Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/838
Full metadata record
DC FieldValueLanguage
dc.contributor.authorޢަބްދުﷲ ޝިހާމް-
dc.contributor.authorShiham, Abdullah-
dc.date.accessioned2018-03-11T15:08:00Z-
dc.date.available2018-03-11T15:08:00Z-
dc.date.issued2009-11-01-
dc.identifier.citationޢަބްދުﷲ ޝިހާމް. (2009). މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.en_US
dc.identifier.citationShiham. A. (2009). Maaleyge primary sukool thakuge gureydu 7 ge dharivarun alifu, shaviyani, thaa sukun beynunkuranee dhivehi bahuge gavaaidhaa ehgothah hehyeve?. Maldives., Maldives College of Higher Education.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/838-
dc.description.abstractމި ދިރާސާއަކީ ދިވެހި ބަހުން ލިޔާ ލިޔުންތަކުގައި އ، ށ، ތ ސުކުންކުރުމުގައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ސުކުން ބޭނުންކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ކުރާ ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ކުރުމަށްޓަކައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން ޣިޔާޘުއްދީން ސްކޫލާއި ޢިމާދުއްދީން ސުކޫލް އަދި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލުގެ 80 ދަރިވަރުންނާއި އެދަރިވަރުންނަށް ކިޔަވައިދޭ 12 މުދައްރިސުންނާއި ދަރިވަރުންގެ 20 ބެލެނެވެރިން ދިރާސާއަށް ބޭނުންވާ ސާންޕަލްގެ ގޮތުގައި ބޭނުންކުރީމެވެ. މައިގަނޑުގޮތެއްގައި އެފަރާތްތަކުން ޑާޓާ ހޯދުމުގައި ބޭނުންކުރީ ސާވޭ ފޯމެވެ. އެހެންނަމަވެސް ދަރިވަރުންގެ ތަމްރީނު ފޮތާއި އިމްތިހާނު ކަރުދާސްވެސް މި ދިރާސާގައި ބޭނުންކޮއްފައިވާނެއެވެ. މި ދިރާސާ ކުރުމުގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ ދެކަމެއްގެ މައްޗަށެވެ. އެއީ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުންކުރުމުގައި ބަހުގެ ގަވާއިދާއި ޚިލާފުވޭތޯއާއި ޚިލާފު ވާނަމަ އެކަމުގެ ސަބަބުތައް ހޯދުމުގެ މައްޗަށެވެ. މި މަޤްޞަދުގައި ކުރެވުނު މިދިރާސާއަށް ސާންޕަލް ހޯދުމުގައި ދިމާވި ދަތިތަކާހުރެ ދިރާސާގައި ބޭނުންކުރަންޖެހުނީ ކޮންވީނިއަން ސާންޕަލެވެ. ދިރާސާގެ ހައިޕޮތެސިސްކަމުގައި ކަނޑައެޅި " މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ބޭނުން ހުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަކަށް ނޫނެވެ" މި ހައިޕޮތެސިސް ދިރާސާގެ ނަތީޖާއާއި ސީދާވިއެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ބަހުގެ ގަވާއިދާ އެއްގޮތަށް މި ތިން ސުކުން ކުރަން އެނގެނީ ދިރާސާގައި ބައިވެރިވި 80 ދަރިވަރުންގެ ތެރެއިން އެންމެ 15 އިންސައްތަ ދަރިވަރުންނަށެވެ. ބާކީ 85 އިންސައްތަ ދަރިވަރުންނަކީ އ، ށ، ތ ސުކުން ބަހުގެ ގަވާއިދާ އެއްގޮތަށް ކުރަން ނޭނގޭ ދަރިވަރުންނެވެ. އެހެންކަމުން މިނަތީޖާއަށް ބަލާއިރު މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތައް ނޫންކަމުގައި ބުނަންޖެހެއެވެ. ސުކުން ކުރުމުގައި ބަހުގެ ގަވާއިދާ ޚިލާފުވާ މައިގަނޑު ދެތިންކަމެއް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެއްކަމަކީ މުދައްރިސުން ކިޔައިދޭ ގޮތެވެ. ސުކުން ގަޑިތައް ކިޔަވައިދިނުމުގައި އުނގެނުމުގެ ހަތަރު ހުނަރަށް ދެވޭ އަހަންމިއްޔަތު ކުޑަކަން ފާހަގަކުރެވެއެވެ. އަދި އެގަނޑިތަކުގައި ދަރިވަރުން ބައިވެރިކުރާ މިންވަރު ދައްވުމުން ތަޖުރިބާކުރުމަށް ލިބޭ ފުރުޞަތު ހަނިވެއެވެ. ނަތީޖާއަކީ ސުކުން ކިޔަވައިދޭ ގަޑިތަކަކީ ދަރިވަރުންނަށް ފޫހި ގަޑިތަކަކައްވުމެވެ. އަނެއްކަމަކީ ދަރިވަރުންނަށް ދެވޭ ފީޑްބެކެވެ. އެދެވޭ އަދި ދެފަރާތަށް ސާފުކޮށް ދޭހަވާފަދަ ފީޑްބެކެއް ދެވިފައެއް ނެތެވެ. އަދި އާންމުކޮށް ފީޑްބެކް ދެވެނީވެސް އެވްރެޖުކޮށް މައްސަލަ ޖެހޭ ސުކުންތަކަށް މުޅިކުލާހަށް އާންމު ފީޑްބެކެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބެއްވާ ފައިދާއެއް ނުލިބެއެވެ. ކުށް އިސްލާހުކުރާނޭ ގޮތެއް ނޭނގެއެވެ. ތިންވަނަ ކަމަކީ ބަހުގެ ގަވާއިދުގެ މައްސަލައެވެ. އަލިފު ސުކުނާއި ށަވިޔަނި ސުކުން އެއްގޮތަކަށް ކިޔޭތީ ދިމާވާ މައްސަލައެވެ. ސުކުނުގެ އަޑު އިވޭ ސުކުން ނޫން ސުކުނެއް ކުރަންޖެހޭ ހާލަތްތައް މެދުވެރިވުމެވެ. މި ގޮތުން ތ، އ، ށ މި ތިން ސުކުނަކީވެސް ނޫނު ސުކުނުގެ އަޑު އިވޭ ބައެއް ހާލަތްތަކުގައި ކުރަންޖެހޭ ތިން ސުކުނެވެ. މިގޮތަށް ސުކުންކުރެވޭ ހަމަތައް ހެދިފައިވާތީ މިޢީ ދަރިވަރުންނަށް ސުކުން އޮޅުމަށް މެދުވެރިވާ އެއްސަބަބުކަމަށް ފެނެއެވެ. ދެންއޮތީ ދަރިވަރުން ސުކުން ކުރުމަށް ދޭންވާ ސަމާލުކަންނުދިނުމުގެ މައްސަލައެވެ. މިކަމަކީ ދަރިވަރުންގެ ޝައުޤުވެރިކަމާއި ގުޅިފައިވާ މައްސަލައެއްކަން ބަހުގެ މާހިރުންގެ ދިރާސާތަކުން އެނގެއެވެ. ދަރިވަރުން ޝައުޤުވެރިވާނީ ވާނުވާއެއް އެނގޭ ކަމަކަށެވެ. އަދި އެކަމެއް ކުރިޔަށް ގެންދާ ގޮތަކުންނެވެ. މިއުސޫލުން ވިސްނާއިރު ސުކުންކުރުމުގައި ދަރިވަރުން ސަމާލުކަން ނުދޭނަމަ އެކަންވެސް ރައްދުވާނީ ހެދިފައިވާ ގަވާއިދުތަކަށާއި ކިޔަވައިދޭ ފަރާތްތަކަށެވެ. ވީމާ، މުޅި ދިރާސާއިން އެނގުނީ މާލޭގަ ޕްރައިމެރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ތ، އ، ށ ސުކުން ކުރުމުގައި ބަހުގެ ހަމަތަކާއި ޚިލާފުވާކަމެކެވެ. މިކަން މެދުވެރިވަނީ ސުކުންކުރުމުގެ ގަވާއިދު ހެދިފައިވާ ގޮތުންނާއި އެހަމަތައް ކިޔަވައިދެވޭ ގޮތުންކަމެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންen_US
dc.publisherFaculty of Arts, Maldives College of Higher Education-
dc.subjectsukun kurunen_US
dc.subjectalifu, shaviyani, thaa sukunen_US
dc.subjectއ. ށ. ތ ސުކުންen_US
dc.subjectމާލޭގެ ޕްރައިމަރީ ސްކޫލްen_US
dc.subjectބަހުގެ ގަވާއިދާއި އެއްގޮތަށްen_US
dc.subjectގްރޭޑް 7en_US
dc.subjectgrade 7en_US
dc.subjectcorrect grammar usageen_US
dc.titleމާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟en_US
dc.title.alternativeMaaleyge primary sukool thakuge gureydu 7 ge dharivarun alifu, shaviyani, thaa sukun beynunkuranee dhivehi bahuge gavaaidhaa ehgothah hehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abdulla Shiham 10349.pdf12.56 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.