Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
1 results
Search Results
ThesisItem ރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުންނަށް ދިވެހިބަހުގެ ހަމަތައް އެނގިފައި ހުންނަ މިންވަރު(Faculty of Arts, Maldives National University, 2015-11-01) Ibrahim, Haleem; އިބްރާހީމް ޙަލީމްދިވެހިރާއްޖޭގައި ދިރިއުޅޭ ބޭރުމީހުން ރާއްޖޭގައި ދިރިއުޅެން ފެށުމާއެކު ދިވެހިބަހުން ވާހަކަ ދައްކަން ފަށައެވެ. މިގޮތަށް ވާހަކަދައްކާ މީހުންގެ ތެރޭގައި މާލޭގެ ގޭބިސީތަކުގައި މަސައްކަތްކުރަން ގެންގުޅޭ މީހުން ވެސް ހިމެނެއެވެ. އެމީހުން ވާހަކަދައްކާއިރު ދިވެހިބަހުގެ ހަމަތަކާއި ޙިލާފުވެފައި ހުރެއެވެ. މިކަމުގެ ސަބަބުން ހިޖުރަކުރާ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދިވެހިރާއްޖޭގެ މާދަރީބަހުގެ ހަމަތައް ބަދަލުވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއްކަން، އެހެން ބައެއް ޤައުމުތަކުގައި ހެދިފައިވާ ދިރާސާތަކަށް ބަލާލުމުން އެނގެއެވެ. މިހާތަނަށް އައިއިރު މިފަދަ މާބޮޑު ދިރާސާތަކެއް ރާއްޖޭގައި ހެދިފައެއް ނެތެވެ. އެހެންކަމުން ރާއްޖޭގައި މަސައްކުރާ ބޭރުމީހުންގެ ވާހަކަދެއްކުން ހުންނަގޮތާއި ބަހުގެ ހަމަތަކަށް އަހުލުވެރިވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ ދިރާސާގައި މަސައްކަތް ކޮށްފައިވަނީ މާލޭގެ ގޭބެސީތަކުގައި ގެންގުޅޭ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކާއިރު، އެމީހުންނަށް ދިވެހިބަހުގެ ހަމަތައް ދަސްވެފައި ހުރީ ކިހާމިންވަރަކަށްތޯ ބެލުމަށެވެ. އޭގެ ބޭނުމަކީ ބޭރުމީހުން ގެންގުޅޭ މީހުންނަށް އެމީހުންނަށް، އެމީހުުން ގެންގުޅޭ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކާއިރު ބަހުގެ ހަމަތަކާއި ޚިލާފުވުނަތަކެއް ހުރިކަން ނުވަތަ ނެއްކަން ފާހަގަކޮށްދިނުމެވެ. މިކަން ދެނެގަތުމަށްޓަކައި ދިރާސާ އެކުލަވާލާފައިވާނީ ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެން ކުއޮންޓިޓަޓިވް ޑޭތާތަކެއްގެ މައްޗަށެވެ. ޑޭޓާ ނެގުމަށް ދެ މެތަޑެއް ބޭނުންކޮށްފައިވާނެއެވެ. އެގޮތުން ބޭރުމީހުންގެ ވާހަކަދެއްކުން ރެކޯޑްކޮށް، ކޮންވަޒޭޝަން އެނަލިސިސްއެއް ހެދީމެވެ. އަސި އެމީހުންލައްވާ ދިވެހިބަހުގެ ޤަވައިދުގެ ޓެސްޓުތަކެއް އަނގަބަހުން ހެދުވީމެވެ. ދިރާސާއިން ފާހަގަކުރެވުނުގޮތުގައި މާލޭގެ ގޭބިސީތަކުގައި މަސައްކަތްކުރާ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކަނީ ދިވެހިބަހުގެ ހަމަތައް ރަނގަޅަށް އެނގިިގެނެއް ނޫނެވެ. ބަހުގެ ޤަވައިދުގެ ބައެއް ހަމަތައް ބޭނުންކުރި ނަމަވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތުގައެއްވެސް ނޫނެވެ. މިކަމުގެ ސަބަބުން ބަހުގެ ޤަވައިދު އޮޅި، ދޭސިންނާއި ބިދޭސީން ދިވެހިބަހުން ވާހަކަދެއްކުމުގައި ހުންނަ ބަހުގެހަމައިގައި ތަފާތުގެ ސަބަބުން އިޖްތިމާޢީ މައްސަލަތަކެއް ކުރިމަތިވުމަކީ ވެސް ދިރުގައިވާ ކަމެއް ނޫނެވެ. އެހެންކަމުން ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ ބޭރުމީހުންނަށް ދިވެހިބަހުގެ ރަނގަޅު ހަމަތައް ދަސްވުން މުހިންމެވެ.