Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    ރަސްމީ ބަހުރުވައިގައި އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Ahmed, Fathimath; ފާތިމަތު އަހްމަދު
    މިއީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގެ މެދުގައިވާ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށާއި އެތަފާތުތައް އަންނަނީ ވަކި އުސޫލަކުންތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން، މި ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށްޓަކައި ރަސްމީބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތަކުގެ ތެރެއިން 330 ލަފުޒު ސާމަޕަލްގެ ގޮތުގައި ނަގައިގެން މި ލަފުޒުތައް ތަހްލީލްކޮށފައިވާނެއެވެ. މިކަމަށްޓަކައި ރަސްމީ ބަހުރުވައިގެ ލަފުޒުތައް ނަގާފައިވާނީ ދިވެހި ބަސްފޮތް(2006) އިންނެވެ. ފުވައްމުލަކު ބަހުރުވައިގެ ލަފުޒުތައް ހޯދާފައިވާނީ ރަސްމީ ބަހުރުވަޔާއި ފުވައްމުލަކު ބަހުރުވަ ރަގަޅަށް ދަންނަ 5 ފަރާތެއްލައްވާ ސުވާލު ކަރުދާހެއް ފުރުވައިގެންނެވެ. މިގޮތުން، ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ހާމަވިގޮތުގައި ރަސްމީ ބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެފައިވަނީ މައިގަނޑު 6 އުސޫލެއްގެ ދަށުންނެވެ. އެއުސޫލުތަކަކީ، ލަފުޒުގެ ނިމުން، 'ލޯ ބެކް ޝޯޓްވަވަލް' /o/ (އޮބޮފިލި) އަށް ބަދަލުވުމާއި، ހައިބެކް ޝޯޓް ވަވަލ'/u/ގެ (އުބުފިލީގެ ގޮތުގައްޔާއި 'ހައި ފްރަންޓް ޝޯޓް ވަވަލް /i/ (އިބިފިލި) އަށް ބަދަލުވުމާއި 'މިޑް ސެންޓރަލް ޝޯޓް ވަވަލް/a/ (އަބަފިލި) އަށް ބަދަލުވުމުގެ އިތުރުން 'މިޑްފްރަންޓް ޝޯޓްވަވަލް /e/ (އެބެފިލި) އަށް ބަދަލުވުމެވެ. މީގެ އިތުރުން، ލަފުޒުގެ އެންމެ ފަހު ސިލަބަލެއްގެ ގޮތުގައި ކްލޯޒްޑް ސިލަބަލެއް އައިސްގެންނެވެ. އެހެނަސް، މިއީ ރަސްމީ ބަހުރުވައިގައި އެއް މާހައުލެއްގައި ( އެންވަރމެންޓެއްގައި) އަންނަ ކޮންސަނަންޓް އަޑުތަކުގެ ތަފާތެއްވެސް މި ދެ ބަހުރުވައިގެ މެދުގައި ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެއެވެ.