Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/913
Full metadata record
DC FieldValueLanguage
dc.contributor.authorHakeem, Athif Abdul-
dc.contributor.authorޢާޠިފް ޢަބްދުލް ޙަކީމް-
dc.date.accessioned2018-03-15T07:22:17Z-
dc.date.available2018-03-15T07:22:17Z-
dc.date.issued2013-11-01-
dc.identifier.citationHakeem, A. A. (2013). Maleyge sukoolthakugai kiyavaa, saanavee gureyduthakuge dharivarun raivaru kiumaamedhu dhekenee kihineh?. Male', Maldives National University.en_US
dc.identifier.citationޢާޠިފް ޢަބްދުލް ޙަކީމް. (2013). މާލޭގެ ސްކޫލްތަކުގައި ކިޔަވާ، ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ރައިވަރު ކިޔެވުމާމެދު ދެކެނީ ކިހިނެތް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urisaruna.mnu.edu.mv/jspui/handle/123456789/913-
dc.description.abstractމި ދިރާސާ އަލީގައި ހާމަ ކޮށްފައިވާނީ، މާލޭގެ ސްކޫލްތަކުގައި ކިޔަވާ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ރައިވަރު ކިޔެވުމާމެދު ދެކޭ ގޮތްތަކެވެ. މި ދިރާސާގެ މަޤުޞަދަކީ، ރައިވަރަކީ ދިވެހި ބަހުގެ މުޤައްރަރުގައި ހިމެނިގެން ޤައުމީ ފެންވަރުގައި ދެވޭ އިމްތިޚާނުގައި ވަޒަންކުރެވޭ އެއްޗަކަށް ވީހިނދު، ރައިވަރު ކިޔަވަން ދަރިވަރުން ފޫހިވާކަމަށް މި އިވޭ އަޑުތަކަކީ ހަމަ ހަޤީޤަތުގައި ވެސް، އެކުދީން ރައިވަރު ކިޔަވާން ފޫހިވާތީ ދައްކާ ވާހަކައެއްތޯ ބަލައި އެކަން ހާމަކޮށް ދިނުމެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ މައިގަނޑު ހަތަރު ދިރާސާ ސުވާލުގެ އެހީގައެވެ. މި ދިރާސާ ފަރުމާ ކުރެވިފައި ވާނީ އިންޑަކްޓިވް އެޕްރޯޗެއްގެ ދަށުން ކުއެންޓިޓޭޓިވް މެތަޑް ބޭނުން ކޮށްގެން ދިރާސާ ސުވާލުތަކަށް ޖަވާބު ހޯދޭގޮތަށެވެ. މާލޭގެ ސާނަވީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ޖުމްލަ އާބާދީގައި 5869 ދަރިވަރުން ތިބިއިރު، މި ދިރާސާގެ ބޭނުމަށް އިޚްތިޔާރުކުރި މާލޭގެ އެންމެ ބޮޑެތި، އެންމެ ގިނަދުވަހު ސާނަވީއަށް ކިޔަވައިދިން ސްކޫލުތަކުގައި ތިބި 3017 ދަރިވަރުންގެ ތެރެއިން، މި ދިރާސާއަށް ސާމްޕްލިންގެ ގޮތުގައި، ސްޓެޓިފައިޑް ރޭންޑަމް ސާމްޕްލިންގ ބޭނުންކޮށްގެން 150 ދަރިވަރުން ބޭނުން ކޮށްފައިވާނެއެވެ. މި ދިރާސާގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ބޭނުން ކުރެވުނީ މައިގަނޑު ދެ ސެކްޝަނެއްގެ މައްޗަށް އެކުލެވޭ ކުއެސްޗަނިއަރ އެކެވެ. މި ކުއެސްޗަނިއަރ ފޯމުތަކުގެ އެހީގައި ލިބުނު މައުލޫމާތުތައް މެނުއަލްކޮށް ގުނައިގެން އެކްސެލް ޝީޓަކަށް ނަގައި، ނަތީޖާތަކުގެ ޖުމްލަހަދައި، ޕަސަންޓޭޖު ކުރުމަށްފަހު، ނަތީޖާތައް ތާވަލާއި އަދި ގްރާފުތަކަށް ބަދަލުކުރެވުނެވެ. މި ދިރާސާގައި ހޯދުނު މައިގަނޑު ހޯދުންތަކަކީ، (1) ގިނަ ދަރިވަރުން، ޅެން އަދި ރައިވަރު ކިޔާ އަދި ލިޔެ ނުހަދާ ކަމަށާއި، (2) ގިނަ ދަރިވަރުން ޅެން އަދި ރައިވަރު ކިޔާ އަދި ލިޔެ ހަދަނީ ކުރާހިތުން ނޫން ކަމަށާއި (3) ގިނަ ދަރިވަރުން ރައިވަރު ކިޔަން ޝައުގުވެރި ނުވާ ކަމަށާއި، (4) ސްކޫލްތަކުގައި ރައިވަރު ކިޔަވައިދޭ ގޮތާމެދު ގިނަ ދަރިވަރުން ހިތްހަމަ ނުޖެހޭ ކަމަށާއި، (5) އިމްތިޙާނުގައި ގިނަ ދަރިވަރުންނަށް އާއްމުކޮށް ރައިވަރުގެ ބައިން ލިބެނީ ދަށް ނުވަތަ ވަރަށް ދަށް މާކުސް ކަމަށާއި، އަދި (6) ނަމަވެސް ރައިވަރަކީ އިމްތިޙާނުގައި ހިމަނަންޖެހޭ އެއްޗެއްކަމަށް ގިނަ ދަރިވަރުންނަށް ފެންނަ ކަމަށެވެ. މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބަލާ، ދަރިވަރުން ރައިވަރަށް އޮންނަ ޝައުޤު އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއްގެ ގޮތުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި، އަދި ސްކޫލްތަަކަށް ކުރެވިދާނެ ކަންތައްތައް ހުށައަޅާފައިވާނެއެވެ.en_US
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ-
dc.subjectސާނަވީ ގްރޭޑްen_US
dc.subjectރައިވަރު ކިޔުންen_US
dc.subjectޅެން އަދި ރައިވަރުen_US
dc.subjectއިމްތިޙާނުen_US
dc.subjectކިޔަވައިދިނުންen_US
dc.titleމާލޭގެ ސްކޫލްތަކުގައި ކިޔަވާ، ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ރައިވަރު ކިޔެވުމާމެދު ދެކެނީ ކިހިނެތް؟en_US
dc.title.alternativeMaleyge sukoolthakugai kiyavaa, saanavee gureyduthakuge dharivarun raivaru kiumaamedhu dhekenee kihineh?en_US
dc.typeThesisen_US
Appears in Collections:ދިވެހި ބަހުގެ ޢިލްމް
Dhivehi Language Studies


Files in This Item:
File Description SizeFormat 
Athif Abdul Hakeem.pdf1.41 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.