Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/944
Full metadata record
DC FieldValueLanguage
dc.contributor.authorAsnaan, Ahmed-
dc.contributor.authorއަޙްމަދު އަސްނާން-
dc.date.accessioned2018-03-17T02:12:12Z-
dc.date.available2018-03-17T02:12:12Z-
dc.date.issued2013-11-01-
dc.identifier.citationAsnaan, A. (2013). Kuhjaage kibaigai maadhareebas ashagane tharahqeevamun annairu bahuge maahaulu thafaathuvumun kuhjaage baskoshaarah asarukureeve. Male', Maldives National University.en_US
dc.identifier.citationއަޙްމަދު އަސްނާން. (2013). ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/944-
dc.description.abstractމި ދިރާސާއަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރު ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ކުއްޖާގެ ބަހުގެ ވެށީގައި ހިމެނޭ އެކި ކަންކަމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރޭތޯ މި ދިރާސާގައި ބަލާފައިވާނެއެވެ. އަދި ހަމަ އެހެންމެ މި ދިރާސާގައި ޖޯގުރަފިކަލްގޮތުން ބަހުގެ ވެށި ތަފާތު ވެއްޖެނަމަ ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުވެސް ހޯދާފައިވާނެއެވެ. އެހެންކަމުން މި ދިރާސާގެ މައިގަނޑު މަގުޞަދަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުތައް ދެނެގަތުމެވެ. މި ދިރާސާހެދުމުގައި ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނީ ކުއްޖާ ބަސް ދަސްކުރުމުގައި ބޭނުންކުރާ ތަފާތު ތިއަރީތަކާއި ކުއްޖާގެ ކިބައިގައި ބަހެއް އަށަގަތުމުގައި ކަޑައްތުވާ މަރުހަލާތަކާއި މާހައުލާއި އުމުރުގެ މުހިންމުކަމެވެ. އެގޮތުން ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވަނީ މަޝްހޫރު ބަހަވީ ޢިލްމުވެރިން ހޯދާފައިވާ ތިއަރީތަކެވެ. އަދި ހަމަ އެހެންމެ ދިރާސާގެ މަޢުލޫއާއި ގުޅޭގޮތުން ދިވެހި ބަހުގެ ޢިލުމުވެރިން ފާހަގަކުރައްވާފައިވާ ނުކުތާތައްވެސް ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް ހޯދުންތައް ދެއްކުމުގައި ކުއަންޓޭޓިވް ޕެރެޑައިމްގެ އުކުޅުތައް ކަމުގައިވާ ގުރާފް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާގެ ސާމްޕަލުގެ ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދަކުން ކުދިންނެގީމެވެ. އެއީ ދެކުނުން އައްޑޫ، ފުވައްމުލައް، މާލޭ ސަރަހައްދުން މާލެ، ހުޅުމާލެ އަދި އުތުރުން ހދ. ކުމުންދޫ، ހދ. ކުޅުދުއްފުށިންނެވެ. އަދި މި ސަރަހައްދުތަކުން ސާމްޕަލްގެ ގޮތުގައި ނެގުނު ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔާ އާއި ކޮންމެ ސްކޫލަކުން ދަރިވަރުންނަށް ކިޔަވައިދޭ 1 ޓީޗަރަކު ނެގީމެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެއެވެ. އެގޮތުން ޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވުމާއި މައިންބަފައިންނާއި ޓީޗަރުން އަދި ގޭގައި ދިރިއުޅޭ މީހުންނާއި މާހައުލުގައި ދިރިއުޅޭ މީހުންނާއި ޓީވީ ނުވަތަ ރޭޑިޔޯފަދަ އެއްޗެތިންވެސް ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރާކަން މި ދިރާސާއިން ހޯދުނެވެ.en_US
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ-
dc.subjectމާދަރީބަސްen_US
dc.subjectމާދަރީބަސް އަށަގަނެ ތަރައްޤީވުންen_US
dc.subjectބަހުގެ މާހައުލު ތަފާތުވުންen_US
dc.subjectބަސްކޮށާރަށް އަސަރުކުރެންen_US
dc.subjectބަސްކޮށާރުen_US
dc.subjectޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވންen_US
dc.subjectމައިންބަފައިންނާއި ޓީޗަރުންen_US
dc.subjectމާހައުލު ތަފާތުވުންen_US
dc.subjectދިވެހިބަސްen_US
dc.subjectކުޑަކުދިންen_US
dc.subjectބަސްބޭނުންކުރުންen_US
dc.titleކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ.en_US
dc.title.alternativeKuhjaage kibaigai maadhareebas ashagane tharahqeevamun annairu bahuge maahaulu thafaathuvumun kuhjaage baskoshaarah asarukureeve.en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Asnaan.pdf14.24 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.