Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
ThesisItem (ދިވެހި ބަހުގެ ލަފުޒުގެ ޢިލުމުގެ ތެރެއިން ލަފުޒު ފުރޮޅުން (ޑެރިވޭޝަން(Maldives National University, 2014-06-01) Afeef, Azeeza; ޢަޒީޒާ ޢަފީފުމި ދިރާސާގެ ސުރުޙީއަކީ "ދިވެހި ބަހުގެ ލަފުޒުގެ ޢިލްމުގެ ތެރެއިން ލަފުޒު ފުރޮޅުން (ޑެރިވޭޝަން) މިއެވެ. މި ދިރާސާގައި ޖަވާބު ހޯދަން މަސައްކަތްކުރި މައިގަނޑު ސުވާލަކީ ދިވެހިބަހުގައި ލަފުޒު ފުރޮޅިގެންދަނީ ކޮން ގޮތަކަށް ކިހިނެއްކަމާއި ލަފުޒު ފުރޮޅިގެން ދާއިރު އަންނަ ބަދަލުތަކަކީ ކޮބައި ކަމެވެ. ދިވެހި ބަހުގެ ލަފުޒުގެ ޢިލްމާ ބެހޭ މަޢުލޫމާތަކީ ދިވެހި ބަހުގެ މައިގަނޑު ބައިތައް (ލެކްސިކަލް ކެޓަގަރީތައް) ކަނޑައަޅައި ދެނެގަތުމަށް ކޮންމެހެން ބޭނުންވާ މުހިންމު މަޢުލޫމާތުތަކެކެވެ. މިހާރު ދިވެހި ބަހުގެ އެކަށައަޅާ ޤަވައިދުގައި ހުރި ފުށުއެރުންތައް ހައްލުކުރެވޭނީ މިފަދަ ދިރާސާތައް ކުރެވިގެން ކަމަށް ވާތީ މިއީ މުހިންމު ދިރާސާއެއް ކަމުގައި ބެލެވެއެވެ. މި ދިރާސާ ހެދީ ކޯޕަސް ލިންގުއިސްޓިކްސްގެ އެހީގައި މިކްސްޑް މެތަޑް ބޭނުންކޮށްގެންނެވެ. ދިވެހި ބަހަށް ޙާއްޞަ ކޯޕަސްއެއް ތައްޔާރުކުރެވިފައި ނެތުމާއެކު، މި ދިރާސާ ހަދާފައި މިވަނީ އެއްލައްކަ ލަފުޒުގެ ކޯޕަސްއެއް އަމިއްލައަށް ތައްޔާރުކޮށް، އެއިން ޑާޓާ އެއްކޮށްގެންނެވެ. މި ދިރާސާގައި ދިވެހި ބަހުގެ 17 މޯފިމެއް ތަޙުލީލުކުރީމެވެ. މޯފީމިތައް ފާހަގަކުރީ ލިޓްރެޗަރއިންނާއި ކޯޕަސް ދިރާސާ ކުރުމުގެ ތެރެއިންނެވެ. ތަޙުލީލުކުމަށް ކަނޑައެޅި މޯފީމުތައް ބޭނުންކުރެވިފައިވާ، 2152 ހާލަތު ކޯޕަސްއިން ފާހަގަކުރީމެވެ. މިކަން ކުރި މައިކްރޯ ސޮފްޓް ވާރޑުގެ އެހީގައި މެނުއަލްކޮށް (ވަކިވަކިން ގުނަމުން) ސިސްޓަމެޓިކް ރެންޑަން ސާމްޕަލިން ނަގައިގެންނެވެ. މޯފީމުތައް ތަހުލީލުކުރީ މައިކްރޯ ސޮފްޓް އެކްސެލްގެ އެހީގައި، ކޯޑުތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ނެރުނީ "ނޭޓިވް ސްޕީކަރ އިންޓަރވެންޝަން" ދިރާސާވެރިއާއަށް ލިބިފައިވާ މާދަރީ ބަހުގެ ޤާބިލުކަން ބޭނުންކޮށްގެންނެވެ. ކޯޕަސް ބޭނުންކޮށްފައި ވާތީ، މޯފިމުތަކާ ބޭހޭ ވަރަށް ގިނަ މައުލޫމާތު ހާމަވިއެވެ. މީގެ ތެރެއިން ބަހުސް ކުރިއަށް ގެންދިޔުމުގައި ބޮޑަށް އަމާޒުކޮށްފައިވާނީ ޑެރިވޭޝަންއާ ސިދާ ގުޅުންހުރި ބައިތަކުގެ މައްޗަށެވެ. ބަހުސް ކުރިއަށް ގެންދިއުމުގައި ބޮޑަށް ބޭނުން ކޮށްފައިވަނީ ކޮލިޓޭޓިވް ޑާޓާއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ކޮންޓިޓޭވް ޑާޓާގެ ބޭނުން ވެސް ހިފާމެވެ. މި ދިރާސާ ނިމުނު އިރު، ތަހުލީލުކުރެވުނު މޯފީމުތަކުގެ ތެރެއިން ޑެރިވޭޝަން ކަމަށް ބެލެވޭ މޯފީމުތަކަކީ ކޮބައިކަމާއި، އަދި އެ މޯފީމުތަކަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް ބޭނުންކުރެވޭ މޯފީމުތަކެއްކަން ހާމަވިއެވެ. ވީމަ، ބަހުގެ މޯފޮލޮޖީގެ ތަޢައްޤދިކަން ފާހަގަކުރެވުނެވެ.