Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/914
Title: | މީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރެވެމުން ދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟ |
Other Titles: | Meediaagai dhivehibahuge dharajathah beynunkurevemun dhanee kon usoolakun hehyeve? |
Authors: | Ahmed, Ashraf އަޝްރަފު އަޙްމަދު |
Keywords: | މީޑިއާ ދިވެހިބަހުގެ ދަރަޖަތައް މީޑިއާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައް އޮންލައިން ނޫސްތައް ޓީވީ ޕްރޮގްރާމް ދޭދޭ މީހުންގެ ވާހަކަ ދެއްކުން މީޑިއާގައި ގެންގުޅޭ އުޞޫލުތަކުގެ ސަބަބުން ބަހަށް ފޯރައިދާނެ ނޭދެވޭ އަސަރުތައް ދަރަޖަ ބޭނުންކުރުމުގައި ވަކި ހަމައެއްނެތި ބޭނުންކުރުން ދަރަޖަތައް މަސްހުނިކޮށް ދަރަޖަ އޮޅުވާލައިގެން |
Issue Date: | 1-Nov-2013 |
Publisher: | Faculty of Arts, Maldives National University ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ |
Citation: | Ahmed, A. (2013) Meediaagai dhivehibahuge dharajathah beynunkurevemun dhanee kon usoolakun hehyeve?. Male', Maldives College of Higher Education. އަޝްރަފު އަޙްމަދު. (2013). މީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރެވެމުން ދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. |
Abstract: | މި ދިރާސާއަކީ މީޑިއާގައި ދިވެހިބަހުގެ ދަރަޖަތައް ބޭނުންކުރަމުން ދަނީ ކޮން އުޞޫލަކުންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި އުޞޫލު ދެނެގަތުމަށްޓަކައި ދިވެހިބަހުގެ މާހިރުންގެ އިންޓަރވިއުއާއި، މީޑިއާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައް ލައްވައި ފުރުއްވި ސާވޭ ފޯމާއި، އޮންލައިން ނޫސްތަކުން ނެގި ލިޔުންކޮޅުތަކުންނާއި އަދި ޓީވީ ޕްރޮގްރާމްތަކުން ނަގާފައިވާ ދޭދޭ މީހުންގެ ވާހަކަ ދެއްކުން ތަކަށް ބަލައި މީޑީއާގައި އެ އުޞޫލު ގެންގުޅޭ ގޮތުގެ މައްޗަށް ބަލާލެވިފައި ވާނެއެވެ.
މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެންނެވެ. ދިރާސާގައި ކޮލިޓޭޓިވް މެތަޑް ބޭނުންކުރީ ހިސާބު ޢަދަދަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން ހޯދޭ މަޢުލޫމާތު ތަޙުޤީޤީ ނަޒަރަކުން ބަލަންޖެހޭތީ އެވެ.
ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރެވުނު އިންޓަވިއުތަކުން ބަހުގެ މާހިރުންގެ ނަަޒަރުގައި މީޑިއާގައި ދަރަޖަ ބޭނުން ކުރެވޭ އުޞޫލާއި، މީޑިއާގައި ގެންގުޅޭ އުޞޫލުތަކުގެ ސަބަބުން ބަހަށް ފޯރައިދާނެ ނޭދެވޭ އަސަރުތަކާއި، ދަރަޖަތައް ގެއްލިގެން ދިޔަ ނުދިނުމަށް މީޑިއާއަށް އަދާކުރެވިދާނެ ދައުރު ނުވަތަ ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކައި އެފަރާތްތަކުގެ ޚިޔާލު ހިމަނާފައި ވާނެއެވެ. މީގެ އިތުރުން ސާރވޭ ފޯމުގެ އަލީގައި، ނޫސްތަކުން ނެގި ލިޔުންކޮޅުތަކުންނާއި އަދި ދޭދޭ މީހުންގެ ވާހަކަދެއްކުންތަކުން މީޑިއާގައި ބެހުގެ ދަރަޖަތައް ބޭނުންކުރަން އެނގޭ މިންވަރު ހޯދިފައިވާނެއެވެ.
ބަހުގެ މާހިރުންގެ ވާހަކަތަކަށް ބަލާއިރު ގިން ބޭފުޅުންގެ ވާހަކަފުޅުތަކުން ހާމަވީ ކުރީގައި ދިވެހިބަހުގެ ޤަވާޢިދުގައި އެކަށައަޅާފައި ގޮތާއި އެއްގޮތަށް ވާހަކަ ދައްކަމުން އައިސްފައި ވާކަމެވެ. ނަމަވެސް މިހާރަކަށް އައިސް މިކަމަށް މާބޮޑު ސަމާލުކަމެއް ދެވެމުން ނުދާކަމަށެވެ. އަދި ދަރަޖަ ބޭނުންކުރުމުގައި ވަކި ހަމައެއްނެތި ބޭނުންކުރަމުން ގެންދާކަމެވެ. މިގޮތުން މުޅި ދިރާސާގެ މަސައްކަތުން ހާމަވެގެން ދިޔައީ މީޑިއާގައި ދިވެހިބަހުގެ ދަރަޖަ ބޭނުންކުރަމުންދަނީ ވަކި އުޞޫލެއްނެތި ދަރަޖަތައް މަސްހުނިކޮށް ދަރަޖަ އޮޅުވާލައިގެން ކަމެވެ. އަދި މިހާރު ބަހުގެ މާތް ދަރަޖައަށް ސަމާލުކަން ނުދެވި އެ ދަރަޖަ މުޅިންކަހަލަ ގޮތަކަށް ދޫވެގެން ގޮސްފައިވާ ކަމެވެ. |
URI: | saruna.mnu.edu.mv/jspui/handle/123456789/914 |
Appears in Collections: | ދިވެހި ބަހުގެ ޢިލްމް Dhivehi Language Studies
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.