Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/943
Title: | ދިވެހި އަދަބިއްޔާތުގެ ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރު އަދި ހިނގައިގަނެވުނު ދައުރުގެ ('ޅަފިހި' ދައުރުތަކުގެ) ޅެންވެރިކަމުން، ކްލެސިސިޒަމް، ރޮމޭންސިޒަމް އަދި ރިއަލިޒަމްގެ ސިފަ ފެނޭހެއްޔެވެ؟ |
Other Titles: | Dhivehi adhabihyaathuge lhafathuge dhauraai firukenfeshi dhauru adhi hingaiganevunu dhauruge (lhafihi dhauruthakuge) lhenverikamun, clasisizum, romanizum adhi rializumge sifa feneyhehyeve? |
Authors: | Rashadh, Amjad އަމްޖަދު ރަޝާދު |
Keywords: | ދިވެހި އަދަބިއްޔާތު ޅަފަތުގެ ދައުރު ހިނގައިގަނެވުނު ދައުރު ފިރުކެންފެށި ދައުރު ރިއަލިޒަމްގެ އަސަރު ދިވެހިޅެންވެރިކަން |
Issue Date: | 1-Nov-2011 |
Publisher: | Faculty of Arts, Maldives College of Higher Education ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން |
Citation: | Rashaad, A. (2011). Dhivehi adhabihyaathuge lhafathuge dhauraai firukenfeshi dhauru adhi hingaiganevunu dhauruge (lhafihi dhauruthakuge) lhenverikamun, clasisizum, romanizum adhi rializumge sifa feneyhehyeve?. Male' Maldives College of Higher Education. އަމްޖަދު ރަޝާދު. (2011). ދިވެހި އަދަބިއްޔާތުގެ ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރު އަދި ހިނގައިގަނެވުނު ދައުރުގެ ('ޅަފިހި' ދައުރުތަކުގެ) ޅެންވެރިކަމުން، ކްލެސިސިޒަމް، ރޮމޭންސިޒަމް އަދި ރިއަލިޒަމްގެ ސިފަ ފެނޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. |
Abstract: | މިއީ "ދިވެހި އަދަބިއްޔާތުގެ ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރު އަދި ހިނގައިގަނެވުނު ދައުރުގެ ޅެންވެރިކަމުން، ކްލެސިސިޒަމް، ރޮމޭންޓިސިޒަމް އަދި ރިއަލިޒަމްގެ ސިފަ ފެނޭހެއްޔެވެ؟" މި ސުވާލަށް ޖަވާބު ހޯދުމުގެ މައްޗަށް، ކޮލިޓޭޓިވް ޕެރަޑައިމްގެ އެހީގައި ޑިޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކުރާ ދިރާސާއެކެވެ. އެކަމަށްޓަކައި ދިވެހި އަދަބިއްޔާތުގެ 3 ދައުރުން ކޮންމެ ދައުރެއްގެ ޅެންވެރިޔަކު ޕާޕަސިވްކޮށް ހޮވައި، އެ 3 ޅެންވެރިން 3 ދައުރުގައި ކުރަށްވާފައިވާ މަސައްކަތުގެ ތެރެއިން ކޮންމެ ޅެންވެރިޔެއްގެ 2 މަސައްކަތް އިޚްތިޔާރުކޮށް، އެ ރައިވަރާއި ޅެމުން ރެންޑަމްކޮށް ސާމްޕަލް ނަގައި އެނަލައިޒް ކޮށްފައި ވާނެއެވެ.
މިދިރާސާއިން އެނގުނު ގޮތުގައި ދުނިޔޭގެ މަޝްހޫރު އަދަބިއްޔާތުތަކުގެ ޅެންވެރިކަމުން ފެންނަންހުރި ކްލެސިސިޒަމް، ރޮމޭންޓިސިޒަމް އަދި ރިއަލިޒަމް ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުންވެސް ފެންނާން އެބަހުއްޓެވެ. އެގޮތުން ކްލެސިސިޒަމް ކަމުގައިވާ އަދަބު ތަޢުޟީމް އަދާކުރުމާއި ތަޢުރީފް ކުރުމުގެ އާދަ އަދި ހަދިޔާއާއިގެން ރަދުން އަރިހަށް ދީގޮތާއި އަދި ރަސްކަމުގެ ހައިބަތާއި ޢިއްޒަތްތެރިކަން އަދި ޝަރަފު ހާމަކޮށްދިނުމުގެ އަދަބު، ދިޔޯގެ ރައިވަރާއި އަރުމާދު އަދި ސިއްކަމޮހޮރީގެ ބައެއް ރައިވަރު ފެނެއެވެ.
ރޮމޭންޓިސިޒަމް ގެ ސިފަތަށްވެސް ދިވެހި ޅެންވެރިކަމުގައި ހުރިކަން މިދިރާސާއިން ވަރަށް ފުރިހަމައަށް ސާބިތުވެއެވެ. ނައިބުތުއްތު އޭނާއަށް ސިޔާސީގޮތުން ލިބިފައިވާ ވޭނާއި ކެކުޅުން ސުއްކަތުރާ ލޯބީގެ ޖަޒްބާތުތަކަކީވެސް އިމެއްނެތި ޝާއިރުގެ ތަޖްރިބާ އާ ޖަޛްބާތު ހާމަކުރުމުގެ ރޮމޭންޓިސިޒަމްގެ ހާމަކުރުންތަކެވެ.
މިދިރާސާއިން ރިއަލިޒަމްގެ އަސަރުވެސް ދިވެހިޅެންވެރިކަމުގައި ހުރިކަން، ޒަމާނުގެ ހާލިތު ދައްކައިދިނުމާއި އުޅުމުގައި އަދަބުވެރިވުމަށާއި، އިޤްތިޞާދު ކުރުމުގައި ބަލައިގެން އުޅުމަށް ނަސޭހަތްތެރިވުން ފަދަ ދުނިޔަވީ އަދި ދުވަހީ ކަންނަކަމަށް ވަރަށްބޮޑަށް އަލިއަޅުވާލައި ޙަޤީޤަތް ހާމަކުރުމުން އަންގާދެއެވެ. އެހެންކަމުން "ދިވެހި އަދަބިއްޔާތުގެ ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރު އަދި ހިނގައިގަނެވުނު ދައުރުގެ ("ޅަފިހި" ދައުރުގެ) ޅެންވެރިކަމުން، ކްލެސިސިޒަމް، ރޮމޭންޓިސިޒަމް އަދި ރިއަލިޒަމްގެ ސިފަ ފެންނާން ހުރިކަން މިދިރާސާއިން ފާހަގަ ވެއެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/943 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.