Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުގެ ކަންއިތުރާއި ކަންއިތުރު ބޭނުންކުރެވޭ އުސޫލުތަކަކީ ކޮބާ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Azma, Mariyam; މަރިޔަމް އަޒްމާ
    މި ދިރާސާއަކީ ދިވެހިބަހުގެ ކަންއިތުރަކީ ކޮބައިތޯއާއި ކަންއިތުރު ބޭނުންކުރެވޭ އުސޫލުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. ދިރާސާގެ މަޢުޟޫ ފުޅާކަމާއެކު މިއީ ލިމިޓެޑް ދިރާސާއަކަށް ވާތީ ދިރާސާގެ ފޯކަސް ހިފެހެއްޓުމުގެ ގޮތުން ދިރާސާ ބިނާކޮށްފައިވަނީ ދިވެހިބަހުގެ ތަފާތު ޖޯންރާތަކުން ނަގާފައިވާ 7 ޖުމްލައެއްގެ މައްޗަށެވެ. މޮގޮތުން މި ޖުމްލަތައް ސެންޓެންސް އެނަލިސިސް އާއި ސާވޭގެ ބޭނުންކޮށްގެން ތަހުލީލުކޮށްފައިވާނެއެވެ. ސާވޭ ބޭނުންކުރީ ޖުމްލަތަކުގައިވާ ކަންއިތުރާއި ކަންއިތުރުގެ ބާވަތްތައް ދެނެގަތުމަށެވެ. ސާވޭ އިން ލިބުނު މަޢުލޫމާތުތައް ހޯދުމުގައި ބަޔާންކޮށް ޑިސްކަޝަންގައި އެއާމެދު ވާހަކަދައްކާފައި ވާނެއެވެ. ސެންޓެންސް އެނަލައިސިސް ހަދާފައިވަނީ ކަންއިތުރާއި ކަންއިތުރުގެ ހުރިހާ އުސޫލުތަކެއް ދެނެގަތުމަށް ކޮންމެ ޖުމްލައަކަށް ވަކިވަކިން ގަސްހޫލަ ކުރަހާ ޖުމްލައިގެ ހުރިހާ ބައިތައް ވަކިކޮށް ޤަވާއިދުގެ ގޮތުން ކަންއިތުރުގެ ހުރިހާ ސިފަތަކެއް ހޯދައި ދެނެގަތުމަށްޓަކައެވެ. މި ޖުމްލަތަކުގައިވާ ކަންއިތުރާއި ކަންއިތުރުގެ ބާވަތްތަކާއި ކަންއިތުރު އުފެދޭގޮތް އަދި ކަންއިތުރު ބޭނުންކުރެވޭ ގޮތްތައް ހޯދައި އެބައިތަކާއި ސާވޭއިން ލިބުނު މަޢުލޫމާތާ ދެބައިގެ މައްޗަށް، ޑިސްކަސްކޮށްފައިވާނެއެވެ. މިގޮތުން ލިޓްރޭޗަރ ރިވިއުގައި ކަންއިތުރާ ބެހޭގޮތުން ބަޔާންކޮށްފައިވާ ބަޔާންކުރުންތަކާއި ދިވެހިބަހުގެ ބަހަވީ ޢިލްމުވެރިންނާ އިންޓަވިއުކޮށްގެން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދިރާސާގެ އަލީގައި ކަންއިތުރާ ބެހޭގޮތުން އެކަށައަޅާ ޤަވާއިދުގައި ހުރި ބައެއް ކަންތައްތަކާއި އަދި އެކަށައަޅާ ޤަވާއިދުގައި ހުރި ބައެއް ކަންތައްތަކާއި އަދި އެކަށައަޅާ ޤަވާއިދުގައި ހިމަނާފައި ނެތް ބައެއް ކަންތައްތައް ހޯދިފައިވާނެއެވެ. މިގޮތުން ދިރާސާއިން ދައްކާގޮތުގައި ދިރާސާގައި ބޭނުންކުރި ހަތް ޖުމްލަގައި ވަނީ ހަތް ބާވަތެއްގެ ކަންއިތުރެވެ. މިގޮތުން މި ކަންއިތުރުތައް ޖުމްލައިގައި ކަމުގެ ކުރިއަށާއި ފަހަތަށް ގެނެވުމުގެ އިތުރުން ބައެއް ފަހަރު ކަންކުރާ ފަރާތާއި ރައްދުވާ ފަރާތުގެ ކުރިއަށާއި ފަހަތަށް ވެސް ގެނެވެއެވެ. އަދި ބައެއް ކަންއިތުރަކީ އެހެން މޯފީމަކާ ނުގުޅި ޖުމްލައިގައި އޮންނަތަނުން އަނެއް ތަނަށް ބަދަލުނުވާ ކަންއިތުރެވެ. މިގޮތަށް ބައެއްފަހަރު ކަންއިތުރު ބަދަލުކުރެވެނީ ކަމަށް ބަދަލެއް ގެނެސްގެންނެވެ. ދިރާސާއިން ފާހަގަކުރެވުނީ ކަންއިތުރު އުފެދޭ ތަފާތު ގޮތްތަކެއް ވެސް އެބަހުއްޓެވެ. މިގޮތުން ކަމުން ނަންއިތުރު ނޫފެދޭ ކަމާއި ކަންއިތުރު އުފެދުމުގެ އަސްލަކީ ނަންއިތުރާއި އަކުރުކަމަށް މި ދިރާސާއިން ފެނިފައިވެއެވެ.