Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/905
Title: ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް
Other Titles: Dhivehi bahaai arabi bahugai kan nafeekurumugaivaa thafaathuthah
Authors: Adam, Fathmath
ފާޠިމަތު އާދަމް
Keywords: ދިވެހިބަސް
އަރަބި ބަސް
ކަން ނަފީކުރުން
ނަފީކުރުން
ދިވެހިބަހުގެ ޤަވާއިދު
Issue Date: 1-Nov-2012
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Adam, F. (2012). Dhivehi bahaai arabi bahugai kan nafeekurumugaivaa thafaathuthah. Male', Maldives National University.
ފާޠިމަތު އާދަމް. (2012). ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މިދިރާސާއަކީ ދިވެހިބަހާއި ޢަރަބިބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ފެންނާތީވެ، އެކަންތައްތައް ހޯދާ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ އަމާޒުކުރެވިފައިވާނި ދިވެހިބަހުގައާއި ޢަރަބި ބަހުގައި ނަފީކުރުމަކީ ކޮބައިކަމާއި ނަފީކުރުމަށް ބޭނުންކުރެވޭ އަކުރުތަކާއި އެ އަކުރުތައް ލަފުޒުގައި އައިސްފައި ހުންނަނީ ކޮން ދިމަދިމާއެއްގައިތޯ ބެލުމަށެވެ. އަދި މިދެބަހުގައިވާ ކަން ނަފީކުރުމުގައިވާ އެއްގޮތް ސިފަތަކާއި ތަފާތުތައްވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. މިދިރާސާގެ ސުވާލަށް ޖަވާބުދީ ސުވާލުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މިކްސްޑް މެތަޑްގެ ދަށުންނެވެ. މިގޮތުން ދިރާސާބަހާލެވިފައިވަނީ މައިގަނގަޑު ހަ ބާބުގެ މައްޗަށެވެ. މިދިރާސާއިން އެނގި ހާމަވިގޮތުގައި ދިވެހިބަހާއި ޢަރަބި ބަހުގައި ނަފީކުރެވޭ ގޮތުގައި ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއްވެއެވެ. މިގޮތުން މި ދެ ބަހުގައިވާ ލަފުޒުތައް ނަފީކުރުމުގައި ހުރި އެއްގޮތް ކަންތައްތަކަށް ބަލާއިރު ނަފީ ކުރެވޭ އަކުރުތައް ލަފުޒުތަކުގައި އައިސްފައިވާ ދިމާ ފާހަގަ ކޮށްލެވެއެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެވޭ ފަދައިން ޢަރަބި ބަހުގައިވެސްނަފީކުރުމަށް ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެއެވެ. މީގެއިތުރުން ދިވެހިބަހާއި ޢަރަބިބަހުގައި ލަފުޒު ނަފީކުރުމުގައި ތަފާތު ތަކެއްވާކަންވެސް ފާހަގަކުރެވުނެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ މެދަށް ނަފީގެ އަކުރު އަންނައިރު، ޢަރަބި ބަހުގައި މިގޮތަށް ނަފީގެ އަކުރުނާންނަކަން ފާހަގަކުރެވުނެވެ. ޢަރަބި ބަހުގައި ނަފީގެ އަކުރު އަންނަނީ ހަމައެކަނި މަސްދަރު ނުވަތަ ކަމުގެކުރިއަށެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހިބަހުގައި ނަފީކުރެވޭ ގޮތާއި ޚިލާފަށް ޢަރަބި ބަހުގައި ނަފީކުރެވޭއިރު ޒަމާނާއި ގުޅިގެން ނަފީކުރުމުގެ އަކުރަށް ބަދަލު އަންނަކަމެވެ. މިގޮތުން ޢަރަބި ބަހުގައި އެކި ޒަމާންތަކަށް ނަފީގެ އެކި އަކުރު ބޭނުން ކުރާކަން ފާހަގަކުރެވުނެވެ. ނަމަވެސް ދިވެހިބަހުގައި ބަދަލު އަންނަނީ ކަމަށެވެ. ނަފީގެ އަކުރަކަށް ޒަމާނާއި ގުޅިގެން ބަދަލެއް ނާދެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/905
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Fathmath Adam.pdf1.05 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.