Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
9 results
Search Results
Item ދެ ސަޤާފަތެއް ބައްދަލުވުމުން ދިމާވި މައްސަލަތައް : އިންޓަރކަލްޗަރަލް ކޮމިއުނިކޭޝަންގެ ނަޒަރުން : ނ އަތޮޅު ކުޑަފަރީ ޒުވާނަކު، ވަޒީފާއެއް އަދާކުރުމަށް މާލެ އައިސް މާލޭގެ އިއްޒަތްތެރި އަދި އެންމެ މަތީދަރަޖައިން މުޚާޠަބުކޮށް އުޅޭ ގެއެއްގައި އުޅެންޖެހުމުން ދިމާވި މައްސަލަތައް(ފެކަލްޓީ އޮފް އާރޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2014) އަންވަރު އިބްރާހީމް; Ibrahim, AnwarItem ފޯކު ގްރޫޕާއި އަޅުގަނޑު(2011) އަންވަރު އިބްރާހީމް; Ibrahim, AnwarItem ނަންއިތުރު ތަރުތީބު ކުރާއިރު ކުލަ އަންގައިދޭ ނަންއިތުރަށް ޚާއްޞަ ޖާގައެއް އޮވޭ ހެއްޔެވެ؟(ފެކަލްޓީ އޮފް އާރޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2015) އަންވަރު އިބްރާހީމް; Ibrahim, AnwarItem ގްލޯބަލައިޒޭޝަން : ބަހާއި ސަޤާފަތް(ފެކަލްޓީ އޮފް އާރޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2015) އަންވަރު އިބްރާހީމް; Ibrahim, AnwarItem ބައިލިންގުއަލް ކުއްޖެއްގެ ޕްރޮފައިލް(ފެކަލްޓީ އޮފް އާރޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2014) އަންވަރު އިބްރާހީމް; Ibrahim, AnwarItem ޣިޔާޘުއްދީން އިންޓެނެޝަނަލް ސްކޫލް ގްރޭޑް 6 އަދި 7 ގެ ބައިލިންގުއަލް ދަރިވަރުން ހިސާބު ގުނުމުގައި ބޮޑަށްް ބޭނުންކުރަނީ ކޮން ބަހެއް ހެއްޔެވެ؟(ފެކަލްޓީ އޮފް އާރޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2014) އަންވަރު އިބްރާހީމް; Ibrahim, Anwar ThesisItem ދިވެހިބަހުގަ އި ނަމުގެ ކުރިއަށް ވިދިވިދގެން ގެނެ ވޭ ނަންއިތު ރުގެ ބާވަތްތައް ތަރުތީބު ވާ ވަ ކި އުސޫލެ އް އޮ ވޭ ހެއްޔެ ވެ؟(ފެކަލްޓީ އޮފް އާޓް ސް, 2012-11-01) އަންވަރު އިބްރާހީމް; Ibrahim, Anwarމިދިރާސާއަކީ ދިވެހި ބަހުގައި ނަމާ ވިދިގެން، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް ނުވަތަ ހަމަތަކެއް ހުރިތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައްކަމުގައި ބެލެވޭ ސިފަބަޔާންކޮށްދޭ ނަންއިތުރާއި މިންވަރު ބަޔާންކޮށްދޭ ނަންއިތުރާއި ވަނަ ބަޔާންކޮށްދޭ ނަންއިތުރު ތަރުތީބުވާގޮތް ދެނެގަތުމަށްޓަކައި ނަމާވިދިގެން ނަމުގެ ކުރިއަށް އެއް ނަންއިތުރު ގެނައުމާއި އެއް ނަންއިތުރަށްވުރެ ގިނަ ނަންއިތުރު ގެނައުމުން ވާގޮތް ބަލާފައިވާނެ އެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވާނީ ކޮލިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނެގީ ދިވެހިބަހުގެ ލިޔުންތެރިންގެ ފާހަގަކޮށްލެވޭ 20 ލިޔުންތެރިއަކު ޝއިޢުކޮށް ފައިވާ 28 ފޮތަކުންނެވެ. ދިރާސާއަކީ ދިވެހިބަހުގައި، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތިބުވާ ވަކި އުސޫލެއް އޮތްތޯ ދެނެގަތުމަށް ކުރެވޭދިތާސާއަކަށްވާތީ މި މަގުޞަދު ހާސިލްކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕަރޕޯސިލް ސާމްޕަލިން ބޭނުން ކޮށްގެން ނެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވަނީ ތިމެޓިކް ކޮންޓެންޓް އެންލިސިސް އެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ ދިވެހިބަހުގައި ނަމާވިދިގެން، ނަމުގެކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކިއުސޫލެއް ނުވަތަ ހަމަތަކެއް ހުރިކަމެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ސިފަބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރުބަޔާންކުރާ ނަންއިތުރުކަން ފާހަގަކުރެވުނެވެ. އަދި ނަމާ ވިދިގެން ނަމުގެ ކުރިއަށް، ސިފަބަޔާންކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާ ވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ ވަން ބަޔާންކުރާ ނަންއިތުރެއްކަންވެސް ދެނެގަނެވުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެ ކުރިއަށް މިންވަރު ބަޔާނއކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރު ބަޔާންކުރާ ނަންއިތުރެއްކަންވެސް ދިރާސާއިން ހޯދުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެކުރިއަށް ތިން ބާވަތުގެ ނަންއިތުރު ޖެހިޖެހިގެން ބޭނުންކުރެވޭއިރު، ނަމާވިދިގެން ކުރިއަށް، އެންމެ ކައިރީގައި އޮންނަނީ މިންވަރު ބަޔާންކުރާ ނަންއިތުރެވެ. އެ ނަންއިތުރާ ޖެހިގެން ކުރިއަށް އޮންންނީ ސިފަ ބަޔާންކުރާ ނަންއިތުރުކަން ފާހަގަ ކުރެވުނެވެ. ތިންބާވަތް އެއްކޮށް ބޭނުންކުރާއިރު، ވަނަ ބަޔާންކުރާ ނަންއިތުރު އަންނަނީ ސިފަ ބަޔާންކޮށްދޭ ނަންއިތުރުގެ ކުރިއަށްކަންވެސް ފާހަގަ ކުރެވުނެވެ. މިދިރާސާއިން ދިވެހިބަހުގައި ނަންއިތުރު ތަރުތީބު ކުރެވޭ ވަކި އުސޫލެއް އޮތްކަން ދެނެގަނެވުނުއިރު، އަދި ނަންއިތުރާ ގުޅޭ އިތުރުހަމަތައް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެވުނެވެ. ThesisItem ކީ ސްޓޭޖް 1 ގައި ބަސްކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓްފޮތްތަކުގައި ޖެންޑަރު ތަފާތުކޮށް ފައި ވަނީ ކޮންގޮތަކަށް ކިހައި މިންވަރަކަށްހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް, 2015-11-01) Ibrahim, Anwar; އަންވަރު އިބްރާހީމްމި ދިރާސާއަކީ ދިވެހިރާއްޖޭގެ ސްކޫލްތަހުގެ ކީ ސްޓޭޖް 1 ގައި ބަސް ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތްތަކުގައި ޖެންޑަރު ތަފާތުކޮށްފައި ވަނީ ކިހައި މިންވަރަކަށް އަދި ކޮން ގޮތަކަށްކަން ދެނެގަތުމުގެ މަޤުޞަދުގައި ގެންދެވުނު ދިރާސާއެކެވެ. ދިރާސާގެ ބޭނުމަކީ ޓެކްސްޓް ފޮތްތަކުގައި ޖެންޑަރު ތަފާތުކޮށްފައި އޮތްގޮތް ދެނެގަނެ، ދިވެހި މިޖުތަމަޢުގައި ޖެނަޑަރު ތަފާތުކުރުމުގެ ވިސްނުން ފުހެލުމަށްޓަކައި ކުރެވޭ މަސައްކަތައް އެހީތެރިވުމެވެ. މި ދިރާސާ މުހިންމުވަނީ ކީ ސްޓޭޖް 1 ގެ ފޮތަތަކުގެ މައްޗަށް މިފަދަ އެހެން ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާތީއެވެ. ޑިޑަކްޓިވް އެޕްރޯޗެއްގެ ދަށުން، ކޮންޓެންޓް އެނަލިސިސް މެތަޑް ބޭނުންކޮށްގެން ކުރިއަށް ގެންދެވުނު މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލައިލެވުނީ ފޮޓޯތަކާއި ކުރެހުންތަކާއި އައިކަންތަކުގައި ޖެންޑަރު ތަފާތުކޮށްފައިވާ މިންވަރާއި ލިޔުންތަކާއި ޑައިލޮގުތަކުގައި ޖެންޑަރު ތަފާތުކޮށްފައިވާ މިންވަރާއި ސްޓީރިއޯޓައިޕް ކޮށްފައިހުރި ގޮތްތަކުގެ މައްޗަށެވެ. މި ދިރާސާއިން ހޯދުނީ ޓެކްސްޓް ފޮތްތަކުގައި ޖެންޑަރު ތަފާތުކުރުން އޮތްކަމާއި އެކިގޮތްގޮތަށް އެ ތަފާތު ކުރެވޭކަމެވެ. މިގޮތުން ޓެކްސްޓް ފޮތްތަކުގައިވާ ފޮޓޯތަކާއި ކުރެހުންރތަކާއި އައިކަންތަކުގައި އަންހެނުންނަށްވުރެ ފިރިހެނުން ހިމަނާފައިވާ މިންވަރު ގިނަކަމާއި، ވަޒީފާތައް ދިނުމުގައި އަންހެނުންނަށްވުރެ ގިނަ ވަޒީފާތައް ފިރިހެނުންނަށް ދީފައިވާކަމާއި ލިޔުންތަކުގައި ޖިންސުގެ ނަމާއި ޚާއްޞަނަން ހިމަނާފައިވާ މިންވަރު އަންހެނުންނަށް ވުރެ ފިރިހެނުންނަށް އިތުރުކަމާއި ޑައިލޮގުތަކުން ޖާގަދިން މިންވަރާއި މައިގަނޑު ކެރެކްޓަރުންނާއި ކެރެކްޓަރުން ބޭނުން ކުރުމުގައިވެސް ގިނަ ފުރުޞަތު ދީފައިވަނީ ފިރިހެނުންކަން ފާހަގަ ކުރެވުނެވެ. މިގޮތުން މުޅި ފޮތްތަކުގައިވާ ޖެންޑަރު ތަފާތުކުރުން 26.3 އިންސައްތައަށް ފިރިހެނުންނަށް އިތުރުވެފައިވާކަން މި ދިރާސާއިން ވަނީ ހޯދިފައެވެ. މީގެ އިތުރުން ހަށިގަނޑު ސިފަކުރުމާއި، ދެ ޖިންސުގެ މިޒާޖު ބުނެދިނުމުގައި ޖެންޑަރު ތަފާރުކުރުން ގެންގުޅޭކަމާއި އަންހެނުން ނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދެއްކުމާއި އަދި އެމީހުންނަކީ އެހެންމީހުންނަށް އަޅާލާ ބައެއްގެ ގޮތުގައި ހުށަހަޅާދީފައި ހުންނަކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ވަޒީފާތައް ދިނުމުގައި އަންހެނުންނަށް ގޭތެރޭގެ މަސައްކަތްތައް ދިނުމާއި މުސާރައިގެ ގޮތުން ދަށް ވަޒީފާތަކާއި ހަރަކާތްތެރިކަން ކުޑަ ވަޒީފާތަކުގައި އެމީހުން ބައިވެރިކޮށްފައި ހުންނަކަންވެސް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެއާ ޚިލާފަށް ފިރިހެނުންންކީ ހިތްވަރު ގަދަ ބައެއްކަމާއި މޮޅުބައެއްކަމާއި ގޯސްކަންކަމުގައި އުޅޭ ޖެހިލުން ކުޑާ ބައެއްކަންވެސް ހާމަކޮށް ސާޓީރިއޯޓައިޕް ކޮށްފައި ހުނަނަކަން ފާހަގަ ކުރެވުނެވެ. އަދި ފިހެނުންނަކީ ހަރަކާތްތެރި ބައެއްކަމާއި ގަދަކުރެވޭ ބައެއްކަންވެސް ހާމަވެފައިވެއެވެ. ފޮތަތަކުގައި ޖެންޑަރު ތަފާތުކޮށްފައިވާ ގޮތަތަކަށް ބަލާއިރު ދަރިވަރުންނާ ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރޭންނާއި، ލިޔުމުގެތެރެއިންނާއި ކުރެހުމުގެ ތެރެއިންނާއި ދިރޭތަކެއްޗާ ގުޅުވައިގެންނައި އަދި ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލުގެ ތެރެއިންވެސް ޖެންޑަރު ތަފާތުކުރުންތައް ހިމަނާފައިވާކަން ދިރާސާއިންހޯދިފައި ވެއެވެ. އެހެންކަމުން މިދިރާސާއަކީ އާ ޓެކުސްޓް ފޮތަތަކުގައި ޖެންޑަރު ތަފާތު އޮތްކަން ދެނެގަނެވުނު މުހިންމު ދިރާސާއެކެވެ. ދިރާސާގެ ސަބަބުން ޓެކުސްޓްފޮތްތައް އެކުލަވައިލުމާއި ތައްޔާރުކުރުމުގައި އިތުރަށް ސަމާލުވެ އާ މުޤައްރަރުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި ޖެންޑަރު ތަފާތުކުރުން ކުޑަކުރުމަށް ބާރު އަޅަންޖެހޭކަން ފާހަގަކުރެވިގެން ދިޔައެވެ. ThesisItem ދިވެހިބަހުގައި ނަމުގެ ކުރިއަށް ވިދިވިދިގެން ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް އޮވޭ ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް, 2012-11-01) Ibrahim, Anwar; އަންވަރު އިބްރާހީމްމިދިރާސާއަކީ ދިވެހި ބަހުގައި ނަމާ ވިދިގެން، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކި އުސޫލެއް ނުވަތަ ހަމަތަކެއް ހުރިތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައްކަމުގައި ބެލެވޭ ސިފަބަޔާންކޮށްދޭ ނަންއިތުރާއި މިންވަރު ބަޔާންކޮށްދޭ ނަންއިތުރާއި ވަނަ ބަޔާންކޮށްދޭ ނަންއިތުރު ތަރުތީބުވާގޮތް ދެނެގަތުމަށްޓަކައި ނަމާވިދިގެން ނަމުގެ ކުރިއަށް އެއް ނަންއިތުރު ގެނައުމާއި އެއް ނަންއިތުރަށްވުރެ ގިނަ ނަންއިތުރު ގެނައުމުން ވާގޮތް ބަލާފައިވާނެ އެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވާނީ ކޮލިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނެގީ ދިވެހިބަހުގެ ލިޔުންތެރިންގެ ފާހަގަކޮށްލެވޭ 20 ލިޔުންތެރިއަކު ޝއިޢުކޮށް ފައިވާ 28 ފޮތަކުންނެވެ. ދިރާސާއަކީ ދިވެހިބަހުގައި، ނަމުގެ ކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތިބުވާ ވަކި އުސޫލެއް އޮތްތޯ ދެނެގަތުމަށް ކުރެވޭދިތާސާއަކަށްވާތީ މި މަގުޞަދު ހާސިލްކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕަރޕޯސިލް ސާމްޕަލިން ބޭނުން ކޮށްގެން ނެވެ. މި ދިރާސާގައި ބޭނުންކޮށް ފައިވަނީ ތިމެޓިކް ކޮންޓެންޓް އެންލިސިސް އެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ ދިވެހިބަހުގައި ނަމާވިދިގެން، ނަމުގެކުރިއަށް ގެނެވޭ ނަންއިތުރުގެ ބާވަތްތައް ތަރުތީބުވާ ވަކިއުސޫލެއް ނުވަތަ ހަމަތަކެއް ހުރިކަމެވެ. މިގޮތުން ނަމާ ވިދިގެން ނަމުގެ ކުރިއަށް ސިފަބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރުބަޔާންކުރާ ނަންއިތުރުކަން ފާހަގަކުރެވުނެވެ. އަދި ނަމާ ވިދިގެން ނަމުގެ ކުރިއަށް، ސިފަބަޔާންކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާ ވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ ވަން ބަޔާންކުރާ ނަންއިތުރެއްކަންވެސް ދެނެގަނެވުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެ ކުރިއަށް މިންވަރު ބަޔާނއކުރާ ނަންއިތުރަކާއި ވަނަ ބަޔާންކުރާ ނަންއިތުރެއް ގެނެވޭނަމަ، ނަމާވިދިގެން ކުރިއަށް، އަބަދުވެސް ގެނެވެނީ މިންވަރު ބަޔާންކުރާ ނަންއިތުރެއްކަންވެސް ދިރާސާއިން ހޯދުނެވެ. މީގެ އިތުރުން ނަމާވިދިގެން ނަމުގެކުރިއަށް ތިން ބާވަތުގެ ނަންއިތުރު ޖެހިޖެހިގެން ބޭނުންކުރެވޭއިރު، ނަމާވިދިގެން ކުރިއަށް، އެންމެ ކައިރީގައި އޮންނަނީ މިންވަރު ބަޔާންކުރާ ނަންއިތުރެވެ. އެ ނަންއިތުރާ ޖެހިގެން ކުރިއަށް އޮންންނީ ސިފަ ބަޔާންކުރާ ނަންއިތުރުކަން ފާހަގަ ކުރެވުނެވެ. ތިންބާވަތް އެއްކޮށް ބޭނުންކުރާއިރު، ވަނަ ބަޔާންކުރާ ނަންއިތުރު އަންނަނީ ސިފަ ބަޔާންކޮށްދޭ ނަންއިތުރުގެ ކުރިއަށްކަންވެސް ފާހަގަ ކުރެވުނެވެ. މިދިރާސާއިން ދިވެހިބަހުގައި ނަންއިތުރު ތަރުތީބު ކުރެވޭ ވަކި އުސޫލެއް އޮތްކަން ދެނެގަނެވުނުއިރު، އަދި ނަންއިތުރާ ގުޅޭ އިތުރުހަމަތައް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެވުނެވެ.