Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/613
Full metadata record
DC FieldValueLanguage
dc.contributor.authorAhmed, Zeenath-
dc.contributor.authorޒީނަތު އަޙްމަދު-
dc.date.accessioned2017-11-15T07:52:59Z-
dc.date.available2017-11-15T07:52:59Z-
dc.date.issued2015-11-01-
dc.identifier.citationAhmed, Z. (2015). Dhivehiraajjege pre-schooluthakuge bilingual dharivarun baskoashaaru beynunkurumugai iskandhey bas. Maldives National Universityen_US
dc.identifier.citation.ޒީނަތު އަޙްމަދު. (2015). ދިވެހިރާއްޖޭގެ ޕްރީސުކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސް. މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/613-
dc.description.abstractމިދިރާސާއަކީ ދިވެހިރާއްޖޭގެ ÷ޕްރީސުކޫލުގެ ދަރިވަރުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތައް ބުނެދިނުމުގައި އިސްކަންދެނީ ކޮންބަހަކަށްތޯ އަދި ބެލެނިވެރިންނާއި މުދަރިސުން ބޭނުންކުރާ ބަސް ބޭނުންކުރުމަށް ދަރިވަރުން ބާރުއަޅާތޯ ބެލުމަށް އެ މަޤްޞަދުގައި ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ކުއަންޓިޓޭޓިވް އެ÷ޕްރޯޗްގެ ދަށުން ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. ދިރާސާއަށް ޑާޓާ ނަގާފައިވަނީ ޕޮރޮބަބިލިޓީ ސާންޕަލްގެ އުޞޫލުނަނެވެ. މިދިރާސާގެ ޓާރގެޓް ޕޮޕިއުލޭޝަން އަކީ މާލޭގެ 4 ޕްރީސުކޫލެއްގެ ޔޫ.ކޭ.ޖީގެ 43 ކުލާހެއްގެ 1030 ދަރިވަރުންނެވެ. އެސުކޫލުތަކުގެ ޔޫ.ކޭ.ޖީ ކުލާސްތަކުގެ ތެރެއިން ކޮންމެ ސުކޫލަކުން ރެންޑަމްކޮށް ހޮވި އެއް ކުލާހުގެ ހުރިހާ ކުދިންނަކީ މިދިރާސާހެދުމުގައި ބައިވެރިކުރި ބައިވެރިންނެވެ. އެގޮތުން 4 ސުކޫލުން މުޅިއެކު 4 ކުލާސް މިދިރާސާގައި ބައިވެރިކުރެވުނެވެ. އެއީ ޖުމުލަ 111 ދަރިވަރުންނެވެ. އަދި އެސަތޭކަ އެގާރަ ކުދިންގެ ބެލެނެވެރިންގެ ތެރެއިން ކޮންމެ ކުއްޖެއްގެވެސް އެއް ބެލެނިވެރިޔެކެވެ. މުޅި ޖުމުލަ 111 ބެލެނިވެރިންނެވެ. އަދި އެ ހަތަރު ކުލާހުގެ 4 މުދައްރިސުންނެވެ. ވީމާ މުޅި މި ދިރާސާގައި ހިމެނޭނީ 226 ބައިވެރިންނެވެ. މިދިރާސާއަށް މައުލޫމާތު އެއްކުރި ތިން މެތަޑެއް ބޭނުންކޮށްގެންނެވެ. އެއީ ދަރިވަރުންނަށް ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތައް އެނގޭތޯ ބެލުމަށް ތަސްވީރު ދައްކައިގެން އަނގަބަހުން ސުވާލުކޮށްގެން ދެވުނު ޓެސްޓަކުންނާއި ސާނަޕަލްއަށް ނަގާ 111 ކުދިން ހިމެނޭ 4 ކުލާހުގެ މުދަރިސުންގެ އެއް ގަޑި އޮބްޒާރވް ކޮށްގެންނާއި، ޓެސްޓްކުރެވުނު ކޮންމެ ދަރިވަރެއްގެ އެއް ބެލެނިވެރިޔަކު ލައްވައި ސާރވޭފޯރމެއް ފުރުވައިގެންނެވެ. މިދިރާސާގެ ޑާޓާތައް އެނަލައިޒްކޮށްފައިވަނީ SPSS ޕޮރޮގުރާމްގެ އެހީގައެވެ. އެގޮތުން މި ޕޮރޮގުރާމް ބޭނުންކޮށްގެންނެވެ. ޓެސްޓުގެ ކޮންމެ ސުވާލެއްގެވެސް ޑިސްކްރިޕްޓިވް އާއި ފްރިކުއެންސީ SPSS ހޯދައި ހުށައަޅާފައިވާނެއެވެ. ދިރާސާގައި އެއްކުރެވުނު މައުލޫމާތުތަކުގެ އިންފަރެންޝަލް ސްޓެޓިސްޓިކްސް ހަދައި ދިރާސާގެ ހައިޕޮތެތިސް ޓެސްޓުކޮށްފައިވާނެއެވެ. އެގޮތުން ދިރާސާއަށް މައުލޫމާތު އެއްކުރެވުނު ތިން ގޮތް ކަމުގައިވާ ސާރވޭއާއި ޓެސްޓާއި އޮބްޒަރވޭޝަން މައުލޫމާތުތަކުގެ ތެރެއިން ޓެސްޓާއި އޮބްޒަރވޭޝަންގެ މައުލޫމާތުތައް ބޭނުންކޮށްގެން ޕިއަރސަން ކޯރިލޭޝަން ޓެސްޓެއް ހެދުނެވެ. އަދި ސާރވޭފޯރމުން ލިބުނު މައުލޫމާތާއި ދަރިވަރުންގެ ޓެސްޓުގެ މައުލޫމާތުތައް ބޭނުންކޮށްގެން ރިޤްރެޝަން ޓެސްޓެއް ހަދާފައިވާނެއެވެ. މިދިރިސާއިން ހާމަވާގޮތުގައި ޕްރީސުކޫލްދަރިވަރުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަން ކިޔުމުގައި އިނގިރޭސިބަހަށް އިސްކަންދެއެވެ. ދިވެހިބަހުން ގުނަވަންތަކުގެ ނަންތައް ދިވެހިބަހުން ބުނެދޭންވެސް ނޭނގެއެވެ. އަދި އިނގިރޭސިބަހުންވެސް އަދި ދިވެހިބަހުންވެސް ބައެއް ގުނަވަންތަކުގެ ނަންތައް ބުނެދޭންވެސް ނޭނގޭ މަދު ދަރިވަރުންތަކެއްވެސް ތިއްބެވެ. މީގެ އިތުރަށް ފާހަގަކުރެވުނީ މިދައްރިސުން ބޭނުންކުރާ ބަހާ ދަރިވަރުން ބޭނުންކުރާ ބަހުގައި ޕޮޒިޓިވް ގުޅުމެއް ހުންނަކަމެވެ. ނަމަވެސް ބެލެނިވެރީން ބޭނުންކުރާ ބަހުން ދަރިވަރުންނަށް މާ ބޮޑު އަސަރެއް ނުފޫޒެއް ނުފޯރާކަމުގައެވެ.en_US
dc.publisherMaldives National Universityen_US
dc.publisherމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ-
dc.subjectބަސްކޮށާރުen_US
dc.subjectބަސްen_US
dc.subjectދިވެހިރާއްޖެen_US
dc.subjectބައިލެންގުއަލްen_US
dc.subjectހަށިގަނޑުގެ ގުނަވަންތައްen_US
dc.subjectދިވެހިބަސްen_US
dc.subjectއިނގިރޭސިބަސްen_US
dc.subjectWordsen_US
dc.subjectvocabularyen_US
dc.subjectBody partsen_US
dc.subjectBody organsen_US
dc.subjectBilingualen_US
dc.subjectMaldivesen_US
dc.subjectEnglish languageen_US
dc.subjectDhivehi languageen_US
dc.titleދިވެހިރާއްޖޭގެ ޕްރީސުކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސްen_US
dc.title.alternativeDhivehiraajjege pre-schooluthakuge bilingual dharivarun baskoashaaru beynunkurumugai iskandhey basen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
fainal disertation 2015 zeenath.pdf2.17 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.