Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/915
Title: ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަން ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ބަހުރުވައަށް ބަދަލުވެގެންދާއިރު އެއަށް އަންނަ ލިންގްއިސްޓިކް ބަދަލުތަކުގެ ތެރެއިން ފޮނޮލޮޖިކަލް އަދި މޯފޮލޮޖިކަލް ތަފާތުތައް.
Other Titles: Rasmee bahuruvaigai beynunkuraa badhalunan huvadhu atholhu uthuruburee Kolamaafushee bahuruvaah badhaluvegen dhaairu eyah anna linguistic badhalu takuge therein fonological adhi moafological thafaathuthah.
Authors: Hakeem, Saiga Abdul
ޞާއިޤާ ޢަބްދުލް ޙަކީމް
Keywords: ރަސްމީ ބަހުރުވަ
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށި
ފޮނޮލޮޖިކަލް
މޯފޮލޮޖިކަލް
ބަދަލުނަން
Issue Date: 1-Nov-2013
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Hakeem, S. A. (2013). Rasmee bahuruvaigai beynunkuraa badhalunan huvadhu atholhu uthuruburee Kolamaafushee bahuruvaah badhaluvegen dhaairu eyah anna linguistic badhalu takuge therein fonological adhi moafological thafaathuthah. Male', Maldives National University.
ޞާއިޤާ ޢަބްދުލް ޙަކީމް. (2013). ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަން ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ބަހުރުވައަށް ބަދަލުވެގެންދާއިރު އެއަށް އަންނަ ލިންގްއިސްޓިކް ބަދަލުތަކުގެ ތެރެއިން ފޮނޮލޮޖިކަލް އަދި މޯފޮލޮޖިކަލް ތަފާތުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މިއީ ބަހަވީ ޢިލްމުވެރިން ތަފާތު ބަހުރުވައާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާތަކުގެ އެހީގައި ބަހުރުވައެއްގެ މޯފޮލޮޖިކަލް ތަފާތު ދެނެގަތުމަށް ކޮށފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތައް ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ބަހުރުވައަށް ބަދަލުވެގެންދާއިރު އެއަށް ފޮނޮލޮޖިކަލް ގޮތުންނާއި މޯފޮލޮޖިކަލް ގޮތުން އަންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ ދެނެގަތުމަށް މަސައްކަތް ކޮށފައިވާނެއެވެ. މިދިރާސާގެ މަގުސަދު ޙާޞިލްކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމް ބޭނުންކޮށަގެންނެވެ. މި ދިރާސާއަށް ސާމަޕްލް ނެގުމުގައި ބޭނުންކޮށަފއިވާނީ ޕާޕަސިވް ސާމްޕްލިންގ މެތަޑެވެ. މި މެތަޑް ބޭނުންކޮށަގެން ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ބަހުރުވައިން ވާހަކަދައްކާ އެރަށުގެ އަހުލުވެރިންގެ ތެރެއިން 12 މީހަކު މި ރިސާޗްގެ ކުވެސްޗަނިއަރގައި ބައިވެރި ކޮށފައިވާނެއެވެ. މިދިރާސާއިން ފާހަގަކުރެވުން ކަންތައްތަކެއް ވެއެވެ. އެގޮތުން ފާހަގަކުރެވުނު އެއް ކަމަކީ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަން ހުވަދުއަތޮޅު ކޮލަމާފުށީ ބަހުރުވައަށް ބަދަލުވެގެންދާއިރު އެއަށް ފޮނޮލޮޖިކަލްގޮތުން އަދި މޯފޮލޮޖިކަލްގޮތުން ބަދަލުތަކެއް އަންނަކަމެވެ. ފޮނޮލޮޖިކަލްގޮތުން ބަލާއިރު ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަން ހުވަދުއަތޮޅު ކޮލަމާފުށީ ބަހުރުވައަށް ބަދަލުވެގެންދާއިރު އެއަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކުގެ ތެރޭގައި އިނިޝިއަލް އަޑު ތަފާތުވުމާއި ފައިނަލް އަޑު ތަފާތުވުން ހިމެނެއެވެ. މޯފޮލޮޖިކަލް ގޮތުން ބަލާއިރު ރަސްމީބަހުރުވައިގައި ބޭނުންކުރޭ ބަދަލުނަންތައް ހުވަދުއަތުޅު ކޮލަމާފުށީ ބަހުރުވައަށް ބަދަލިވެގެންދާއިރު ބަދަލުނަމުގެ ގޮތުގައި ބޭނުންކުރެވޭ ހުރިހާލަފުޒުތަކަކީ ވެސް ފްރީ މޯފީމްތަކެއްކަން ފާހަގަކުރެވެއެވެ.
URI: saruna.mnu.edu.mv/jspui/handle/123456789/915
Appears in Collections:ދިވެހި ބަހުގެ ޢިލްމް
Dhivehi Language Studies


Files in This Item:
File Description SizeFormat 
Saiga Abdul Hakeem.pdf1.37 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.