Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/15324
Title: ކޮންސްޓިޗުއެންޓް ސްޓްރަކުޗަރ އިން އީކުއޭޓަނަލް ކްލޯސަސް : އަ ކޯރޕަސް އެނަލައިސިސް އޮފް ދަ ދިވެހި ލޭންގުއޭޖް
Other Titles: Constituent structure in Equational clauses : a corpus analysis of the Dhivehi Language
Authors: އަޒީޒާ އަފީފް
Afeef, Azeeza
Issue Date: 1-Dec-2022
Publisher: Research Development Office, The Maldives National University
Citation: އަޒީޒާ އަފީފް. (2022) ކޮންސްޓިޗުއެންޓް ސްޓްރަކުޗަރ އިން އީކުއޭޓަނަލް ކްލޯސަސް : އަ ކޯރޕަސް އެނަލައިސިސް އޮފް ދަ ދިވެހި ލޭންގުއޭޖް. ދަ މޯލްޑިވްސް ނެޝެނަލް ޖާނަލް އޮފް ރިސާޗް. (2)10، 73-98.
Afeef، A. (2022). Constituent structure in Equational clauses : a corpus analysis of the Dhivehi Language. The Maldives National Journal of Research. 10(2), 73-98.
Series/Report no.: ދަ މޯލްޑިވްސް ނެޝެނަލް ޖާނަލް އޮފް ރިސާޗް;
The Maldives National Journal of Research;
Abstract: ޚުލާޞާ: އިންޑޯއާރިއަން ޢާއިލާއިން ކަފިވެގެން އޭޝިޔާ ބައްރަށް ފެތުރިފައިވާ ބައެއް ބަސްބަހުގައި ހިމެނޭ އެއް ސިފައަކީ، ކަން ނުހިމެނޭ ނަމުގެ ޖުމުލަ ހުރުމެވެ. މިފަދަ ނަމުގެ ޖުމުލައިގެ ތެރޭގައި ދެބައިހަމަ ޖުމުލަ )އީކުއޭޝަނަލް ސެންޓެންސް( އާއި ނަންއިތުރުގެ ޖުމުލަ )އެޖެކްޓިވަލް ސެންޓެންސް( ވެސް ހުރެއެވެ. ދިވެހިބަހުގައި ވެސް ނަމުގެ ޖުމުލަ ހިމެނޭކަން ދޭސީ އަދި ބިދޭސީ ބަހަވީންނާއި އެކަށައަޅާ ގަވާއިދު ލިޔުއްވާފައިވާ ބޭފުޅުންގެ ލިޔުއްވުންތަކުން ފާހަގަކުރެވެއެވެ. މީގެއިތުރުން، ދިވެހިބަހުގައި ދެބައިހަމަ ޖުމުލަ ހިމެނޭކަން ބިދޭސީ ބައެއް ބަހަވީން ފާހަގަކުރައްވައެވެ. ނަމަވެސް، ދިވެހިބަހުގައި ހިމެނޭ ދެބައިހަމަ ޖުމުލައާއި ދެބައިހަމަ ބަސްކޯޅީގެ ތަފުސީލީ ތަހުލީލެއް ކުރައްވާފައިވާތީއެއް ނުފެނެއެވެ. އެހެންކަމުން މި ދިރާސާގައި ބަލައިލާނީ ސާދާ ޖުމުލައިގައި ދެބައިހަމަ ބަސްކޯޅި އެތުރި ތަރުތީބުވާ ގޮތެވެ. ވީމާ، މި ދިރާސާގައި ތަހުލީލުކުރެވުނީ، އެއް ބަސްކޯޅި ހިމެނޭ ދެބައިހަމަ ޖުމުލައެއްގައި ބަހާތައް އެތުރޭ ގޮތާއި ތަފާތު ބަހާތަކުގެ ކުރިއަށާއި ފަހަތަށް އިތުރުކުރެވޭ އިތުރު ބަހާތަކަކީ ކޮބައިކަމެވެ. މި ދިރާސާ ކަރުދާސް އެކުލަވައިލީ، ޑާޓާގެ ގޮތުގައި ބޭނުންކުރި ދެ ބަސްމާފާނަކުން ސާންޕަލް )ސުންކު( ނަގައިގެންނެވެ. މައިގަނޑު ގޮތެއްގައި ބޭނުންކުރީ ބަސްމާފާނު 1އެވެ. ބަސްމާފާނު 1ގެ ޖުމުލަތައް ތަހުލީލުކުރީ، އެކްސެލްޝީޓެއްގައި ޖުމުލަތައް ރުކުރުވައިލުމަށް ފަހު، ކޮންމެ ޖުމުލައެއްގައި ހިމެނޭ ވަކިވަކި ބަސްކޯޅިތައް ވަކިވަކިން ފާހަގަކޮށް ކޯޑުތަކެއް ދީގެން އޮޓެމެޓިކުން ގުނޭނެ ފަދަ ފޮމިއުލާއެއް )މާދަލާއެއް( ބޭނުންކޮށްގެންވެ. ބަސްމާފާނު 2 ބޭނުންކުރީ، ބަސްމާފާނު 1ގެ ހޯދުންތަކާ ގުޅިގެން އިތުރަށް ބޭނުވި ސުންކުތައް ”ސަރޗް ޓޫލް“ ބޭނުންކޮށްގެން ހޯދުމަށް ޓަކައެވެ. މި ދެ ބަސްމާފާނު ބޭނުންކޮށްގެން ސުންކުގެ ގޮތުގައި ކަނޑައެޅި ޖުމުލަތައް، ”ކޮލިޓޭޓިވް“ )ސިފަވީ( އުސޫލުތައް ބޭނުންކޮށްގެން ސިފަކޮށްދީފައިވާނެއެވެ. މި ސިފަކުރުންތަކުން ނުކުތް ނަތީޖާތަކަށް ބަލާއިރު ދެބައިހަމަ ސާދާ ޖުމުލައެއްގައި އިސްބައިގައި އަދި ޚަބަރުގައި ވެސް އިސް ދައުރެއް އަދާކުރަނީ ނަމުގެ މައިގަނޑެވެ. މި ދެ ނަމުގެ މައިގަނޑު ގުޅުވައިދޭ ފާހަގަތަކަކީ ”އަކީ“ އަދި ”އީ“ އެވެ. ނަމުގެ މައިގަނޑުތަކުގައި އިތުރު ބާހަތައް ވެސް އެކުލެވެއެވެ. މި ގޮތުން، ނަމުގެ މައިގަނޑެއްގައި އެއް ނަމަށް ވުރެ ގިނަ ނަން ހިމެނިދާނެކަމާއި ނަމުގެ މައިގަނޑުގެ ކުރިއަށް ނަންއިތުރުގެ މައިގަނޑުތައް އިތުރުކުރެވޭކަން ވެސް ހާމަވިއެވެ. މި ނަންއިތުރުގެ މައިގަނޑުތަކުން ނަންއިތުރު، ނަންއިތުރުގެ ޢިބާރާތް އަދި ޕޯސްޓް ޕޮޒިޝަނަލް ފްރޭޒް )ފަހުވިއްދި ލަފުޒުގެ މައިގަނޑު( ފާހަގަވެއެވެ. މީގެ އިތުރުން ވެސް ތަފާތު ދައުރުތައް އަދާކުރާ މައިގަނޑުތައް ދެބައިހަމަ ބަސްކޯޅީގެ ކުރިއަށާއި މެދުތެރެއަށާއި ފަހަތަށް ވެސް އިތުރުކުރެވޭކަން ފާހަގަކުރެވުނެވެ. ވީމާ، މި ހޯދުނު އައު ހޯދުންތަކާ އެކު، މި ދިރާސާއިން ދިވެހިބަހަށާއި ބަހަވީ ޢިލްމަށް އިތުރު ކުރިއެރުމެއް ލިބުނީއެވެ. މުހިންމު ލަފުޒުތައް: ބަސްކޯޅި، ސާދާ ޖުމުލަ، ދެބައިހަމަ ބަސްކޯޅި، ނަމުގެ މައިގަނޑު، ނަންއިތުރުގެ މައިގަނޑު One feature of some South Asian languages of the Indo-Aryan language subfamily is the existence of simple sentences that do not include a verb in their predicate. Such sentences may be categorised into two groups: equational versus adjectival clauses or sentences. Literature from local and overseas researchers indicates the presence of non verbal sentences in the Dhivehi language; and overseas researchers have indicated the presence of equational clauses in the Dhivehi language. However, there does not appear to be in-depth analysis of the structure of such equational clauses, and therefore the purpose of this paper is to address this research gap. Accordingly, simple sentences consisting of one independent clause were analysed to determine their constituent structure, syntactic formation, and function. The data reported in this paper is based on sample sentences taken from two corpora that were developed to analyse the Dhivehi language. All 2585 sentences in the primary corpus were analysed for their clause structure while the second corpus of 10675 sentences were relied upon, where required, for further clarification for sentence structures found through the first corpus. The constituent structure was identified by separating out the clauses, phrases, and words in each sentence and then extracting the clause types and summing them using advanced features of Microsoft Excel. The data was analysed using a qualitative descriptive approach and the results are presented to show the constituents of the clauses, determine the role of these constituents, and then outline the clause structure. These findings show that both the referring expression and the predicate of the equative clause consist mainly of noun-phrases and both these noun-phrases are conjoined with the particle “akee” or “ee”. The findings also show that the noun-phrase may contain additional constituents. Accordingly, one noun-phrase may contain more than one noun and there can be adjectival phrases before a noun-phrase. Additionally, these adjective phrases or adjectival phrases may contain adjectives and postpositional phrases. Furthermore, additional phrases were identified that can be added before, after, or within an equational clause. These novel findings on the syntax of the Dhivehi language .have implications for teaching as well as further research of Dhivehi language Keywords: Cause, simple sentences, equational clause, noun phrase, adjectival phrase
URI: http://saruna.mnu.edu.mv/jspui/handle/123456789/15324
ISSN: 2308595920211231
Appears in Collections:Volume 10, Number 2



Items in Saruna are protected by copyright, with all rights reserved, unless otherwise indicated.