Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/906
Full metadata record
DC FieldValueLanguage
dc.contributor.authorAli, Firag-
dc.contributor.authorފިރާޤް ޢަލީ-
dc.date.accessioned2018-03-14T17:23:36Z-
dc.date.available2018-03-14T17:23:36Z-
dc.date.issued2012-11-01-
dc.identifier.citationAli, F. (2012). Dhivehi bahugai kanithuruge thereygai kan nisbaiy vevey faraiy bayaankuraa kan ithuru himeney hehyeve.. Male',. Maldives National University.en_US
dc.identifier.citationފިރާޤް ޢަލީ . (2012). ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/906-
dc.description.abstractމި ދިރާސާއަކީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ މާއްދާއެއްކަމަށްވާ ޑައިރެކްޓެޑް ރިސާރޗް (DHI307 ( ގެ ދަށުން އެކުލަވާލި ދިރާސާއެކެވެ. މި ދިރާސާއަކީ ދިވެހިބަހުގެ ޤަވަޢިދުގެ ފޮތްތަކުގައި، މިހާތަނަށް ބަޔާންކޮށްފައިނުވާ ބާވަތެއްގެ ކަންއިތުރެއްހުރިކަން ދެނެގަތުމަށް އެކުލަވައިލި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ މައިގަނޑު އަމާޒަކީ"ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރިތޯ ބެލުމެވެ. މި ދިރާސާ ކުރުމުގެ ކުރިން ލިޓްރެޗަރ ރިވިއު ހެދީމެވެ. ކަންއިތުރާއި އޭގެ ބާވަތްތަކާއި، ކަންއިތުރު އުފެދޭ ގޮތާއި އޭގެ ސިފަތައް، ޤަވަޢިދު ފޮތްތަކުގެ އެހީގައި އެކުލަވައިލީމެވެ. މި ދިރާސާ ކުރީ ކޮލިޓޭޓިވް މެތަޑުގެ ދަށުން ކޮންޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެނެވެ. އަދި ދިރާސާގައި ސާމްޕަލް ނެގުމަށް ޓަކައި ޚިޔާރުކޮށްފައިވަނީ ޕަރޕޯސިވް ސާމްޕަލިންގް އެކެވެ. އެގޮތުން ދިވެހިބަހުން ލިޔެ ޗާޕްކޮށް ޝާއިޢުކޮށްފައިވާ 11 ފޮތަކުން 10 ލިޔުންތެރިއެއްގެ 30 ޖުމުލަ ނެގުނެވެ. މިޖުމުލަތައް ނަގާފައިވާނީ ދިވެހިބަހަށް ކުޅަދާނަ، ޤާބިލް ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުންނެވެ. ސާމްޕަލްގެ ގޮތުގައި ނެގި ޖުމުލަތައް ތަހުލީލުކުރެވުނީ ޖުމުލަތަކުގެ ގަސްހޫލައިގެ އެހީގައެވެ. އަދި ޖުމުލަތަކުގެ ވަކިވަކި ލަފުޒުން އަދާކުރާ ދައުރު ދެނެގަނެވުނީ މި ގަސްހޫލައިގެ އެހީގައެވެ. ހަމައެހެންމެ ޖުމުލައިގައި ލަފުޒު އަދާކުރާ ދައުރަށް ބަލައިގެން، "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހުރިތޯ ބެލިގެން ދިޔައެވެ. މި ދިރާސާއިން ހާމަވިގޮތުގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރެއެވެ. މި ބާވަތުގެ ކަންއިތުރު އުފެދިފައި ހުންނަނީ "ނަން" އާއި "އަކުރު" ގުޅިގެން އެއްލަފުޒެއްގެ ގޮތުގައެވެ. އަދި މި ވައްތަރުގެ ކަންއިތުރު އަންނަނީ "ވަންހަނާކަން" އެކުލެވިފައި ހުންނަ ޖުމުލައިގައެވެ. ހަމައެހެންމެ މީގެ ކަންއިތުރު، ޖުމުލައިގެ"ކަން" ގެ ކުރިއަށާއި ފަހަތަށް ގެނެވިފައި ހުންނަކަން ފާހަގަކުރެވުނެވެ. އަދި މި ބާވަތުގެ ކަންއިތުރު ޖުމުލައިގެ ތެރޭގައި ހަޒުފުވެފައި ނުވަތަ ފާޅުނުވާ ގޮތަށްވެސް ގެނެސްފައި ހުންނާތީ ފެނުނެވެ.en_US
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ-
dc.subjectކަންއިތުރުen_US
dc.subjectކަން ނިސްބަތްވެވޭ ފަރާތްen_US
dc.subjectއަކުރުen_US
dc.subjectކަންއިތުރު އުފެދޭ ގޮތްen_US
dc.titleދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ.en_US
dc.title.alternativeDhivehi bahugai kanithuruge thereygai kan nisbaiy vevey faraiy bayaankuraa kan ithuru himeney hehyeve.en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
FIRAG ALI.pdf457.72 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.