Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/4331
Full metadata record
DC FieldValueLanguage
dc.contributor.authorމައިސާ އަނީޤު-
dc.contributor.authorAneeq, Maisha-
dc.date.accessioned2019-07-11T06:58:38Z-
dc.date.available2019-07-11T06:58:38Z-
dc.date.issued2018-05-01-
dc.identifier.citationމައިސާ އަނީޤު. (2018). ހުވަދޫ ބަހުރުވައިގައި ޑެއިކްސިސް ބޭނުންކުރަނީ.... : ރަސްމީ ބަހުން ވާހަކަދައްކާއިރު ޑިއިކްސިސް ބޭނުންކޮށްފައިވާ ގޮތާއި، ހުވަދޫ ބަހުރުވައިގައި ޑިއިކްސިސް ބޭނުންކޮށްފައިވާ ގޮތާއި އެއްވެސް ތަފާތެއް ހުރޭ ހެއްޔެވެ؟ ހުރިނަމަ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ . މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAneeq, M. (2018). Huvadhoo bahuruvaigai deikusis beynunkuranee … : rasmee bahun vaahakadhakkairu dikusis beynunkohfaivaa gothaai, Huvadhoo bahuruvaigai dikusis beynunkoffaivaa gothaai evas thafaatheh hurey heyyave? Hurinama huri thafaathakee kobaiheyyave?. Male', Faculty of Arts, Maldives National University.en_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/4331-
dc.description.abstractމި ދިރާސާއަކީ، ރަސްމީ ބަހުން ވާހަކަދައްކާއިރު ޑިއިކްސިސް ބޭނުންކޮށްފައިވާ ގޮތާއި، ހުވަދޫ ބަހުރުވައިގައި ޑިއިކްސިސް ބޭނުންކޮށްފައިވާގޮތާއި އެއްވެސް ތަފާތެއް ހުރޭ ހެއްޔެވެ؟ ހުރިނަމަ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ " މި ސުވާލުގެ ޖަވާބު ހޯދުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. 6 ބާބުގެ މައްޗަށް އެކުލެވިފަވާ މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ، ހުވަދޫ ބަހުރުވައިގައި ބޭނުންކުރާ ޑިއިކްސިސްތަކަކީ ކޮބައިކަން ދެނެގަތުމާއެކު، އެ ނަންތަށް ހުވާދޫ ބަހުރުވައިގައި ބޭނުންކުރާގޮތާއި ދިވެހި ރަސްމީ ބަހުގައި ބޭނުންކުރާގޮތާއި އެއްވެސް ވަރަކަށް އެއްގޮތްތޯ ނުވަތަ ނޫންތޯ ދެނެގަތުމެވެ. ދިވެހިބަހުގައި ހެދިފައި ހުރި ގިނަ ދިރާސާތަކަށް ބަލާއިރު، ހުވަދޫ ބަހުރުވައިގައި ބޭނުންކުރެވޭ ޑިއިކްސިސްގެ އަކުރުތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާއެއް ފެންނަން ނެތުމާއިއެކު މި ދިރާސާ ވެގެންދަނީ ދިވެހިބަހަށް ކުރިއެރުން ލިބިގެންދާނެ ދިރާސާއެއް ކަމުގައި ގަބޫލް ކުރެވެއެވެ. މި ދިރާސާ ފަރުމާކޮށްފައިވަނީ ކޮލިޓޭޓިވް މެތަޑުގެ ދަށުން، އިންޑަކްޓިވް އެޕްރޯޗްގެ މައްޗަށެވެ. އެގޮތުން ދިރާސާ ކުރުމަށް ބޭނުންކުރި ދިވެހި ބަހުގެ ޤަވާއިދާ ބެހޭގޮތުން ލިޔެފައި ހުރި ފޮތްތަކުގައި ހިމެނޭ ޑިއިކްސިސްގެ ތެރެއިން 16 ނަމެކެވެ. މި ދިރާސާކޮށްފައިވަނީ މި ދެންނެވި 16 ނަން ބެނުންކޮށްގެން ރަސްމީ ބަހުންލިޔެފައިވާ ލިޔުންކޮޅެއް ހުވަދު އަތޮޅުގެ ގދ. އަދި ގއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން، ކޮންމެ އަތޮޅަކުންވެސް 3 ރަށެއްގެ ބަސް ރަނގަޅަށް ދަނަން މީހުން ލައްވައި އެ ރަށެއްގެ ބަހަށް ބަދަލުކުރުމަށްފަހު އެ ލިޔުމަށް ބަލައިގެން ލިބުނު މަޢުލޫމާތުގެ އަލީގައެވެ. ދިރާސާގެ ސުވާލުގެ ޖަވާބު ހޯދުމަށް މި މަޢުލޫމާތުތައް ރަސްމީ ބަހާއި އެއްގޮތަށް ބޭނުންކުރާ ނަންތަކަށާއި ތަފާތުކޮށް ބޭނުންކުރާ ނަންތައް ވަކި ކޮށް 2 ގުރޫޕަކާށް ބަހައިލީމެވެ. މި ދިރާސާގެ ސަބަބުން ހުވަދޫ ބަހުރުވައިގައި ހިމެނޭ ބަދަލު ނަންތައް އެނގިއްޖެއެވެ. އަދި އެ ނަންތަކުގެ ތެރެއިން ރަސްމީ ބަހާއި އެއްގޮތަށް ބޭނުންކުރާ ނަންތަކާއި ތަފާތުކޮށް ބޭނުންކުރާ ނަންތައް ވެސް އެނގިއްޖެއެވެ. އެގޮތުން، ރަސްމީ ބަހުގައި ބެނުންކުރާ ބަދަލުނަންތައް ރަސްމީ ބަހާއި އެއްގޮތަށް ހަމަ އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައި ބޭނުންކުރެއެވެ. ނަމަވެސް، ހުވަދޫ ބަހުރުވައިގައި ބެނުންކުރާ ގިނަ ބަދަލު ނަންތަކަކީ ރަސްމީ ބަހުގައި ބޭނުންކުރާ ބަދަލު ނަނތަކާއި ހުރިހާ ގޮތަކުން ވެސް ތަފާތުކޮށް ބޭނުންކުރާ ނަންތަކެވެ.en_US
dc.language.isodhen_US
dc.publisherFaculty of Arts, Maldives National Universityen_US
dc.titleހުވަދޫ ބަހުރުވައިގައި ޑެއިކްސިސް ބޭނުންކުރަނީ.... : ރަސްމީ ބަހުން ވާހަކަދައްކާއިރު ޑިއިކްސިސް ބޭނުންކޮށްފައިވާ ގޮތާއި، ހުވަދޫ ބަހުރުވައިގައި ޑިއިކްސިސް ބޭނުންކޮށްފައިވާ ގޮތާއި އެއްވެސް ތަފާތެއް ހުރޭ ހެއްޔެވެ؟ ހުރިނަމަ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeHuvadhoo bahuruvaigai deikusis beynunkuranee … : rasmee bahun vaahakadhakkairu dikusis beynunkohfaivaa gothaai, Huvadhoo bahuruvaigai dikusis beynunkoffaivaa gothaai evas thafaatheh hurey heyyave? Hurinama huri thafaathakee kobaiheyyave?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.