DC Field | Value | Language |
dc.contributor.author | Mahir, Moosa | - |
dc.contributor.author | މޫސާ މާހިރު | - |
dc.date.accessioned | 2018-03-17T02:38:09Z | - |
dc.date.available | 2018-03-17T02:38:09Z | - |
dc.date.issued | 2012-11-01 | - |
dc.identifier.citation | Mahir, M. (2012). Dhivehi adhabiyyaathuge mizamaanuge lavaigai metaphor aai simily adhi haipaboal beynunkohfai hunna goi. Male', Maldives National University. | en_US |
dc.identifier.citation | މޫސާ މާހިރު. (2012). ިވެހި އަދަބިއްޔާތުގެ މި ޒަމާނުގެ ލަވައިގައި މެޓަފޮރ އާއި ސިމިލީ އަދި ހައިޕަރބޯލް ބޭނުންކޮށްފައި ހުންނަ ގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | - |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/945 | - |
dc.description.abstract | މިއީ "ދިވެހި އަދަބިއްޔާތުގެ މި ޒަމާނުގެ ލަވައިގައި މެޓަފޮރއާ ސިމިލީ އަދި ހައިޕަރބޯލް ބޭނުންކޮށްފައި ހުންނަ ގޮތް" މި މައިގަނޑުގެ ނަމުގެ މައްޗަށް ކޮލިޓޭޓިވް ޕެރެޑައިމެއްގެ އެހީގައި ޑިޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާ އެކެވެ. މި ދިރާސާގައި މި ޒަމާނުގެ ލަވަ މާނަކޮށްފައި ވާނީ 1990 އިން 2012 ވަނަ އަހަރުގެ އޯގަސްޓުގެ ނިޔަލަށް ފާއިތުވެފައިވާ ޒަމާނުގައި ހަދާފައިވާ ލަވައަށެވެ. ދިރާސާ ހެދުމަށްޓަކައި، އެ މުއްދަތުގައި ލަވަ ހައްދަވާފައިވާ ޅެންވެރިންގެ ތެރެއިން 4 ޅެންވެރިޔަކު ހޮވައި، އެ ކޮންމެ ޅެންވެރިޔަކު އެ މުއްދަތުގައި ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން 10 ލަވަ އިޚްތިޔާރުކޮށް އެ ލަވަތަކުން ސާމްޕަލް ނަގައި އެނަލައިޒް ކޮށްފައިވާނެއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ދުނިޔޭގެ މަޝްހޫރު އަދަބިއްޔާތުތަކުގައި ޅެންވެރިކަމުގައި އަދަބީ ސިފަ ޖެއްސުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ޚާއްޞަ ސިފަތައް ކަމަށްވާ، މެޓަފޮރ، ސިމިލީ އަދި ހައިޕަރބޯލް ދިވެހި އަދަބިއްޔާތުގެ މި ޒަމާނުގެ ލަވައިގައި ވެސް އެކަށޭނެ ޙާލަތްތަކުގައި ބޭނުންކޮށްފައިވާ ވެ އެވެ. އެގޮތުން އިންސާނުންގެ ދެ ޖިންސަށް ނިސްބަތް ކުރުމަށާއި، ލޯބި ސިފަކޮށްދިނުމަށާއި، ތަޢުރީފު ކުރުމަށް ލަވަތަކުގައި މެޓަފޯރ ބޭނުންކޮށްފައި އެބަހުއްޓެވެ. މެޓަފޯރގެ ތެރޭގައި އެއްލަފުޒުގެ މެޓަފޯރ އާއި އެކުވި ލަފުޒުން ހެދިފައި ހެދިފައި ހުންނަ މެޓަފޯރ ހުރިކަން ފާހަގަ ކުރެވެ އެވެ.
ސިމިލީ ދިވެހި ބަހުގައި މާނަކުރެވެނީ އެއްފަދަ ކުރުމަށް ކަމަށް ވާއިރު، ދިރާސާ ކުރެވުނު މި ޒަމާނުގެ 4 ޅެންވެރިންގެ ލަވަތަކުގައި ވެސް ގިނަ އަދަދަކަށް ސިމިލީ ބޭނުންކޮށްފައި އެބަހުއްޓެވެ. 4 ޅެންވެރިންގެ ލަވަތަކަށް ބަލާއިރު، 4 ބޭފުޅުން ވެސް ތަފާތު ގޮތްގޮތަށް ސިމިލީ ބޭނުންކޮށްފައި އެބަހުއްޓެވެ. މިގޮތުން އިންސާނުންގެ ސިފަތަކާ ދުނިޔެމަތިން ފެންނަ ބައެއް ކަންކަމާއި، ތަކެތީގެ ސިފަތަކާ އެއްފަދަ ކޮށްފައި އެބަހުއްޓެވެ. ހަމައެއާއެކު، ދުނިޔެމަތިން އިންސާނުންގެ ލޯމައްޗަށް ފެންނާން ނުހުންނަ ޣައިބުގައިވާ ކަންކަމުން މިސާލުޖަހައިގެން ވެސް އިންސާނުންގެ ސިފަތަކާ އެއްފަދަ ކޮށްފައި އެބަހުއްޓެވެ.
ލަވަތަކުގައި ހައިޕަރބޯލް ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު އާންމުގޮތެއްގައި ފާހަގަކުރެވުނީ ލޯބީގެ ފޮނި އަދި ހިތްދަތި އިހުސާސާއި ޖަޒުބާތު ގަދަ ކުރުމަށާއި، ތަޢުރީފު ކުރުމަށް ކަންބޮޑުކުރުން ގެނެސްދީފައިވާކަމެވެ. އެހެންކަމުން މި ޒަމާނުގެ ދިވެހި ލަވައިގައި މެޓަފޯރ ސިމިލީ އަދި ހައިޕަރބޯލް ބޭނުންކޮށްފައިވާ ގޮތްތައް މި ދިރާސާއިން އެނގިގެން ދިޔަ އެވެ. | en_US |
dc.publisher | Faculty of Arts, Maldives National University | en_US |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | - |
dc.subject | ދިވެހި އަދަބިއްޔާތު | en_US |
dc.subject | މި ޒަމާނުގެ ލަވަ | en_US |
dc.subject | މެޓަފޮރއާ | en_US |
dc.subject | ސިމިލީ | en_US |
dc.subject | ހައިޕަރބޯލް | en_US |
dc.subject | މެޓަފޮރއާ ސިމިލީ އަދި ހައިޕަރބޯލް | en_US |
dc.subject | ޅެންވެރިކަމުގައި އަދަބީ ސިފަ ޖެއްސުން | en_US |
dc.subject | އިންސާނުންގެ ސިފަ | en_US |
dc.subject | ދުނިޔެމަތިން ފެންނަ ބައެއް ކަންކަމާ | en_US |
dc.subject | ޣައިބުގައިވާ ކަންކަމުން މިސާލުޖެހުން | en_US |
dc.title | ދިވެހި އަދަބިއްޔާތުގެ މި ޒަމާނުގެ ލަވައިގައި މެޓަފޮރ އާއި ސިމިލީ އަދި ހައިޕަރބޯލް ބޭނުންކޮށްފައި ހުންނަ ގޮތް | en_US |
dc.title.alternative | Dhivehi adhabiyyaathuge mizamaanuge lavaigai metaphor aai simily adhi haipaboal beynunkohfai hunna goi. | en_US |
dc.type | Thesis | en_US |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|