނަވުމީވެސް މިކަމުގެ ސަބަބެއްކަމުގައި ފާހަގަ ކުރެވުނެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleދިވެހިރާއްޖޭގައި ރަސްކަންކުރި ދަރިކޮޅުތަކުގެ ތެރެއިން އެ ދަރިކޮޅެއްގެ ތެރޭގައި ޢަދާވާތްތެރިކަން އެންމެ ބޮޑުވެގެން ދިޔަ ދަރިކޮޅަކީ ކޮބާހެއްޔެވެ؟en_US
dc.title.alternativeDhivehiraajjeyge raskankuri dharikolhuthakuge therein e dharikolhehge thereygai a"dhaavaaiytherikan enme boduvegen dhiya dharikolhakee kobai heyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Ali.pdf386.7 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.