Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/616
Full metadata record
DC FieldValueLanguage
dc.contributor.authorIbrahim, Haleem-
dc.contributor.authorއިބްރާހީމް ޙަލީމް-
dc.date.accessioned2017-11-16T04:17:18Z-
dc.date.available2017-11-16T04:17:18Z-
dc.date.issued2015-11-01-
dc.identifier.citationIbrahim, H. (2015). Raajjeygai masahkaikuraa beyrumeehunnah Dhivehibahuge hamathah en'gifai hunna minvaru. Maldives National University.en_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/616-
dc.description.abstractދިވެހިރާއްޖޭގައި ދިރިއުޅޭ ބޭރުމީހުން ރާއްޖޭގައި ދިރިއުޅެން ފެށުމާއެކު ދިވެހިބަހުން ވާހަކަ ދައްކަން ފަށައެވެ. މިގޮތަށް ވާހަކަދައްކާ މީހުންގެ ތެރޭގައި މާލޭގެ ގޭބިސީތަކުގައި މަސައްކަތްކުރަން ގެންގުޅޭ މީހުން ވެސް ހިމެނެއެވެ. އެމީހުން ވާހަކަދައްކާއިރު ދިވެހިބަހުގެ ހަމަތަކާއި ޙިލާފުވެފައި ހުރެއެވެ. މިކަމުގެ ސަބަބުން ހިޖުރަކުރާ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދިވެހިރާއްޖޭގެ މާދަރީބަހުގެ ހަމަތައް ބަދަލުވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއްކަން، އެހެން ބައެއް ޤައުމުތަކުގައި ހެދިފައިވާ ދިރާސާތަކަށް ބަލާލުމުން އެނގެއެވެ. މިހާތަނަށް އައިއިރު މިފަދަ މާބޮޑު ދިރާސާތަކެއް ރާއްޖޭގައި ހެދިފައެއް ނެތެވެ. އެހެންކަމުން ރާއްޖޭގައި މަސައްކުރާ ބޭރުމީހުންގެ ވާހަކަދެއްކުން ހުންނަގޮތާއި ބަހުގެ ހަމަތަކަށް އަހުލުވެރިވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ ދިރާސާގައި މަސައްކަތް ކޮށްފައިވަނީ މާލޭގެ ގޭބެސީތަކުގައި ގެންގުޅޭ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކާއިރު، އެމީހުންނަށް ދިވެހިބަހުގެ ހަމަތައް ދަސްވެފައި ހުރީ ކިހާމިންވަރަކަށްތޯ ބެލުމަށެވެ. އޭގެ ބޭނުމަކީ ބޭރުމީހުން ގެންގުޅޭ މީހުންނަށް އެމީހުންނަށް، އެމީހުުން ގެންގުޅޭ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކާއިރު ބަހުގެ ހަމަތަކާއި ޚިލާފުވުނަތަކެއް ހުރިކަން ނުވަތަ ނެއްކަން ފާހަގަކޮށްދިނުމެވެ. މިކަން ދެނެގަތުމަށްޓަކައި ދިރާސާ އެކުލަވާލާފައިވާނީ ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެން ކުއޮންޓިޓަޓިވް ޑޭތާތަކެއްގެ މައްޗަށެވެ. ޑޭޓާ ނެގުމަށް ދެ މެތަޑެއް ބޭނުންކޮށްފައިވާނެއެވެ. އެގޮތުން ބޭރުމީހުންގެ ވާހަކަދެއްކުން ރެކޯޑްކޮށް، ކޮންވަޒޭޝަން އެނަލިސިސްއެއް ހެދީމެވެ. އަސި އެމީހުންލައްވާ ދިވެހިބަހުގެ ޤަވައިދުގެ ޓެސްޓުތަކެއް އަނގަބަހުން ހެދުވީމެވެ. ދިރާސާއިން ފާހަގަކުރެވުނުގޮތުގައި މާލޭގެ ގޭބިސީތަކުގައި މަސައްކަތްކުރާ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކަނީ ދިވެހިބަހުގެ ހަމަތައް ރަނގަޅަށް އެނގިިގެނެއް ނޫނެވެ. ބަހުގެ ޤަވައިދުގެ ބައެއް ހަމަތައް ބޭނުންކުރި ނަމަވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތުގައެއްވެސް ނޫނެވެ. މިކަމުގެ ސަބަބުން ބަހުގެ ޤަވައިދު އޮޅި، ދޭސިންނާއި ބިދޭސީން ދިވެހިބަހުން ވާހަކަދެއްކުމުގައި ހުންނަ ބަހުގެހަމައިގައި ތަފާތުގެ ސަބަބުން އިޖްތިމާޢީ މައްސަލަތަކެއް ކުރިމަތިވުމަކީ ވެސް ދިރުގައިވާ ކަމެއް ނޫނެވެ. އެހެންކަމުން ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ ބޭރުމީހުންނަށް ދިވެހިބަހުގެ ރަނގަޅު ހަމަތައް ދަސްވުން މުހިންމެވެ.en_US
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ-
dc.subjectGrammaren_US
dc.subjectDhivehi languageen_US
dc.subjectSocial problemsen_US
dc.subjectForeigneren_US
dc.subjectދިވެހިބަސްen_US
dc.subjectދިވެހިބަހުގެ ޤަވައިދުen_US
dc.subjectބިދޭސީންen_US
dc.subjectއިޖުތިމާޢީ މައްސަލަތައްen_US
dc.titleރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުންނަށް ދިވެހިބަހުގެ ހަމަތައް އެނގިފައި ހުންނަ މިންވަރުen_US
dc.title.alternativeRaajjeygai masahkaikuraa beyrumeehunnah Dhivehibahuge hamathah en'gifai hunna minvaruen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
resarch haleem-final.pdf2.36 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.