Browsing by Author | މުސައްނިފުން "Zahir, Aminath"
Now showing 1 - 5 of 5
- Results Per Page
- Sort Options
ArticleItem Unravelling the forces behind language endangerment : an overview of Dhivehi language loss and preservation strategies(ރިސާރޗް ޑެވެލޮޕްމަންޓް އޮފީސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ , 2023-12) Riyaz, Aminath; Zahir, Aminath; Ibrahim, Zulfa; އާނިމަތު ރިޔާޒް; އާމިނަތު ޒާހިރު; ޒުލްފާ އިބްރާހީމްThe article aims to provide a theoretical examination of the causes of language loss and propose measures for the preservation of the Dhivehi language. Language serves as a repository for culture, identity, and collective memory intricately tied to the way of life, history, and values of a populace. The unreadable loamaafaanu (copper plate documents) of Maldives’ history, currently understood only by a few who have learned the script, is an example of the void created by the loss of a language or a dialect. The shift to or adoption of another language, often driven by rapid economic changes fueled by globalization, is a common trend in countries such as the Maldives. Such communities first become bilingual populations, next the use of the mother tongue gradually disappears, and finally the second language begins to prevail. The growing preference for English over Dhivehi suggests a potential halt in Dhivehi transmission within the next few generations. To alter this language shift, it is imperative to elevate the status of the Dhivehi language within the Maldivian community. Drawing on scientific literature, this study identifies five key factors for Dhivehi language preservation: (1) promoting plain Dhivehi usage by minimizing code-mixing or code-switching, (2) shaping educational policies to foster a Dhivehi-speaking environment, (3) implementing the national language policy, (4) providing training in linguistic fundamentals and teaching techniques, and (5) ensuring the sustainable development of Dhivehi reading material. Taking these into context, this study underscores the importance of assessing the current state of the Dhivehi language using the UNESCO framework for identifying language endangerment. ArticleItem ބަހަވީޢިލްމުގެ ހަމަތަކުން ބަލާ އިރު، ދިވެހިބަހުގައި ހުރި ކަމުގެ ޒަމާނާއި އެސްޕެކްޓް (ޙާލަތް ދެމިންގެންދާ ކަންތައްތައް )(Postgraduate Research Centre, MNU, 2015-03-01) Zahir, Aminath; އާމިނަތު ޒާހިރުThis paper reports on a study undertaken in 2013 that aimed to identify the tense and aspect system in the Dhivehi language. As such an analysis of Dhivehi has never before been conducted, the significance of this study lies in the original contribution it makes to advancing the knowledge of the language, following rigorous linguistic methods of inquiry. Based on a qualitative research methodology, the study utilized a sample of 1835 sentences. The results indicate that there are two tenses and three aspects currently in use in Dhivehi. The two tenses include Future Tense and Past Tense. The three aspects are Habitual Aspect, Present Progressive Aspect, and Perfect Aspect. ThesisItem ބަހަވީޢިލްމުގެ ހަމަތަކުން ބަލާ އިރު، ދިވެހިބަހުގައި މިހާރު ބޭނުންކުރާ ޒަމާންތަކުގެ ތެރެއިން އެސްޕެކްޓާއި ޒަމާން ވަކިކޮށް ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2014-01) Zahir, Aminath; އާމިނަތު ޒާހިރު ArticleItem ދިވެހިބަހުގެ ބަސްކޮށާރު އަދާހަމަކުރުން : ގޮންޖެހުންތަކާއި މައްސަލަތައް(ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2024) Zahir, Aminath; އާމިނަތު ޒާހިރު; Riyaz, Aminath; އާމިނަތު ރިޔާޟްބަނަވެފައިވާ ދުނިޔެ ތަރައްގީވަމުންދާ ހަލުވި ދުވެލީގައި، އެކި ދާއިރާތަކުގެ އާ އީޖާދުތަކާ އެކު، އާ މަފުހޫމތަކާއި އާ ލަފުޒުތައް އުފެދުނެވެ. މިގޮތަށް އުފެދޭ އާ މަފުހޫމުތަކަށް ކިޔާނެ ނަންނަން ދިވެހިބަަހުގައި ނުހުންނަ ކަމަށާއި ދިވެހިބަހުން ހަދާ ބައެއް އާ ކަފުޒުތައް އާންމުން ބަލައިނުގަނެ، އެފަދަ ލަފުޒުތަކަށް، މީސްމީޑިއާގައި ހަޖޫޖަހާފައި ހުރެއެވެ. އަދި ދިވެހިބަހުން ލިޔުމާއި ބިދޭސީ ލިޔުންތައް ތަރުުޖަމާކުރުމުގައި، މުހިންމު މަފުހޫމުތަކަށް ބޭނުންވާ ލަފުޒުތައް ދިވެހިބަހުގައި ނުހުންނަ ކަމަށާއި މީގެ ސަބަބުން ތަރުޖަމާކުރުމުގައި މާނަ ގެއްލެން މެދުވެރިވާކަމށް ވެއެވެ. މި ދިރާސާގެ ބޭނުމަކީ ދިވެހިބަސްކޮށާރު އަދާހަމަކުރުމުގެ ޙާލަތާއި ގޮންޖެހުންތައް ދެނެގަތުމެވެ. މިގޮތުން މައިގަނޑު މަގުސަދަކީ ޚާއްޞަ ދާއިރާތަކަށާއި ޒަމާނުގެ ޓެކުނޮލޮޛީއަށް އަދާހަމަ ލަފުޒުތައް ދިވެހިބަހުން އެބަހުރިތޯއާއި، ދިވެހިބަހަށް ލަފުޒުތައް އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަތުމެވެ. މި ދިރާސާ ފަރުމާކޮށްފައިވަނީ މިންކުރުމާއި ސިފަކުރުމުގެ ތަރީގާތުގެ މައްޗަށެވެ. މިގޮތުން، އޮންލައިން ސާވޭ ކަރުދާހެއް މެދުވެރިކޮށް މައުލޫމާތު އެއްކުރުމަށްފަހު، އެ ހޯދުންތަކަށް ރިއާޔަތްކޮށް، ގުރޫޕު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. ކުރިއަށް ގެންދެވުނެވެ. ސުންކުގެ ގޮތުގައި ބައިވެރިން ހިމަނާފައިވާނީ ދީނީ، ޓެކުނޯލޮޖީ، ތައުލީމީ، މިއީހާ (ޤާނޫނީ)، އަދި ސަލާމަތީ ބާރުތައް، މި 7 ދާއިރާގެ މަސްލަހަތުވެރިން ހިމެނޭ ގޮތަށެވެ. މިގޮތުން ސާވޭގެ ސުންކަކީ 302 މީހުންނެވެ. ގުރޫޕު މަޝްވަރާތަކުގައި، މަސްލަހަތުވެރިންގެ 27 މީހަކާ އެކު އެކު ކުދި ގުރޫޕުތަކުގައި މަޝްވަރާކުރުވުނެވެ. ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި ބަސްކޮށާރަށް އާ ލަފުޒުތައް އިތުރުކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ދިވެހި ލަފުޒުތައް އުފައްދަނީ އެ ކޮމިޓީން ކަނޑައަޅާފައި އޮންނަ އުސޫލާ އެއްގޮތަށެވެ. ނަމަވެސް މިގޮތަށް އުފައްދާ ބައެއް ލަފުޒުތަކަކީ ބިދޭސީ އަސްލު ލަފުޒާ މާ ބޮޑު ގުޅުމެއް އޮންނަ ލަފުޒުތަކެއް ނޫންކަމަށާއި އެ ފަދަ ބައެއް ދިވެހި ލަފުޒުތައް ކިޔުމާއި މާނަދޭހަކާރުން އުނދަގޫވާ ކަމަށް ސާވޭގެ %55 ބައިވެރިން ދެކެއެވެ. ބަހުގެ ތަބީޢީ ގޮތަށް އާ ލަފުޒު އުފެއްދިއަސް ވެސް، އިނގިރޭސިބަހަށް ދިވެހިންގެ މެދުގައި އޮންނަ ސަމާލުކަމާއި ދިވެހިން އެ ބަހަށް ފަރިތަވެފައިވާ މިންވަރު ބޮޑުކަމުން ދިވެހިބަހުން އުފައްދާ އާ ލަފުޒުން އިނގިރޭސި ލަފުޒުން ބުނެދޭ މާނަ ދޭހަނުވަނީ ކަމަށް ގަބޫލުކޮށް، ދިވެހި ލަފުޒު ބޭނުންނުކުރެވެއެވެ. ބަހަކީ އުފައްދާ އެއްޗަކަށް ވުރެ ބޮޑަށް އުފެދޭ އެއްޗެއްކަމަށް ވީހިނދު، ނޫސްތަކާއި މީޑިއާތަކުގައި އެ ލަފުޒު އާންމުކޮށް ބޭނުންކުރާ ގޮތެއް ވެސް ބަލައިގެން، އެ ލަފުޒަކަށް ގެންނަންވީ ބަދަލެއް އޮތިއްޔާ ގެނެސްގެން، ބަސްކޮށާރަށް ލަފުޒު އިތުރުކުރުން މުހިންމު ކަމަށް ބައެއް ބައިވެރިން ފާހަގަކުރިއެވެ. ހޯދުންތަކަށް ރިއާޔަތްކުރުމުން ފާހަގަކުރެވެނީ އެކި ދާއިރާތަކަށް ބޭނުންވާ އެންމެ އެކަށޭނަ މިންވަރަށް ދިވެހި ލަފުޒު އުފެއްދިފައި ނެތްކަމާއި، ދިވެހިބަހުގެ ބަސްކޮށާރު އާދަކަމުރުމުގައި ބަހުގެ ތބީޢީ ގޮތަށް ލަފުޒު އުފެއްދުން މުހިންމުކަމާއި، ދިވެހިބަހަށް ބޭރު ބަސްބަހުގެ ލަފުޒުތަކެއް އެތެރެކުރަންޖެހޭ ދަނޑިވަޅުތަކުގައި ލަފުޒު ހެދުން އަވަސްކުރުން މުހިންމުކަމެވެ. ArticleItem ޓީވީ ޕުރޮގުރާމުތަކުގައި ވާހަކަ ދައްކާ އިރު މީހުން ބަސްމަސްހުނިުކުރާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް(މޯލްޑިވްސް ނެޝަނަލް ޖާރނަލް އޮފް ރިސާރޗް, 2018-06) އާމިނަތު ޒާހިރު; Zahir, Aminathދެ ބައްސަ މުޖްތަމަޢުތަކުގައި ބަސް މަސްހުނިކުރުމަކީ ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ. (ފްރެޑް ޖެނެސީ (2000). ދިވެހި މުޖުތަމަޢުގައި ވެސް ކަން މިހެން އޮތް އިރު، ދިވެހިރާއްޖޭގެ ޓީ.ވީ ޗެނެލްތަކުން ފޮނުވާ ޕުރޮގްރާމުތަކުގައި ވެސް ބަސްމަސްހުނިކޮށްގެންނާއި (ކޯޑް-މިކްސިންގ) ބަސްބަދަލުކޮށްގެން (ކޯޑް-ސްވިޗިންގ) ވާހަކަދައްކަމުންދާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ދިވެހިބަހުން މި ފަދަ އެއްވެސް ދިރާސާއެއް މިހައި ތަނަށް ކުރެވިފައި އޮތް ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ. އެހެންކަމުން މި ދިރާސާއަކީ ޓީވީ ޕުރޮގްރާމުތަކުގައި މީހުން ވާހަކަދައްކާ އިރު ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް މަސްހުނިކޮށްގެން ވާހަކަދައްކާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް (ޕެޓާންސް) ދެނެގަތުމަށް ކުރި ދިރާސާއެކެވެ. މިއީ ބައެއް ޓީވީ ޕްރޮގްރާމުތަކުގައި ދެްއްކި ވާހަކަ ތަހުލޫލުކޮށްގެން ހެދި ޑިސްކޯސް އެނަލިސިސެކެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ދިވެހިރާއްޖޭގެނ ޓީވީ ޗެނަލަކުން ސިލްސިލާކޮށް ދެއްކި ތަފާތު 6 ޕްރޮގްރާމަކުން ރެންޑަމްކޮށް ހޮވެލެވުނު 12 އެޕިސޯޑެވެ. ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މި ޕްރޮގްރާމުތަކުގައި މީހުން ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް އެކި މިންވަރަށް މަސްހުނިކޮށްފައިވާއިރު، އަރަބިބަހަށް ވުރެ ބޮޑަށް އިނގިރޭސިބަސް ދިވެހިބަހާ މަސްހުނިކޮށްގެން ވާހަކަދައްކައިފައި ވާ މިންވަރު ގިނަކަމެވެ. ބަސްމަސްހުނިކޮށްފައި ވާ ބަހަވީޢިލްމުގެ ގޮތްތަކަކީ ވަކި ލަފުޒު ހިމެނުން ވަކި ލަފުޒު މަސްހުނިކުރުން (ލެކްސިކަލް މިކްސިންގ)އާއި ޢިބާރާތްކައްޗަރުކުރުން (ޔުނިޓް ހައިބްރޮޑައިޒޭޝަން) އެވެ. މި ގޮތްތަކުގެ ތެެރެއިން ވަކި ލަފުޒު ހިމަނައިގެން ބަސްމަސްހުނިކުރާ މިންވަރު ބަސްމަސްހުނިކުރާ އެހެން ގޮތްގޮތަށް ވުރެން ގިނަކަން ފާހަގަކުރެވުނެވެ.
