Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/937
Title: | އޮނިގަނޑުގެ ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟ |
Other Titles: | Oniganduge gothun balaairu Dhivehi bahugai huri jumlaige vahtharuthakakee kobaa? |
Authors: | Nashid, Hassan ހަސަން ނާޝިދު |
Keywords: | އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހިބަސް ޖުމްލައިގެ ވައްތަރުތައް އިނގިރޭސި ބަސް ސާދާ ޖުމުލަ ކޯނި ޖުމުލަ އެކުވި ޖުމުލަ ދެބަސްކޯޅި ތިން ވައްތަރެއްގެ ޖުމުލަ ބަސްކޯޅި |
Issue Date: | 1-Nov-2013 |
Publisher: | Faculty of Arts, Maldives National University ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ |
Citation: | Nashid, H. (2013). Maldives National University. ހަސަން ނާޝިދު. (2012). އޮނިގަނޑު ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. |
Abstract: | މިއީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބައިކަން ހޯދައި ދިރާސާކުރުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރަންޖެހުނީ ދިވެހި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާތީއެވެ. އެހެންކަމުން ސިންޓެކްސް އިލްމުގެ އެހީގައި ލިބުނު މައިލޫމާތުގެ ބޭނުންކޮށްގެން މި ދިރާސާ ތައްޔާރުކުރީމެވެ.
މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ކޮންޓެންޓް އެނެލިސިސް، މެތޮޑޮލޮޖީއަކަށް ބޭނުންކޮށްގެންނެވެ. މިގޮތުން ދިވެހި ބަހުގެ ގަވާއިދު ފޮތަތަކުގައި ހުރި ބައެއް މައުލޫމާތާއި އިނގިރޭސި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކާއި ގުޅޭ ބައެއް މައުލޫމާތު ބޭނުންކޮށްގެން މި ދިރާސާ ކުރީމެވެ. މިގޮތުން ދިވެހިބަހުން ލިޔެފައި ހުރި ދެ ބާވަތެއްގެ ލިޔުންތަކަކުން (މަޒުމޫނާއި، ވާހަކައިން) ޖުމްލަތަކެއް ނަގައިގެން ތަހުލީލުކުރީމެވެ. އަދި ޖުމްލަތަކުގެ ބަސްކޯޅިއަށް (ކްލޯޒަށް) ބަލައިގެން ޖުމްލަތައް ރޫޅާލުމަށްފަހު ޖުމުލައިގެ އޮނިގަނޑު ދިރާސާކުރީމެވެ.
މިގޮތުން މި ދިތާސާއިން ހޯދުނު ގޮތުގައި ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުރެއެވެ. އެއީ ސާދާ ޖުމުލައާއި ކޯނި ޖުމުލައާއި އެކުވި ޖުމުލައެވެ. އިނިން ކޮންމެ ވައްތަރެއްގެ ޖުމަލަވެސް އެއްވައްތަރު އަނެއް ވައްތަރާއި ތަފާތެވެ. މިގޮތުން ދިވެހި ބަހުގައި ހުންނަ ސާދާ ޖުމަލައިގައި އެންނަނީ އެންމެ ބަސްކޯޅިއެކެވެ. އެއީ މިނިވަން ބަސްކޯޅިއެކެވެ. އެހެންނަމަވެސް ކޯނި ޖުމަލައެއްގައި ނަމަ ދެބަސްކޯޅި އޮންނާނެއެވެ. އަދި އޭގެތެރެއިން އެއް ބަސްކޯޅި މިނިވަންވާއިރު އަނެއް ބަސްކޯޅި މިނިވަނެއް ނުވާނެއެވެ. ހަމައެއާއެކު ގުޅުވާ އަކުރެއްގެ އެހީގައި މިނިވަން ދެ ބަސްކޯޅި ގުޅާލުމުން އެކުވި ޖުމުލަ އުފެދޭކަން ވެސް މި ދިރާސާއިން ހޯދުނެވެ. އެހެންކަމުން މިދިރާސާއިން ހޯދުނީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުންނަ ކަމެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/937 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.