Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/939
Full metadata record
DC FieldValueLanguage
dc.contributor.authorZakariyya, Naufa-
dc.contributor.authorނައުފާ ޒަކަރިއްޔާ-
dc.date.accessioned2018-03-16T06:08:35Z-
dc.date.available2018-03-16T06:08:35Z-
dc.date.issued2011-11-01-
dc.identifier.citationZakariyya, N. (2011). Dhivehi kudakudhinnaai bodathi meehunge vaahakadhehkumugai maigandu gothehgai hunna fonological nuvatha aduthakuge thafaathuthah. Male', Maldives College of Higher Education.en_US
dc.identifier.citationނައުފާ ޒަކަރިއްޔާ. (2011). ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައް . މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/939-
dc.description.abstractމިދިރާސާއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެއްވާ ކަމަށް ޤަބޫލުކުރެވޭތީ، ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ފޮނޮލޮޖިކަލް ގޮތުން ހުންނަ މައިގަނޑު ތަފާތުތައް ހޯދުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާއަމާޒުކުރެވިފައިވަނީ ހަމައެކަނި މާލެ އަށެވެ. އެހެނީ، މި ދިރާސާކޮށްފައިވަނީ ހަމައެކަނި މާލެއިން ސާމްޕަލް ނަގައިގެން ކަމަށް ވާތީ އެވެ. އެހެންކަމުން، މި ދިރާސާގައި ބަލާލާފައިވާނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިތޯ އާއި ތަފާތު އަންނަން މެދުވެރިވަނީ ކީއްވެގެންތޯއެވެ. އަދި ހަމައެއާއެކު، ކުޑަކުދިންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ ސިލަބަލް ސްޓްރަކްޗަރ ތަކަކީ ކޮބައިތޯ ވެސް ބަލާލާފައިވާނެއެވެ. މި ކުރިއަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މިދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ކުޑަކުދިންގެ ތެރެއިން، ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ 10 ކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 10 މީހުންނެވެ. މި ދިރާސާެގެ އަލީގައި ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑުގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތައް ހޯދާފައިވާނެއެވެ. އަދި ހަމައެއާއެކު، ދިރާސާއިން ފާހަގަވެގެންދިޔަ ކަމަކީ، ކުޑަކުދިންގެ ވާހަކަދެއްކުމުގައި އަޑުތައް ބޭނުންކުރާ ގޮތަށް ބަދަލުގެނައުމަށްޓަކައި ތަފާތު އުސޫލުތަކެއް ބޭނުން ކުރާކަމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުން ތަފާތު ފާހަގަވެގެންވަނީ، ކުޑަކުދިން މި އުސޫލު ބޭނުންކުރާތީއެވެ. ކުޑަކުދިންގެ ވާހަކަދެއްކުމާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކުގެ ސަބަބުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރ އަދި ޕުލޭސް އޮފް އާޓިކުލޭޝަން އަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ކުޑަކުދިންގެ ވާހަކަދެއްކުމުގައި ތަފާތު ސިލަބަސް ސްޓްރަކްޗަރ ތަކަކަށް ފެތޭ ގޮތަށް ލަފުޒުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަވެގެންދިޔައެވެ.en_US
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން-
dc.subjectކުޑަކުދިންނާއި ބޮޑެތި މީހުންen_US
dc.subjectވާހަކަދެއްކުމުގެ ތަފާތުen_US
dc.subjectފޮނޮލޮޖިކަލްen_US
dc.subjectފޮނޮލޮޖިކަލް ތަފާތުތen_US
dc.subjectދިވެހިބަހުގެ ޤަވާއިދުen_US
dc.subjectދިވެހިބަސްen_US
dc.subjectވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރen_US
dc.subjectޕުލޭސް އޮފް އާޓިކުލޭޝަންen_US
dc.subjectސިލަބަސް ސްޓްރަކްޗަރen_US
dc.titleދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައްen_US
dc.title.alternativeDhivehi kudakudhinnaai bodathi meehunge vaahakadhehkumugai maigandu gothehgai hunna fonological nuvatha aduthakuge thafaathuthahen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Naufa Zakariyya.pdf12.87 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.