Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/845
Full metadata record
DC FieldValueLanguage
dc.contributor.authorRashad, Nazly-
dc.contributor.authorނާޒްލީ ރަޝާދު-
dc.date.accessioned2018-03-12T07:34:47Z-
dc.date.available2018-03-12T07:34:47Z-
dc.date.issued2009-11-01-
dc.identifier.citationRashad, N. (2009). Dhivehi bahuge ekasha alhaafaivaa qavaaidhugaivaa "hurun, inun, othun" mi qavaaidhuge therein "hurun" milafuzu vaahaka dhehkumugai ekasha alhaafaivaa qavaaidhugaivaa hilaafah beynunkuramundhaa minvaraai ekamuge sababuthakakee kobaa?. Male',, Maldives College of Higher Education.en_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/845-
dc.description.abstractމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވާހަކަދެއްކުމުގައި "ހުރުން" ގިނަ ބަޔަކު ބޭނުންކުރަމުންދާނަމަ، ކުރިމަގުގައި މި ޤަވާޢިދަށް ކުރިމަތިވާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންނަށެވެ. މިގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންގެ ވާހަކަދެއްކުން އޮބްސަރވްކޮށްގެން ޖުމުލަތަކެއް ނަގައި، މިޖުމުލަތަކުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ. އަދި އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "ހުރުން" ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "ހުރުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކުރުމުގެ ހަތަރު ހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، " އަމިއްލަބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށް" މި ހަމަ ބޭނުންކޮށްގެން ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ބޭނުންކޮށްގެންކަން މި ދިރަސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން "ހުރުން" އިނުން، އޮތުން" ގެ ތެރެއިން " ހުރުން" މި ޤަވާޢިދަށް ކުރިމަގުގައި ކުރިމަތިވާނެ މައްސަލަތައް ނުވަތަ އަސަރުތަކާއި ވާހަކަދެއްކުމުގައި "ހުރުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ. އަދި "ހުރުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯވެސް ހޯދިފައިވާނެއެވެ. މީގެއިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައް ހޯދިފައިވާނެއެެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ 58.3 ޖުމުލަ ބޭނުންކޮށްފައިވާކަމެވެ. މީގެއިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "ހުރުން" ބޭނުންކުރުމުގެ އިތުރުހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންen_US
dc.publisherFaculty of Arts, Maldives College of Higher Education-
dc.subjectހުރުންen_US
dc.subjectއިނުންen_US
dc.subjectއޮތުންen_US
dc.subjectޤަވާޢިދާ ޚިލާފަށް ވާހަކަދެއްކުމުގައި ބޭނުންކުރުންen_US
dc.subjectދިވެހިބަސްen_US
dc.subjectދިވެހިބަހުގެ ޤަވާއިދުen_US
dc.titleދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން، އިނުން، އޮތުން" މި ޤަވާޢިދުގެ ތެރެއިން "ހުރުން" މިލަފުޒު ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އެކަމުގެ ސަބަބުތަކަކީ ކޮބާ؟en_US
dc.title.alternativeDhivehi bahuge ekasha alhaafaivaa qavaaidhugaivaa "hurun, inun, othun" mi qavaaidhuge therein "hurun" milafuzu vaahaka dhehkumugai ekasha alhaafaivaa qavaaidhugaivaa hilaafah beynunkuramundhaa minvaraai ekamuge sababuthakakee kobaa?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Nazlee Rashad 10392.pdf15.21 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.