Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/940
Full metadata record
DC FieldValueLanguage
dc.contributor.authorShareef, Moosa-
dc.contributor.authorމޫސާ ޝަރީފު-
dc.date.accessioned2018-03-16T06:22:09Z-
dc.date.available2018-03-16T06:22:09Z-
dc.date.issued2011-11-01-
dc.identifier.citationShareef, M. (2011). Maaleygai saanavee adhi mathee saanavee gureyduthakugai dhivehibas kiyavaidhehvaa mudhahrisunnah Dhivehi bahuge ekashaalhaafaivaa gavaaidhu engenee kihaa minvarakah hehyeve?. Male', Maldives College of Higher Education.en_US
dc.identifier.citationމޫސާ ޝަރީފު. (2011). މާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑްތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދު އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ . މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/940-
dc.description.abstractމި ދިރާސާއަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދު ރަނގަޅަށް ނޭނގޭކަމަށް ދެކެވޭ ވާހަކައިގެ ޙަޤީޤަތް ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. އެހެންނަމަވެސް، ދިރާސާކުރަން ލިބުނު ވަގުތާއި، ލަފުޒުގެ ޙުދޫދުގެ ސަބަބުން، ދިރާސާގެ ސުވާލު ހަމައެކަނި މާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑުތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ހަނިކޮށް، ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގެ ތެރެއިން، އާބާފިއްޔާއި އައިބައިފިލި، ނަފީކުރެވޭ އުޞޫލުތައް، ތިކިޖެހިތާން، ހުސްނޫނު، ވާހަކަދެއްކުމުގެ ދަރަޖަތައް، ސުކުންކުރެވޭ ހަމަތައް، ހުރުން-އިނުން-އޮތުން އަދި ފުޅު-ކޮޅުގެ ހަމަތައް ބަލާގޮތަށް ހަމަގެއްސީމެވެ. މިއީ، އެންމެ އާންމުކޮށް އޮޅުން އަރާ ބައިތަށްކަމަށް ދިވެހި ބަސްވާރުން އެއްބަސްވެލައްވާފައިވާ ބައިތައް ކަމަށްވާތީ އެވެ. މިއީ، މުދައްރިސުންނަށް ޤަވާޢިދުތައް އެނގޭ މިންވަރު ބެލުމުގެ ގޮތުން ހަދާފައިވާ ދިރާސާއެއްކަމަށްވާތީ، މި ދިރާސާގައި ބޭނުންކުރީ ކުއަންޓިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނަގާފައިވަނީ މާލޭގައި ހުރި ޖުމްލަ 17 ސުކޫލުގެ ތެރެއިން އާބާދީ ބޮޑު ސުކޫލުތަކަށް ބޮޑު ޕުރޮޕޯޝަނެއްދީގެން ރޭންޑަމް އުޞޫލަކުންނެވެ. އެގޮތުން، މި ދިރާސާގައި ބައިވެރިކުރެވުނު މުދައްރިސުންނަށް އިޙްތިޔާރީ ސުވާލުކަރުދާހެއް ދީގެންނާއި، ބައެއް ގަޑިތައް އޮބްޒާވްކޮށްގެން ޑާޓާ އެއްކުރީމެވެ. މި ދިރާސާގެ ހޯދުންތަކުން ދެއްކީ ދިރާސާކުރުމަށް އިޙްތިޔާރުކުރި ހައިޕޮތެސިސް ސާބިތުނުވާކަމެވެ. އެހެނީ، މި ދިރާސާގައި ބައިވެރިވި މުދައްރިސުންގެ ތެރޭގައި، މި ދިރާސާގައި ބަލައިލެވުނު ޤަވާޢިދުގެ ބައިތައް އެއްގޮތަކަށްވެސް ނޭނގޭ މުދައްރިސެއްނެތްއިރު، 73 އިންސައްތަ މުދައްރިސުންނަކީ އެބައިތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސުވާލަށް ރަނގަޅު ޖަވާބުދީފައިވާ މުދައްރިސުންނެވެ. އަދި 20 އިންސައްތަ މުދައްރިސުންނަކީ ޤަވާޢިދުތައް ވަރަށް ރަނގަޅަށް އެނގޭ މުދައްރިސުންނެވެ. ޤަވާޢިދުތަޢް ކުޑަމިންވަރަކަށް އެނގުނީ 7 އިންސައްތަ މުދައްރިސުންނަށެވެ. އެހެންކަމުން މިދިރާސާގެ ހޯދުންތަކުން ދައްކަނީ ދިރާސާގައި ބައިވެރިވި ދިވެހި ކިޔަވައިދެއްވާ ގިނަ މުދައްރިސުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދު ފުދޭވަރަކަށް އެނގޭކަމެވެ.en_US
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން-
dc.subjectކިޔަވައިދެއްވާ މުދައްރިސުންen_US
dc.subjectދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދުen_US
dc.subjectމުދައްރިސުންނަށް ޤަވާޢިދުތައް އެނގޭ މިންވަރު ބެލުންen_US
dc.subjectދިވެހިބަސްen_US
dc.subjectދިވެހިބަހުގެ ޤަވާއިދުen_US
dc.subjectޤަވާއިދުen_US
dc.titleމާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑްތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދު އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟en_US
dc.title.alternativeMaaleygai saanavee adhi mathee saanavee gureyduthakugai dhivehibas kiyavaidhehvaa mudhahrisunnah Dhivehi bahuge ekashaalhaafaivaa gavaaidhu engenee kihaa minvarakah hehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Moosa Shareef.pdf2.04 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.