Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/875
Full metadata record
DC FieldValueLanguage
dc.contributor.authorAhmed, Hawwa Saleema-
dc.contributor.authorހައްވާ ސަލީމާ އަޙުމަދު-
dc.date.accessioned2018-03-13T08:13:17Z-
dc.date.available2018-03-13T08:13:17Z-
dc.date.issued2010-11-01-
dc.identifier.citationAhmed, H. S., (2010) Holheenge aiydhashah dhivehi raaje dhiyaee holheen dhivehi raaje hifanvegen hehyeve?. Male', Maldives College of Higher Education.en_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/875-
dc.description.abstractމި ދިރާސާއަކީ ޕޯޗްގިޒުން ދިވެހިރާއްޖެ އަޅުވެ ތިކުރުމުގެ ފަހުން ރާއްޖޭގައި ދެވަނައަށް ހިނގައި ދިޔަ އެންމެ ހިތްދަތި ހާދިސާ (ހޮޅިންގެ އަތްދަށަށް ދިވެހި ރާއްޖެ ދިއުން) ހިނގާ ދިޔަގޮތް ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާހެދުމުގެ އެންމެ ބޮޑުބޭނުމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި ހޮޅިންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރެވުނީ ކޮން އުސޫލަކުން، ކިހިނެއްކަން ބަލައި ހޯދުމެވެ. ސަބަބަކީ މިމައްސަލަ އާއި ބެހޭގޮތުން އެއްވެސް ދިރާސާއެއް އަދި މިހާތަނަށް ރާއްޖޭގައި ކުރެވިފައި ނެތުމެވެ. މިމައްސަލަ ސާފުކުރުމުގެ ގޮތުން މިކަމާ ބެހޭ މަޢުލޫމާތު ކިޔައި ކަމާ ބެހޭ ފަރާތްތަކާއި، އިންޓރވިއު ކޮށް މަޝަވަރާކޮށް އެނގެން ހުރި މިންވަރަކުން ހޯދައި މިކަމުގައި ދިވެހިން ކުޅެފައިވާ ރޯލާކީ ކޮބައިތޯ ބެލުމަށްފަހު ލޮޅިންގެ އަތްދަށުވެ އޅުވެތިވިސަބަބު ހާމަކޮށް، ނަތޮޖާއެއް ނެރެފައިވާނެއެވެ. މިގޮތަށް މިކުރެވުނު ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖޭގެ މިނިވަންކަން ދެވަނަފަހަރު ގެއްލި ގެން ގޮސް ދިވެހި ސަޤާފަތާއި، ދިވެހިންގެ އާދަކާދަތައް އުވެމުން ދާންފެށީ، އެކިފަހަރު މަތިން ދިވެހިންގެ ބައެއް މީހުން އެމީހުންގެ އަމިއްލަ ފައިދާއަށް ޓަކައި، ރަސްކަމުގެ ދަހިވެތި ކަމުގައި ހޮޅިންނަށް އެހީތެރިވެދީ، އެމީހުން އެމީހުންނަށް ފުރުޞަތުދީ، އެމީހުން ގެނެސްގެންރާއްޖޭގެ ގާނޫނީ ވެރިކަން އެތައްފަހަރަކު ވައްޓާލާ، އަދި ވައްޓާލަން އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވާކަމެވެ. އަދި ބައެއް ފަހަރު އެމީހުނަނަށް ކާމިޔާބީ އާއި، ނާކާމިޔާބީތައް ލިބިފައިވާކަމެވެ. މިގޮތުން ކުރެވުނު ހނގުރާމަ ތަކުގައި އައްޞުލްތާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (3) ގެ ރަސްކަމުގައި ހޮޅިން ކާމިޔާބުކޮށް ރާއްޖެ އަޅުވެތި ކުރީއެވެ. މި ހިތްދަތި ކަމާއި އަޅުވެތިކަން ލިބިގެން ދިޔައީ ދިވެހި ޤައުމަށް ޚިޔާނާތްތެރިވި ދެ މީހެއްގެ ސަބަބުންނެވެ. އެ މީހުން ދިވެހި ރަސްކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުންނާއި، ހޮޅިންނަކީ ކަނޑުފޭރޭ ބަޔަކަށް ވެފައި ދިވެހިރާއްޖޭގައި އެމީހުން ބޭނުންވާ ތަކެތި ހުރުމާއެކު އެތަކެތި ހޯދުމުގެ ޝައުގުވެރިކަން ހުރުމުގެ ސަބަބުންނެވެ. އެހެންކަމުން މިދިރާސާއަކީ ހޮޅިންގެ އަތްދަށަށް ދިވެހިރާއްޖޭގެ ގޮސް މިނިވަންކަން ގެއްލިގެން ދިޔަ ހާދިސާ ދެނެގަތުމަށް ވަރަށް މުހިއްމު ދިރާސާއެކެވެ.en_US
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން-
dc.subjectޕޯޗްގިޒުންen_US
dc.subjectހޮޅީންen_US
dc.subjectދިވެހިރާއްޖެ އަޅުވެ ތިކުރުންen_US
dc.subjectދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުންen_US
dc.subjectދިވެހިރާއްޖޭގެ މިނިވަންކަން ދެވަނަފަހަރު ގެއްލުންen_US
dc.subjectރަސްކަމުގެ ދަހިވެތިކަންen_US
dc.subjectޤައުމަށް ޚިޔާނާތްތެރިވުންen_US
dc.subjectމުކައްރަމް މުޙައްމަދު ޢިމާދުއްދީންen_US
dc.subjectPortugueseen_US
dc.subjecttraitorsen_US
dc.subjectMukahram Mohamed Imaadhudeenen_US
dc.subjectHollanden_US
dc.titleހޮޅިންގެ އެތަދަށަށް ދިވެހިރާއްޖެ ދިޔައީ ހޮޅިން ދިވެހިރާއްޖެ ހިފަން ބޭނުން ވެގެން ހެއްޔެވެ؟en_US
dc.title.alternativeHolheenge aiydhashah dhivehi raaje dhiyaee holheen dhivehi raaje hifanvegen hehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Hawwa Saleema.pdf479.43 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.