Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/890
Full metadata record
DC FieldValueLanguage
dc.contributor.authorShifana, Mariyam-
dc.contributor.authorމަރްޔަމް ޝިފާނާ-
dc.date.accessioned2018-03-14T05:56:40Z-
dc.date.available2018-03-14T05:56:40Z-
dc.date.issued2013-11-01-
dc.identifier.citationShifana, M., (2013). Majaazu beynunkurumugai lhemaai nasrugai hunna thafaathakee kobaa?. Male', Maldives National University.en_US
dc.identifier.citationމަރްޔަމް ޝިފާނާ. (2013). މަޖާޒު ބޭނުންކުރުމުގައި ޅެމާއި ނަސްރުގައި ހުންނަ ތަފާތުތަކަކީ ކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/890-
dc.description.abstractމިއީ 'މަޖާޒު ބޭނުންކުރުމުގައި ޅެމާއި ނަސްރުގައި ހުންނަ ތަފާތުތައް' މި މައިގަނޑު ސުރުޙީގެ މައްޗަށް ކޮލިޓޭޓިވް ޕެރެޑައިމްގެ އެހީގައި ޑިޑަކްޓިވް ޕެރެޑައިމްގެ ދަށުން ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޅެން މާނަކޮށްފައިވަނީ ފަތިފައްޗަށް އަމުނައިގެން ހެދިފައި ހުންނަ ޝާއިރީ ލިޔުންތަކަށެވެ. ހަމައެހެންމެ، ނަސްރު މާނަކޮށްފައިވާނީ ފުނަށް އަސަރު ފޯރާ ގޮތަށް ލިޔެފައި ހުންނަ ލިޔުންތަކުގެ މާނައިގައެވެ. މި ދިރާސާއަށް ޅެމާއި ނަސްރު ހޮވާފައިވާނީ ވަކި ދައުރެއް އަދި ވަކި ލިޔުންތެރިއެއް ބެލުމެއް ނެތި ރެންޑަމްކޮށް ނެގިފައިވާ ޅެމާއި ނަސްރުން މިއިން ކޮންމެ ބާވަތަކުން 20 ސާމްޕަލެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިބަހުން ހެދިފައި ހުންނަ ޅޭމާއި ނަސްރުގައި ވެސް ދުނިޔޭގެ އެހެން ބަސްބަހުގައި ބޭނުންކުރާ ފަދައިން މަޖާޒު ބޭނުންކޮށްފައިވެއެވެ. ހަމައެހެންމެ ޅެމާއި ނަސްރުގައި މަޖާޒު ބޭނުންކުރުމުގައި ތަފަތުތަކެއް ގެންގުޅޭކަންވެސް ފާހަގަކުރެވިގެން ގޮސްފައިވެއެވެ. އެގޮތުން ބެއެއް ޅެންތައް އެއްކޮށް މަޖާޒެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ގޮސްފައި ވާއިރު މިގޮތަށް ހުށައަޅާފައިވާ ނަސްރު ނުހުންނަކަން ފާހަގަ ކުރެވިގެން ގޮސްފައި ވެއެވެ. އަދި ލަފުޒާއި އިބާރާތުގެ ގޮތުގައި މަޖާޒު ބޭނުން ކުރުމުގައި ވެސް ޅެމާއި ނަސްރުގައި ތަފާތުތަކެއް ހުންނަކަން އެނގިގެން ގޮސްފައިވެއެވެ. ނަސްރުގައި ޖުމްލައިގެ ހުރިހާ ހިސާބެއްގައި މަޖާޒު ބޭނުންކޮށްފައި ހުންނައިރު، ޅެމުގައި އާންމުކޮށް ބޭނުންކޮށްފައި ހުންނަނީ މެދުތެރޭގައެވެ. ހަމައެހެންމެ ދިރުންނެތް ތަކެއްޗަށް އިންސާނުންގެ ސިފަ ދީގެން ހުށައަޅައިދޭ މަޖާޒު ބޭނުންކޮށްގެން ބައެއް ޅެން ހުށައަޅާފައިވާއިރު މިގޮތަށް އެއްވެސް ނަސްރެއް ހުށައަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.en_US
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ-
dc.subjectމަޖާޒު ބޭނުންކުރުންen_US
dc.subjectމަޖާޒުen_US
dc.subjectޅެންen_US
dc.subjectނަސްރުen_US
dc.subjectޖުމްލައިގައި މަޖާޒު ބޭނުންކުރުންen_US
dc.titleމަޖާޒު ބޭނުންކުރުމުގައި ޅެމާއި ނަސްރުގައި ހުންނަ ތަފާތުތަކަކީ ކޮބާ؟en_US
dc.title.alternativeMajaazu beynunkurumugai lhemaai nasrugai hunna thafaathakee kobaa?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mariyam Shifana.pdf3.62 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.