Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/872
Title: | ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާ 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވެންދިމާވި ސަބަބުތަކަކީ ކޮބައިހެއްޔެވެ؟ |
Other Titles: | Dhivehi raajeyge furathama jumhooriyaa enme haiymahaa 20 dhuvahuge lhafathuge dhaurehgai uvendhimaavi sababuthakakee kobaihehyeve? |
Authors: | Hamid, Shakeela ޝަކީލާ ހާމިދު |
Keywords: | ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ މުޙައްމަދު އަމީނު ދީދީ ވެލާނާގޭ ބޭފުޅުން ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި އިބުރާހީމް މުޙައްމައިދީ Mohamed Ameen Didi First republic of Maldives Ibrahim Mohamed Didi Velaanaage family |
Issue Date: | 1-Nov-2010 |
Publisher: | Faculty of Arts, Maldives College of Higher Education ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން |
Citation: | Hamid, S., (2010). Dhivehi raajeyge furathama jumhooriyaa enme haiymahaa 20 dhuvahuge lhafathuge dhaurehgai uvendhimaavi sababuthakakee kobaihehyeve?. Male', Maldives College of Higher Education ޝަކީލާ ހާމިދު. (2010). ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާ 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވެންދިމާވި ސަބަބުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން. |
Abstract: | މި ދިރާސީއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެންމެ ހަތްމަހާއި 20 ދުވަހުގެ ޅަފަތުގެ ދައުރެއްގައި އުވިފައިވުމުން، އެ ޖުމްހޫރިއްޔާ އެފަދަ ޅަފަތުގެ ދައުރެއްގައި އެފަދަ ގޮތްތަކަށް އުވެންދިމާވުމުގައި ސަބަބުތަކެއް ވާނެކަމަށް ފެންނާތީ، އެ ސަބަބުތަކަކީ ކޮބައިތޯ ބަލަން ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެހާ ޅަފަތުގެ ދައުރެއްގައި އުވެން ދިމާވީ އެ ޖުމްހޫރިއްޔާގެ އެންމެ އެތެރޭގައި ތިއްބެވި ބޭފުޅުން ބޭނުންވުމުންނެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ވެރުކަމުގައި މުޙައްމަދު އަމީނު ދީދީ ކަކާގޭ ބޭފުޅުންނަށް އިސްކަން ދެއްވަމުން ދާތީ ވެލާނާގޭ ބޭފުޅުންގެ ހިތްޕުޅުގައި މުޙައްމަދު އަމީނު ދީދީގެ މައްޗަށް ނަފުރަތު އުފެދުނެވެ. ނަތިޖާއެއްގެ ގޮތުން މުޙައްމަދު އަމީނު ދީދީ އާލާސްކަންފުޅަކަށް ބޭސްކުރައްވަން ރާޖެއިން ބޭރަށް ވަޑައިގެންނެވި ދަނޑިވަޅު ބައްލަވައި މުޙައްމަދު އަމީނު ދީދީގެ މައްޗަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، އެމީހުން ލައްވާ ފުރަތަމަ ޖުމްހޫރިއްޔާ އުވާލާ މުޙައްމަދު އަމީނު ދީދީގެ ވެރިކަމުން ވައްޓާލުމުގައި ވެލާނާގޭ ޢާއިލާއިން ކާމިޔާބު ހޯދީއެވެ.
މި ކަމުގައި އެންމެ މުހިއްމު އަދި އިސްދައުރެއް އަދާކުރެއްވީ އެ ޖުމްހޫރިއްޔާގެ ނައިބު ރައީސް ވެލާނާގޭ އިބުރާހީމް މުޙައްމަދު ދީދީއެވެ. އިބުރާހީމް މުޙައްމަދު ދީދީއަކީ އެދުވަސްވަރު ވެލާނާގޭ ޢާއިލާގައި ނަގާކިއުއްވާ އުޅުއްވި ގިން ބޭފުޅުން ތަކެއްގެ ބޮޑުބޭބެފުޅެވެ. އެހެންކަމުން ޢާއިލާއިން ބޭނުންވާ ކަމެއް ނުކޮށް ހުންނެވުމަކީ އިބުރާހީމް ދީދީއަށް ފަސޭހަކަމަކަށް ނުވާނެއެވެ. މީގެއިތުރުން އިބުރާހީމް މުޙައްމައިދީގެ ހިތްޕުޅުވެސް ވަނީ މުޙައްމަދު އަމީނު ދީދީއާމެދު ގޯސްވެފައެވެ.
ފުރަތަމަ ޖުމްހޫރިއްޔާ އުވާލުމުގެ މަސައްކަތް ކުރި މީހުންނަށް އެހާފަސޭހައިން އެކަން ކާމިޔާބުކުރެވުނީ ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބުރައީސް ވެލާނާގޭ އިބުރާހީމް މުޙައްމަދު ދީދީ އެކަމުގައި ބައިވެރިވެ އިސްދައުރެއް އަދާކުރެއްވީމައެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/872 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.