Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/893
Title: ކުދިން ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުމަށްޓަކައި ގްރޭޑް 5 ގެ އީ.އެސް މާދަރީބަހުން ކިޔަވައިދިނުން މުހިއްމުހެއްޔެވެ؟
Other Titles: Kudhin dhivehi vehtah heyluntherikuruvumahtakai greydu 5 ge ee. es. maadhareebahun kiyavaidhinun muhinmuhehyeve?
Authors: Shaahid, Abdulla
ޝާހިދު ޢަބްދުﷲ
Keywords: ރާއްޖޭގެ ސްކޫލްތައް
ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުން
ޓީޗަރުން ކިޔަވައިދިނުން
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެށީގެ މަޢުލޫމާތު
މާދަރީބަހުން ކިޔަވައިދިނުން
މާދަރީބަސް
Schools of Maldives
awareness of the environment
school education
teaching in schools
mother language
teaching in mother tongue
Issue Date: 1-Nov-2011
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Shaahid, A., (2011). Kudhin dhivehi vehtah heyluntherikuruvumahtakai greydu 5 ge ee. es. maadhareebahun kiyavaidhinun muhinmuhehyeve?. Male', Maldives College of Higher Education.
ޝާހިދު ޢަބްދުﷲ. (2011). ކުދިން ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުމަށްޓަކައި ގްރޭޑް 5 ގެ އީ.އެސް މާދަރީބަހުން ކިޔަވައިދިނުން މުހިއްމުހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި ދިރާސާއަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 5 ގައި ކިޔަވާކުދިން މިހާރު ދިވެހި ވެށްޓަށް ހޭލުންތެރިވަމުން ނުދާކަމަށް ފާހަގަވަމުން އަންނާތީ، އެކަމުގެ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ފާހަގަކުރެވުނީ އީ.އެސް ފޮތުގައި ދިވެހި ވެށްޓާ މާބޮޑު ގުޅުމެއްނެތް މަޢުލޫމާތު ހުރިކަމާއި، ފޮތުގައި ހުރި މަޢުލޫމާތުވެސް މަދުކަމާއި، ބައެއް ސްކޫލް ތަކުގައި އެކަށީގެންވާ މިންވަރަށް ފިލާވަޅަށް ތައްޔާރުނުވާކަމާއި، ފޮތް ޤަވާޢިދުން އިސްލާޙު ވަމުން ނުދާކަމެވެ. ޓީޗަރުން ކިޔަވައިދިނުމުގައި ކުދިން ޝައުޤުވެރިވާގޮތަށް ފިލާވަޅުތައް ތައްޔާރުނުކުރުމާއި ކުދިންނަށް ފިލާވަޅާއި ގުޅިގެން އިތުރު މަޢުލޫމާތު ނުދޭކަމާއި އަދި ބެލެނިވެރިންވެސް އެމީހުންގެ ޒިންމާތައް ފުރިހަމައަށް ނުނަގާކަންވެސް ފާހަގަކުރެވުނެވެ. ބެލެނިވެރިޔާގެ އެހީތެރިކާމާއެކު ކުދިން އަމިއްލައަށް އިތުރުމަޢުލޫމާތު ހޯދައި މުޠާލިޔާ ކުރޭތޯ ނުބަލާކަންވެސް ހޯދުނެވެ. އީ.އެސް ފޮތުގައި މަޢުލޫމާތު ހިމަނާފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެށީގެ މަޢުލޫމާތު މަސްހުނިކޮށް ހުރިކަން ފާހަގަކުރެވުނެވެ. މިހެން ވުމުން ކުދިންނަށް ދަސްކުރުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވުނެވެ. ރާއްޖޭގެ ވެށީގެ މަޢުލޫމާތުވެސް ހުރީ ކުޑަމިންވަރަކަށްކަން ފާހަގަކުރެވުނެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުންނާއި އެހެނިހެން ރޮނގުރޮނގުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އަންނައިރު، އެކުރިއެރުންތަކާ އެއްވަރަށް އީ.އެސް ފޮތް އިސްލާހު ނުކުރެވުމެވެ. އަދި ކަރިކިއުލަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފޮތް އިސްލާހުނުކުރާކަމާއި، އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭކަންވެސް ފާހަގަކުރެވިނެވެ.
URI: http:/saruna.mnu.edu.mv/jspui/handle/123456789/893
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shahidh Abdullah.pdf1.31 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.