Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/883
Full metadata record
DC FieldValueLanguage
dc.contributor.authorSaadhaa, Aminath-
dc.contributor.authorއާމިނަތު ސަޢާދާ-
dc.date.accessioned2018-03-14T03:19:55Z-
dc.date.available2018-03-14T03:19:55Z-
dc.date.issued2011-11-01-
dc.identifier.citationSaadhaa, A. (2011). Dhivehibahugai ekulevigenvaa masdharuthah, (nimunukamah) badhalu vegendhaa usooluthakakee kobaihehyeve?. Male'. Maldives College of Higher Education.en_US
dc.identifier.citationއާމިނަތު ސަޢާދާ. (2011). ދިވެހިބަހުގައި އެކުލެވިގެންވާ މަސްދަރުތައް، [ނިމުނުކަމަށް] ބަދަލުވެގެންދާ އުސޫލުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/883-
dc.description.abstractމިއީ، ދިވެހިބަހުގެ މަސްދަރުތައް ނިމުނުކަމަށް ބަދަލުވެގެންދާ އުސޫލު ދެނެގަތުމަށްޓަކައި ހެދި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ ސާމްޕަލްގެ ގޮތުގައި ބޭނުންކުރީ، ދިވެހިބަސްފޮތް 2006 ގައި، ހިމާނާފައި ހުރި މަސްދަރުތަކުގެ ތެރެއިން [ ު ު ް] އަދި [ ެ ު ް] ، މި ދެ ވަޒަނަށް ހުރި ހުރިހާ މަސްދަރު ތަކެކެވެ. ދިރާސާއަށް ބޭނުންވާ ދެވަނަ ސާމްޕަލްކަމުގައިވާ، މަސްދަރުތަކުގެ ނިމުނުކަން ހޯދީ، ދިވެހިބަހުގެ އުސްތާޛުންގެ ތެރެއިން 5 ބޭފުޅުންގެ އަރިހުން، ސާރވޭ ފޯރމް ފުރުއްވައިގެންނެވެ. ނިމުނުކަމުގެ ގޮތުގައި މި ދިރާސާގައި ބޭނުންކޮށްފައިވާނީ، ތިންވަނަ ފަރާތަށް މުޚާތަބުކޮށް، ނިމުނުކަން ބޭނުންކުރާ ގޮތެވެ. މި ދިރާސާއަކީ ކުއަލިޓޭޓިވް ޕެރަޑައިމް އެއްގެ ދަށުން، ހުސް ސުކުނޑިއަކާއެކު ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގެ އުސޫލުތައް ދެނެގަތުމަށްޓަކައި، ދިވެހިބަހުގެ އުސްތާޛުންގެ ޚިޔާލު ހޯދުމުގެ ގޮތުން އިންޓަރވިއުވެސް ކުރީމެވެ. ދިރާސާގައި ބޭނުންކުރި މަސްދަރުތަކަށް ބަލާއިރު، މަސްދަރު، ނިމުނުކަމަށް ބަދަލުވެގެންދާ ތިން އުސޫލެއް ފާހަގަ ކުރެވުނެވެ. އެއީ [-ައިފި] [-ެފި]، އަދި [-ިއްޖެ] އެވެ. މި އުސޫލުތަކުގެތެރެއިން، [-ައިފި] އަދި [-ެފި]، އުސޫލަކީ މުޙައްމަދު ޖަމީލުދީދީ (1970) ވެސް ފާހަގަ ކުރައްވާފައިވާ ދެ އުސޫލު ނަމަވެސް މި ދެ އުސޫލު އެބޭފުޅާ ބަޔާންކޮށްދެއްވާފައިވަނީ ފުރިހަމައަކަށް ނޫންކަން ފާހަގަކުރެވެއެވެ. [-ިއްޖެ]، އުސޫލަށް ލަފުޒު ހުންނަކަމަށް މުޙައްމަދު ޖަމީލުދީދީ (1970) ފާހަގަކުރައްވާފައިވީނަމަވެސް އެ އުސޫލު ބަޔާންކޮށްދެއްވާފައެއް ނުވެއެވެ. އެބޭފުޅާ ބަޔާންކޮށްދެއްވާފައިވާ [-ފި] އުސޫލަކީ، މި ދިރާސާއިންވެސް ފާހަގަކުރެވުނު ގޮތުގައި، އާއްމު އުސޫލާ ޚިލާފު އުސޫލެކެވެ. ތިންވަނަ ފަރާތަކަށް މުޙާތަބުކޮށް ނިމުނުކަން ބޭނުންކުރެވޭ ތައްގަނޑުތަކުގެ ތެރޭގައި އަލީ އަޙުމަދު (1970) ބަޔާންކުރައްވާ،[ -ޮއިފި] އަދި [ -ެއްޖެ] ތައްގަނޑަކީ މިދިރާސާއިން ފާހަގަކުރެވިފައިނުވާ ދެ ތައްގަނޑެވެ. ދިރާސާއިން ހާމަވިގޮތުގައި ތިންވަނަ ފަރާތަކަށް ނިސްބަތްކޮށް ނިމުނުކަން ބޭނުންކުރާއިރު، ނިމުނުކަން، މުޅީންވެސް ނިމިފައިހުންނަނީ، [-ފި] ނުވަތަ [-ޖެ] އަށެވެ. އޭގެތެރެއިން، [-ފި] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރާއެކު ކުރާކަންކަމުގެ މާނަ ދޭހަކޮށްދޭ ލަފުޒުތަކެވެ. އަދި [-ޖެ] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރެއްނެތިވާ ކަންކަމުގެ މާނަދޭހަކޮށްދޭ ލަފުޒުތަކެވެ. ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި މަސްދަރު ނިމުނުކަމަށް ބަދަލުވެގެން ދިޔުމުގައި، ނިމުނުކަން، މަސްދަރަށް ބަރޯސާވުމުގެ ބަދަލުގައި ބަރޯސާވަނީ ވާކަމަށާއި، ލަފުޒުގައި އެކުލެވިގެންވާ މާނައިން، އިޚުތިޔާރާއެކު ކުރާކަންކަމާއި، އިޚުތިޔާރެއްނެތިވާ ކަންކަމުގެ މައްޗަށެވެ.en_US
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން-
dc.subjectމަސްދަރުen_US
dc.subjectނިމުނުކަންen_US
dc.subjectނިމުނުކަން ބޭނުންކުރާ ގޮތްen_US
dc.subjectދިވެހިބަހުގެ ޤަވާއިދުen_US
dc.subjectތިންވަނަ ފަރާތަށް މުޚާތަބުކުރުންen_US
dc.subjectމުޙައްމަދު ޖަމީލުދީދީen_US
dc.titleދިވެހިބަހުގައި އެކުލެވިގެންވާ މަސްދަރުތައް، [ނިމުނުކަމަށް] ބަދަލުވެގެންދާ އުސޫލުތަކަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehibahugai ekulevigenvaa masdharuthah, (nimunukamah) badhalu vegendhaa usooluthakakee kobaihehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aminath Saadha.pdf1.98 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.