Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/7438
Full metadata record
DC FieldValueLanguage
dc.contributor.authorނީނާ ނާފިޢު-
dc.contributor.authorNafiu, Neena-
dc.date.accessioned2020-10-19T13:25:31Z-
dc.date.available2020-10-19T13:25:31Z-
dc.date.issued2017-05-
dc.identifier.citationsaruna.mnu.edu.mv ނީނާ ނާފިޢު. (2017). ދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީen_US
dc.identifier.citationNafiu, N. (2017). Dhivehibahuge dative case markaru kamugaivaa “ah” lafuzuthakaai gulhey “thah” ah badhaluvaa haalathugai, “t” ge fahathah mahaalevey sukun saanavee gradethakugai kiyavaa dharivarunnah en’genee kihaavarakah heyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mven_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/7438-
dc.description.abstractމި ދިރާސާ އަކީ ދިވެހިބަހުގައި ހިމެނޭ ޑޭޓިވް ކޭސް މަރކަރު )ފާހަގަ( ކަމުގައިވާ "އަށް" ލަފުޒުތަކާގުޅޭ އިރު، "ތަށް"އަށް ބަދަލުވާ ޙާލަތުގައި، "ތ"ގެ ފަހަތަށް މަހާލެވޭ ސުކުން، ސާނަވީ ގްރޭޑް ތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ތޯ؟ ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި "ށް" ނާއި "އް" ކުރެވޭ ގޮތްތައް އަދި "ތ" ގެ ފަހަތަށް "އް"ނާއި "ށް" އަންނަ ޙާލަތްތައް ބުނެދެވިފައި ވާނެއެވެ. މި ދިރާސާއަށް ސާމްޕްލިންގް ނެގުމުގައި ވަކި ޙުދޫދަކަށް ދަރިވަރުން ބައިވެރިކުރުމަށް ބެލެވިފައިވާނެއެވެ. އެ ގޮތުން ސާމްޕްލިންގް ނަގާފައިވާނީ މާލޭގެ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސުކޫލުތަކުގެ ތެރެއިން ކަޑައެޅިފައިވާ ވަކި ސުކޫލްތަކަކުންނެވެ. އެ ގޮތުން ސާމްޕަލް ނެގުމަށް ބޭނުންކޮށްފައި ވާނީ ކުލަސްޓަރ އުސޫލުންނެވެ. މި ދިރާސާ ހެދުމަށް ބޭނުން ކޮށްފައިވާނީ ކުއަންޓިޓޭޓިވް މެތަޑެވެ. އެ ގޮތުން މި ދިރާސާގެ ނަތީޖާތައް ހުށައަޅައި ދީފައި ވާނީ ދިރާސާގެ ބައިވެރިންނަށް ދެވުނު ސުވާލު ކަރުދާހަކުން ލިބުނު ނަތީޖާގެ އިންސައްތަ އިންނެވެ. ދިރާސާއަށް ހޮވާލެވުނު ދަރިވަރުންނަށް ސުވާލު ކަރުދާހެއް ދީ އޭގެން ދި ރާސާއަށް ބޭނުންވާ ޑޭޓާ ނަގައިގެންނެވެ. މި ދިރާސާ ހެދުމަށް ހޮވާފައިވާ ލަފުޒުތައް އަނގަބަހުން ދިރާސާގެ ބައިވެރިންނަށް ޓީޗަރު ކިޔައި ދިނުމުން ބައިވެރިންނަށް ދީފައިވާ ޖަވާބު ކަރުދާހުގައި އެ ލަފުޒުތައް ކިޔާވަރަކުން ލިޔަމުން ގެންދާ ގޮތަށް ދިރާސާގެ ތަހުލީލު ކަރުދާސް ފުރިހަމަ ކޮށްފައި ވާނެއެވެ. މި ގޮތަށް ރިސާޗަށް ބޭނުންވާ ޑޭޓާ އެއްކުރަން ނިންމީ، މި ދިރާސާގެ ނަތީޖާ ނެރުމަށް މި ގޮތަށް ސާރވޭ ކުރުން ކޮންމެހެން މުހިންމު ކަމަށް ފެންނާތީއެވެ. ސަބަބަކީ ދިރާސާގެ ނަތީޖާ ނެރުމަށް ހުރަސް އެޅޭ ފަދަ ކަމަކުން ވީހާވެސް ބޮޑަކަށް އެއްކިބާވެގެން މި ދިރާސާ ކުރިއަށް ގެންދިއުމެވެ. މި ދިރާސާގައި ބައިވެރިންނަށް ދެވުނު ސުވާލު ކަރުދާހުން ލިބުނު ނަތީޖާ އިން މި ދިރާސާގެ ހައިޕޮތެސިސްއަށް އަސަރުކުރާ ވަރު އެގިގެން ދާނެއެވެ. އަދި ދިރާސާގެ ޖުމްލަ ނަތީޖާ ބިނާކުރެވޭނީ ވެސް މި ދިރާސާގެ ނަތީޖާ ކަރުދާހުން ލިބޭ ނަތީޖާއެއްގެ މައްޗަށެވެ. އަދި މި ދިރާސާގެ ނަތީޖާއިން، ދިވެހިބަހުގައި އޮންނަ ޑޭޓިވް ކޭސް މަރކަރު ކަމުގައި ބެލެވޭ "އަށް" ދިވެހިބަހުގައި "ށް"ސުކުނާއި، "އް" ސުކުން ދަރިވަރުންނަށް ބުނެދިނުމުގައި އިތުރު ގޮތަތަކެއް ހުރިކަން ވެސް އެގިގެންދާނެއެވެ.en_US
dc.language.isodhen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National Universityen_US
dc.titleދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟en_US
dc.title.alternativeDhivehibahuge dative case markaru kamugaivaa “ah” lafuzuthakaai gulhey “thah” ah badhaluvaa haalathugai, “t” ge fahathah mahaalevey sukun saanavee gradethakugai kiyavaa dharivarunnah en’genee kihaavarakah heyyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.