Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް
    (Faculty of Arts, Maldives National University, 2012-11-01) Adam, Fathmath; ފާޠިމަތު އާދަމް
    މިދިރާސާއަކީ ދިވެހިބަހާއި ޢަރަބިބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ފެންނާތީވެ، އެކަންތައްތައް ހޯދާ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ އަމާޒުކުރެވިފައިވާނި ދިވެހިބަހުގައާއި ޢަރަބި ބަހުގައި ނަފީކުރުމަކީ ކޮބައިކަމާއި ނަފީކުރުމަށް ބޭނުންކުރެވޭ އަކުރުތަކާއި އެ އަކުރުތައް ލަފުޒުގައި އައިސްފައި ހުންނަނީ ކޮން ދިމަދިމާއެއްގައިތޯ ބެލުމަށެވެ. އަދި މިދެބަހުގައިވާ ކަން ނަފީކުރުމުގައިވާ އެއްގޮތް ސިފަތަކާއި ތަފާތުތައްވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. މިދިރާސާގެ ސުވާލަށް ޖަވާބުދީ ސުވާލުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މިކްސްޑް މެތަޑްގެ ދަށުންނެވެ. މިގޮތުން ދިރާސާބަހާލެވިފައިވަނީ މައިގަނގަޑު ހަ ބާބުގެ މައްޗަށެވެ. މިދިރާސާއިން އެނގި ހާމަވިގޮތުގައި ދިވެހިބަހާއި ޢަރަބި ބަހުގައި ނަފީކުރެވޭ ގޮތުގައި ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއްވެއެވެ. މިގޮތުން މި ދެ ބަހުގައިވާ ލަފުޒުތައް ނަފީކުރުމުގައި ހުރި އެއްގޮތް ކަންތައްތަކަށް ބަލާއިރު ނަފީ ކުރެވޭ އަކުރުތައް ލަފުޒުތަކުގައި އައިސްފައިވާ ދިމާ ފާހަގަ ކޮށްލެވެއެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެވޭ ފަދައިން ޢަރަބި ބަހުގައިވެސްނަފީކުރުމަށް ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެއެވެ. މީގެއިތުރުން ދިވެހިބަހާއި ޢަރަބިބަހުގައި ލަފުޒު ނަފީކުރުމުގައި ތަފާތު ތަކެއްވާކަންވެސް ފާހަގަކުރެވުނެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ މެދަށް ނަފީގެ އަކުރު އަންނައިރު، ޢަރަބި ބަހުގައި މިގޮތަށް ނަފީގެ އަކުރުނާންނަކަން ފާހަގަކުރެވުނެވެ. ޢަރަބި ބަހުގައި ނަފީގެ އަކުރު އަންނަނީ ހަމައެކަނި މަސްދަރު ނުވަތަ ކަމުގެކުރިއަށެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހިބަހުގައި ނަފީކުރެވޭ ގޮތާއި ޚިލާފަށް ޢަރަބި ބަހުގައި ނަފީކުރެވޭއިރު ޒަމާނާއި ގުޅިގެން ނަފީކުރުމުގެ އަކުރަށް ބަދަލު އަންނަކަމެވެ. މިގޮތުން ޢަރަބި ބަހުގައި އެކި ޒަމާންތަކަށް ނަފީގެ އެކި އަކުރު ބޭނުން ކުރާކަން ފާހަގަކުރެވުނެވެ. ނަމަވެސް ދިވެހިބަހުގައި ބަދަލު އަންނަނީ ކަމަށެވެ. ނަފީގެ އަކުރަކަށް ޒަމާނާއި ގުޅިގެން ބަދަލެއް ނާދެއެވެ.